ފޮޓޯ؛ ސިޑިބަރި
ނ. ކެނދިކުޅުދޫ (ދި މެންގްރޫވް އައިލެންޑް) ގައި ބޭއްވޭ ބޮޑު ހަރަކާތް، ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް މިއަދު ފަށަން ތައްޔާރުވެއްޖެއެވެ. މިއީ މި މުބާރާތް ބޭއްވޭ 4 ވަނަ ފަހަރެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަނީ ނައިފަރު ޗެލްސީ އާއި ވެލިދޫ ސްޕޯޓްސް ކުލަބެވެ. މި އަހަރުގެ މުބާރާތުގައި ޖުމްލަ 8 ޓީމެއް ބައިވެރިވެފައިވެއެވެ.
މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރޭގައި ވިންޑް ވޯރިއޯސް، ނައިފަރު ޗެލްސީ އެފްސީ، މަނަދޫ ސްޕޯޓްސް ކްލަބް، މާފަރު އެފްސީ، މާޅެންދޫ އެފްޓީ، ކޮމެޓްސް ސްޕޯޓްސް ކްލަބް، ހެނބަދޫ ފުޓްބޯލް ޓީމް އަދި ވެލިދޫ ސްޕޯޓްސް ކްލަބް ހިމެނެއެވެ.
މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް ސްޓޭޖްގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މިހާރު ޝެޑިއުލްކުރެވިފައިވާ ގޮތުން، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހުގެ 30 ވަނަ ދުވަހުގެ ރޭގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައިވެއެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވިންޑް ވޯރިއޯސްއެވެ. އަދި ރަނަރަޕް ޓީމަކީ ނައިފަރު ޗެލްސީއެވެ.
ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ފެށުމާއެކު، ރަށުގެ ކުޅިވަރު ލޯބިވެރިން ވަނީ ވަރަށް ބޮޑަށް ގަދަވެފައެވެ. މި މުބާރާތަކީ ރަށުގެ ޒުވާނުންނަށް އެމީހުންގެ ހުނަރު ދައްކާލުމުގެ ފުރުޞަތެއްގެ އިތުރުން، ރަށުގެ ފަތުރުވެރިކަން ކުރިއެރުވުމަށް ވެސް މުހިންމު ދައުރެއް އަދާކުރާ ހަރަކާތެއް ކަމުގައި ރަށު ކައުންސިލުން ފާހަގަކޮށްފައިވެއެވެ.
0%
0%
0%
0%
0%
4 ދުވަސް ކުރި
0
18 ފެބުރުވަރީ 2025
0
21 ޖަނަވަރީ 2025
0
29 އޮގަސްޓު 2024
1
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1