ފޮޓޯ: ސިޑިބަރި
ދިމެންގުރޫވް އައިލޭންޑް ފުޓްބޯލް ޗެންޕިއަންޝިޕްގައި މިއަދު ހަވީރު މާފަރު އެފް.ސީ އަދި ހެނބަދޫ އެފް.ޓީ ބައްދަލު ކުރިމެޗް 1 - 1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެ.
ވަރުގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ހާފްގެ ކުރީކޮޅު މާފަރުގެ ކީޕަރު ކުރި ފައުލަކާއި ގުޅިގެން ހެނބަދޫއަށް ލިބުނު ޕެނަލްޓީން އެޓީމްގެ ޖޯޒީ ނަންބަރު 17 އަޙްމަދު އަލީ (މުލާ) ގޯލެއް ކާމިޔާބުކޮށް ހަނބަދޫއަށް ލީޑް ނަގައިދިނެވެ. މާފަރުގެ ކީޕަރު އޭރިއާ ތެރެއިން ކުރި މި ފައުލާގުޅިގެން އެ ޓީމުގެ ކީޕަރަށް ރަތްކާޑެއް ދައްކާފައެވެ.
10 ކުޅުންތެރިންނާއިއެކު ކުޅެމުން އައި މާފަރުން 2 ވަނަ ހާފުގައި ކުޅުން ރަނގަޅުކޮށް އެތަށް ހަމަލާތެކެއް ވަނީ ހެނބަދޫގެ ގޯލަށް އަމާޒުކޮށްފައެވެ. ހެނބަދޫގެ ކީޕަރު މުހައްމަދު އަލީގެ މޮޅުކުޅުމާއިއެކު ހެނބަދޫގެ ގޯލަށް އަމާޒުވި ހަމަލާތަށް ވަނީ ހުއްޓުވާފައެވެ.
ދެ ވަނަ ހާފުގައި މާފަރުގެ ކުޅުން ރަނގަޅުކޮށް އެޓޭކިން ގޭމެއްގެ ތެރެއިން މެޗްގެ އިތުރު ވަގުރު މާފަރުގެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޓީމްގެ ޖާޒީ ނަންބަރު 39 އަފްރާޙް މުޙައްމަދު(މެސީ) އެވެ.
މާފަރަކީ މިދިޔަ އަހަރުގެ މުބާރާތުގައި ވެސް ސެމީފައިނަލްގައި ކުޅެފައިވާ ޓީމެކެވެ. އަދި މިއަހަރުގެ މުބާރާތަގައި މާފަރުގެ ޓީމް މިވަނީ ފެވަރިޓުންގެ ތެރޭގައި ހިމެނިފައެވެ. ޒުވާން ޓީމަކާއި އެކު މުބާރާތަށް ނިކުތް މާފަރާއި އެއްގޮތަށް ހެނބަދޫގެ ޓީމުން ވެސް ރަށުގެ ކުޅުންތެރިންގެ އިތުރުން ރަށުން ބޭރުން ވެސް ގިނަ ކުޅުންތެރިންތަކެއް ވަނީ ޓީމުގައި ހިމަނާފައެވެ.
ހެނބަދޫ މިމެޗް ކާމިޔާބުކުރުމާއިއެކު ވަނީ ގުރޫޕް ބީގެ އެއްވަނަ ހޯދާފައެވެ. މިރޭ ވެސް ގުރޫޕް ބީގެ މެއްޗެއް ކުރިއަށް ދާނެއެވެ. މެޗުގައި ބައްދަލުކުރާނީ މަނަދޫ އެސް.ސީ އަދި މާޅެންދޫ އެފްޓީއެވެ.
0%
0%
0%
0%
0%
6 ދުވަސް ކުރި
0
18 ފެބުރުވަރީ 2025
0
21 ޖަނަވަރީ 2025
0
29 އޮގަސްޓު 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1