ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖްގެ ސެމީ ފައިނަލުގައި އަޔާއަށް ރަތް ކާޑު ދައްކަނީ -- ފޮޓޯ/ވަގުތު
އައްޑޫ ސިޓީގައި މިހާރު ކުރިއަށްދާ "ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖު 2023" ގެ ސެމީ ފައިނަލުގައި ރަތް ކާޑު ދެއްކި ކުޅުންތެރިޔަކަށް ފައިނަލްގައި ކުޅެވޭ ގޮތަށް އެ މުބާރާތުގެ ޑިސިޕިލިނަރީ ކޮމިޓީން ނިންމި ނިންމުމާ ގުޅިގެން ގިނަ ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ.
މުޅި ދިވެހިރާއްޖެއަށް ހުޅުވާލެވިގެން މިވަގުތު ކުރިއަށްގެންދާ 'ނެސޯ ހޯމް ވަގުތު ފުޓްސަލް ޗެލެންޖް 2023' އަކީ މުޅި ދިވެހިރާއްޖޭގައި މިވަގުތު ބާއްވާ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތެވެ. މި މުބާރާތުގެ ވަނަތަކަށް ހޮވޭ ތިން ޓީމަށް އިނާމުގެ ގޮތުގައި، ޗެމްޕިއަން ޓީމަށް 150،000 ، ރަނަރަޕް ޓީމަށް 75،000 އަދި ތިންވަނައަށް ހޮވޭ ޓީމަށް 30،000 ރުފިޔާގެ ފައިސާގެ އިނާމު ވަނީ ކަނޑައަޅައިފައެވެ.
މި މުބާރާތުގެ ސެމީ ފައިނަލުގެ ވަރުގަދަ މެޗުތައް މިދިޔަ ހޯމަދުވަހުގެ ރޭ ކުޅުނު އިރު އެންމެ ފަހުން ދެ ފަހަރުގެ ޗެމްޕިއަން އެފްސީ އުސްގަނޑަ ޓީމުން ވަނީ ފްރެންޑްސް އެފްސީ ބަލިކޮށް ފައިނަލަށް ދަތުރު ކޮށްފައެވެ. ސެމީގެ ދެވަނަ މެޗުގައި ހޯދަޑު އެފްސީގެ މައްޗަށް ފަސޭހަކަމާއެކު ކުރި ހޯދައިގެން ފައިނަލުގެ ޖާގައެއްް ހޯދި ދެވަނަ ޓީމަކީ މައިލޯ ސިޓީއެވެ.
މުބާރާތުގެ ފައިނަލް މެޗު މާދަމާ ކުޅުމަށް ހަމަޖެހިފައިވާ އިރު، މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީއިން މިއަދު ނިންމި ނިންމުމަކަށް ގިނަބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. އެއީ ސެމީ ފައިނަލުގައި އުސްގަނޑަ ޓީމުގެ އަޔާޒް އަހުމަދު (އަޔާ) އަށް ދެ ރީންދޫ ކާޑު ހަމަވެގެން ދެއްކި ރަތް ކާޑާއެކު ފައިނަލަށް ކޮށްފައި އޮތް ސަސްޕެންޝަން އުވާލުމެވެ.
އަޔާއަށް ފުރަތަމަ ރީންދޫ ކާޑު ދައްކާފައިވަނީ ފްރެންޑްސް އެފްސީ ޓީމުގެ ކީޕަރު ނާސިހުއަށް ކުރި ފައުލަކާ ގުޅިގެންނެވެ. އަދި މެޗު ނިމެނިކޮށް ފްރެންޑްސް އެފްސީގެ ކުޅުންތެރިޔާ އަރިމަތިން ބޯޅަ ބޭރުވެގެން ފޮނުވާލަން އުޅުމުގެ ތެރޭގައި އަޔާ ވަނީ ބޯޅަައަށް ހުރަސް އަޅައިފައެވެ. އެޔާއެކު އޭނާއަށް ދެވަނަ ރީންދޫ ކާޑެއް ވަނީ ދައްކައިފައެވެ.
އުސްގަނޑަ ޓީމުގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އަޔާއަށް ފައިނަލް މެޗު ސަސްޕެންޑް ވެފައި އޮތް ނަމަވެސް މިއަދު މުބާރާތުގެ ޑިސިޕްލިނަރީ ކޮމިޓީއިން ވަނީ އުސްގަނޑަ ޓީމުން އެ ކޮމިޓީއަށް ހުށައަޅާފައިވާ މައްސަލަ ބަލައި، އެ ޓީމާ އެއްކޮޅަށް މައްސަލަ ނިންމައިފައެވެ. އެގޮތުން އަޔާއަށް ދެއްކި ފުރަތަމަ ރީންދޫ ކާޑަަކީ ސައްހަ ކާޑެއް ނޫން ކަމަށާއި، އެއީ ރެފްރީގެ އިހުމާލުން ދެއްކުނު ކާޑެއް ކަމަށް ވަނީ ބުނެފައެވެ.
