ޑަކް ސިޓީގެ ޓީމުން ހިލޭ ޖެހުމަކަށް ތައްޔާރުވެފައި -- ފޮޓޯ/ކެނދިކުޅުދޫ ކައުންސިލް
މިއަދުގެ މެޗަށް 2 ޓީމުން ނިކުތީ ވެސް މުބާރާތުގައި އިތުރަށް ކުރިއަށް ދިއުމުގެ ފުރުސަތެއް ނެތިއެވެ. ގުރޫޕް ސުޓޭޖުގެ އެއްވަނައިގައި އޮތް ފިފްޓީ އަދި 2 ވަނައިގައި އޮތް ކޮމެޓްސް ފައިންލްގެ ޖާގަ ޔަގީން ކޮށްފައިވާ އިރު، މެޗްގެ ކުރިން ވާހަކަ ދައްކަމުން 2 ޓީމުން (ވަތުއޮޑި ޓައިޓަންސް އަދި ޑަކް ސިޓީ) ވެސް ބުނެފައިވަނީ މިއަދުގެ މެޗްގައި އެންމެ މުހިންމު ކަމެއް ދޭނީ ޓީމުގައި ތިބި ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިނުމަށް ކަމެށެވެ.
މެޗްގެ 2 ވަނަ މިނެޓްގެ ތެރޭގައި ޑަކް ސިޓީގެ ޖާޒީ ނަންބަރު 24، މުޙައްމަދު އަފީފް ބައިކޮޅަށް ޖެހި ލަނޑާއެކު 5 މިނެޓަށް ވަތުއޮޑިން 1-0 ގެ ލީޑެއް ހޯދިއެވެ. މެޗްގެ 7 ވަނަ މިނެޓްގައި ޑަކް ސީޓީއަށް އެއްވަރުކޮށްދިނީ އެ ޓީމްގެ ޖަޒީ ނަންބަރު 55، ޢަބްދުﷲ ރަޝީދު (ސޯސް)އެވެ. މެޗްގެ 21 ވަނަ މިނެޓްގައި މުސާ ޔާސިރު ލަނޑެއް ކާމިޔާބު ކޮށް ވަތުއޮޑިއަށް ލީޑް ހޯދައިދީފައިވަނިކޮށް، އޭގެ 1 މިނެޓް ފަހުން މެޗްގައި މޮޅު ކުޅުމެއް ދަކަމުން ދިޔަ ޢަބްދުﷲ ރަޝީދު ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި ގޯލެއް ކާމިޔާބުކޮށްދީ ޑަކް ސިޓީއަށް އެއްވަރުކޮށްދިނެވެ.
ގިނަ ޒުވާން ކުޅުންތެރިން ތަކެއް ފެނިގެން ދިޔަ މިމެޗްގައި ފުރަތަމަ ފަހަރަށް ޑަކް ސިޓީއަށް ލީޑް ހޯދައިދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 5 މުޙައްމަދު ވަހީދު (ކޮކީ)ގެ މޮޅު ހިލޭ ޖެހުމަކުންނެވެ. މެޗްގެ ފަހު ލަނޑާއި އެކު ވަތުއޮޑިއަށް އެއްވަރު ކޮށްދިނީ ބަދަލު ކުޅުންތެރިއްގެ ގޮތުގައި ކުޅެން ނިކުތް އިބްރާހީމް ހަމީސްގެ ލަނޑުންނެވެ.
މި 2 ޓީމަށް މިއަދު މުބާރާތުގެ ފަހު މެޗް ނިމުނު އިރު، މެޗްގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޑަކް ސިޓީގެ ޖާޒީ ނަންބަރު 55، އަބްދުﷲ ރަޝީދުއެވެ.
ފައިނަލްގެ ކުރިއަށް މާދަމާ ކޮމެޓްސް ސުޕޯޓްސް ކުލަބް އާއި ފިފްޓީ ފިފްޓީ ބައްދަލު ކުރާ ގުރޫޕް ސުޓޭޖުގެ ފަހު މެޗެ އޮންނާނެއެވެ. މުބާރާތުގެ ވަކި ވަކި މާޤާމްތަކަށް ވާދަ ކުރާނެ ކުޅުންތެރިންތަކެއް އެ 2 ޓީމްގައި ތިބުމަކީ މާދަމާގެ މެޗް ފޯރި ގަދަ ވެގެން ދާނެ ސަބަބެކެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1