ފޮޓޯ: ސިޑިބަރި
ނ. ކެނދިކުޅުދޫގައި ކޮންމެ އަހަރަކު ބާއްވަމުން އަންނަ "ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް" ގެ އަންނަ އަހަރުގެ ޗެމްޕިއަން ޓީމަށް 3 ލައްކަ ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ނިންމައިފިއެވެ. މި ނިންމުން އިޢުލާންކުރީ މި އަހަރުގެ މުބާރާތުގެ ފައިނަލް މެޗަށްފަހު ސަން ޝިޔާމް ގްރޫޕްގެ ވެރިޔާ އޮނަރަބަލް އަޙްމަދު ޝިޔާމް މުޙައްމަދެވެ.
އަންނަ އަހަރުގެ މުބާރާތް ސްްޕޮންސަރ ކުރާނީ ސަން ޝިޔާމް ގްރޫޕުންނެވެ. މުބާރާތް އިންތިޒާމުކުރާ ކެނދިކުޅުދުޅުދޫ ކައުންސިލާއި ސަން ޝިޔާމް ގްރޫޕާ ދެމެދު ވެވުނު އެއްބަސްވުމެއްގެ ދަށުން، ޗެމްޕިއަން ޓީމަށް 3 ލައްކަ ރުފިޔާ އަދި ރަނަރަޕް ޓީމަށް 1 ލައްކަ ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ.
މި މުބާރާތަކީ މިހާތަނަށް 4 ފަހަރު ބޭއްވިފައިވާ މުބާރާތެކެވެ. ފުރަތަމަ ދެ މުބާރާތް ބޭއްވުނީ ހަމައެކަނި ކެނދިކުޅުދޫއަށް ހުޅުވާލައިގެންނެވެ. މި ދެ މުބާރާތުގައިވެސް ޗެމްޕިއަންކަން ހޯދީ ކޮމެޓްސް ޓީމުންނެވެ. 2024 އަދި 2025 ވަނަ އަހަރުގެ މުބާރާތްތައް ބޭއްވުނީ މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ. މި ދެ މުބާރާތުގައިވެސް ޗެމްޕިއަންކަން ހޯދީ ވިންޑް ވޯރިއާސް ޓީމުންނެވެ.
މިދިޔަ އަހަރުތަކުގައި އަދި މި އަހަރުވެސް މުބާރާތް ސްޕޮންސަރކޮށްފައިވަނީ ކުއާޒޯ ޕްރައިވެޓް ލިމިޓެޑުންނެވެ. މި އަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް އެ ކުންފުނިން ވަނީ 150,000 ރުފިޔާ ދީފައެވެ.
މި މުބާރާތަކީ މިވަގުތު ރާއްޖޭގައި ބާއްވާ އެންމެ އަގުބޮޑު ފުޓުބޯޅަ މުބާރާތް ކަމަށް ބެލެވެއެވެ. މުބާރާތުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ ގިނަ ކުޅުންތެރިންނާއި، ރާއްޖެއިން ބޭރުގެ ކުޅުންތެރިންވެސް ކޮންމެ އަހަރަކު ބައިވެރިވަމުން އަންނަކަން ފާހަގަކުރެވެއެވެ.
ކެނދިކުޅުދޫ ކައުންސިލުން މި މުބާރާތް އިންތިޒާމުކުރަމުން އަންނަނީ ރަށުގެ ކުޅިވަރު ކުރިއެރުވުމަށާއި، ޒުވާނުންނަށް ފުރުޞަތު ހޯދައިދިނުމުގެ މަޤްޞަދުގައެވެ. އަންނަ އަހަރުގެ މުބާރާތުގެ އިނާމުގެ ޢަދަދު އިތުރުވުމާއެކު، މުބާރާތަށް އިތުރު ޝައުޤުވެރިކަމެއް ލިބި، ފެންވަރު މަތިވެގެންދާނެ ކަމަށް އުއްމީދުކުރެވެއެވެ.
0%
0%
0%
0%
0%
21 އެޕްރީލު 2025
0
20 އެޕްރީލު 2025
0
18 ފެބުރުވަރީ 2025
0
21 ޖަނަވަރީ 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1