އަޔާއަށް ފައިނަލްގައި ކުޅެވޭގޮތަށް ޑިސިޕްލިނަރީ ކޮމިޓީއިން ނިންމުމާ ގުޅިގެން ފައިނަލްގައި ވާދަކުރާ ދެވަނަ ޓީމު، މައިލޯ ސިޓީގެ ސަޕޯޓަރުންނާއި ކުޅުންތެރިން އަންނަނީ މުބާރާތުގެ އިންތިޒާމު ކޮމިޓީއަށް ފާޑު ކިޔަމުންނެވެ. އަދި މުބާރާތުގެ ގަވާއިދުގައި ކަނޑައެޅިގެން ވަކި ގޮތަކަށް ބަޔާންކޮށް އެކަން އާއްމުކުރެވިފައި އޮތްއިރު މިގޮތަށް ކަންކުރުމަކީ އިންސާފުވެރިގޮތެއް ނޫން ކަމަށް މައިލޯ ސިޓީގެ ސަޕޯޓަރުން ވަނީ ބުނެފައެވެ.
މުބާރާތުގެ ގަވާއިދުގައިވާ ގޮތުން ކުޅޭ މެޗެއް ނިމުނުތާ 24 ގަޑިއިރުގެތެރޭގައި މެޗުގެ ފުރިހަމަ ރިޕޯޓް ރެފްރީން ދިނުމާއި، މެޗުގައި ރެފްރީން ނިންމާ ނިންމުމާ ގުޅިގެން ދިމާވާ މައްސަލަތައް ނުބެލޭނެ ކަމަށް އޮތެވެ. އެހެން ނަމަވެސް ޑިސިޕްލިނަރީ ކޮމިޓީއިން ބަލާފައިވަނީ އެ މެޗުގައި ރެފްރީގެ އިހުމާލު އޮތް މައްސަލައެއް ކަމުން އެގޮތަށް ކަން ނުކުރެވޭނެ ކަމަށް މައިލޯ ސިޓީގެ ބައެއް ކުޅުންތެރިން ވެސް އަންނަނީ ބުނަމުންނެވެ.
އަނެއްކޮޅުން އުސްގަނޑަ ޓީމުގެ އަޔާއަށް މި ގެނައި ބަދަލާ އެކު ކުޅެވޭ ގޮތަށް ކޮމިޓީއިން ނިންމުމާ ގުޅިގެން ދެން އިތުރު ބަދަލެއް ގެނެސްގެން އޭނާއަށް ނުކުޅެވޭގޮތަށް ނުހެދޭނެ ކަމަށް އުސްގަނޑަ ޓީމުގެ އޮފިޝަލުން ބުނެއެވެ.
ރާއްޖޭގައި ފުޓްސަލްގެ އެންމެ ގިނަ ތަރިންނާއެކު ކުޅެވޭ މުބާރާތެއްގައި މިފަދަ ކަންކަން ދިމާވުމަކީ އެ މުބާރާތުގެ ފެންވަރު ދަށްވެގެންދާނެ ކަމެކެވެ. ހާއްސަކޮށް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މުބާރާތުގެ ކަންކަން ބެލުމުގައި ފަރުވާ ކުޑަކުރުމަކީ ގިނަބައެއްގެ ކަންބޮޑުވުންތަކެއް ހުރިކަމަކަށްވީއިރު، ގަވާއިދެއް އިއުލާންކޮށް އެ ގަވާއިދާ ވާގޮތާއި ޙިލާފު ނިންމުން ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް ފުޓްސަލްއަށް ސަޕޯޓް ކުރާ ގިނަބަޔަކު ގަބޫލުކުރެއެވެ.
0%
0%
0%
0%
0%
ޙި
17 މޭ 2023
ާިޒާރު ދިނީ ކަމަށް ވަނީ
މިޒޭ
17 މޭ 2023
ވަގުތު ތިއީ އެއްވެސް ފެންވަރެއް ހުރި ބައެއް ނޫންކަން މި އިނގުނީ. މުބާރާތް ބާއްވާނެ ކަމެއް ނެތް ކަލޭމެން
އަހުމަދު
17 މޭ 2023
ވަގުތު އޯގަނައިޒިން ޓީމަށް ބޮޑު ހުތުރެއް!!! ރަނގަޅުކޮށްލާ!!!!
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1