ވަތުއޮޑި ޓައިޓަންސް ކޮޅަށް ގޯލު ޖެހުމަށްފަހު ފިފްޓީ ފިފްޓީގެ ކުޅުންތެރިން އުފާފާޅު ކުރަނީ - ކެނދިކުޅުދޫ ކައުންސިލް
ކުއާޒޯ ދި މެންގުރޫ އައިލެންޑް ޗެންޕިއަންޝިޕްގެ ހަތަރުވަނަ މެޗުގައި މިއަދު ވަތުއޮޑި ޓައިޓަންސްގެ މައްޗަށް ބޮޑު މޮޅެއް ހޯދައި ފިފްޓީ ފިފްޓީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
ކެނދިކުޅުދޫގެ ޓާފު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ފިފްޓީ ފިފްޓީ ކުރި ހޯދީ 2-6 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ފިފްޓީ ފިފްޓީން ކުޅުނު ދެ މެޗުންވެސް މޮޅުވެ ފައިނަލުގެ ޖާގައެއް ޔަގީންކުރި އިރު، އެ ޓީމާ ދެކޮޅަށް ފައިނަލުގައި ނުކުންނާނީ އިއްޔެ ޑަކްސިޓީ ބަލިކުރި ކޮމެޓްސްއެވެ. ކޮމެޓްސްއާއި ފިފްޓީ ފިފްޓީ ކުޅުނު ދެ މެޗުން މޮޅުވެ ހަ ޕޮއިންޓް ހޯދާފައިވާ އިރު، މުބާރާތުގެ ލީގު ބުރުގެ ފަހު މެޗުގައި މި ދެ ޓީމު އަދި ވާދަކުރާނެއެވެ. އެ މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މި ދެ ޓީމު ފައިނަލުގައި ވާދަކުރާނެއެވެ.
މިއަދުގެ މެޗު ފަށައިގެން 16 ވަނަ މިނަޓުގެ ތެރޭގައި އަހުމަދު މިފްރާހު ވަނީ ފިފްޓީ ފިފްޓީއަށް ލީޑު ނަގައިދީފައެވެ. އޭގެ ފަހުން 40 ވަނަ މިނަޓުގައި މޫސާ ޔާސިރުގެ ގޯލުން ވަތުއޮޑި ނަތީޖާ ހަމަހަމަ ކުރި އިރު އެ ހާފު ނިމެންދަނިކޮށް މިފްރާހު ވަނީ އިތުރު ގޯލެއް ޖަހައި ފިފްޓީ ފިފްޓީއަށް އަލުން އަނބުރާ ލީޑު ހޯދައިދީފައެވެ.
ދެވަނަ ހާފުގައި ފިފްޓީ ފިފްޓީއިން މޮޅު ކުޅުމެއް ދެއްކި އިރު، އެ ހާފުގައި އެ ޓީމުން ވަނީ ހަތަރު ގޯލު ޖަހައިފައެވެ. މި ހަތަރު ގޯލު ވެސް އެ ޓީމަށް ޖަހައިދިނީ އަލީ ސަމާލް (ޓޮބީ) އެވެ. މި ގޯލުތަކާއެކު ޓޮބީ ވަނީ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިންގެ ލިސްޓުގެ އެއްވަނައަށް އަރައިފައެވެ. ދެވަނައިގައި ތިން ގޯލު ޖަހައިގެން އޮތީ ފިފްޓީ ފިފްޓީގެ މިފްރާހު އާއި ކޮމެޓްސްގެ މުހައްމަދު އައްޒާމްއެވެ.
އެ ހާފުގައި ވަތުއޮޑިން ވެސް ގޯލެއް ވަނީ ޖަހައިފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ އަހުމަދު ޝަރީފްއެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފަހު ހާފުގައު ހަތަރު ގޯލު ފިފްޓީ ފިފްޓީއަށް ޖަހައިދިން ޓޮބީއެވެ.
މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ޑަކްސިޓީއާއި ވަތުއޮޑި ޓައިޓަންސްއެވެ. މި މެޗު ފަށާނީ ހަވީރު 4:00 ޖަހާއިރު އެވެ. މި މެޗުވެސް ކުއާޒޯ ދި މެންގުރޫ އައިލެންޑް ޗެންޕިއަންޝިޕްގެ ފޭސްބުކް ޕޭޖުން ލައިވް ކުރާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1