ފޮޓޯ/ކެނދިކުޅުދޫ ކައުންސިލް
ކުއާޒޯ ދި މެންގުރޫވް އައިލެންޓް ޗެންޕިއަންޝިޕް 2023" ހުޅުވި މެޗުގައި ވަތުއޮޑި ޓައިޓަންސް ބަލިކޮށް، ކޮމެޓްސް ސްޕޯޓްސް ކުލަބުން މުބާރާތުގެ ފުރަތަމަ މޮޅު ހޯދައިފިއެވެ.
މިއަދު ހަވީރު ކެނދިކުޅުދޫ ޓާފް ދަނޑުގައި ފެށި މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރީ ވަތުއޮޑި ޓައިޓެންސް އަދި ކޮމެޓްސް ސުޕޯޓްސް ކުލަބެވެ. މި މެޗު 3-0 ގެ ނަތީޖާއަކުން ކާމިޔާބު ކުރީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންކަން ހޯދި ކޮމެޓްސްއިންނެވެ.
ފޯރި ގަދަ ކުޅުމެއް ފެނިގެން ދިޔަ މިމެޗްގައި އެންމެ ފަހުގެ ޗެންޕިއަން ކޮމެޓްސް ސުޕޯޓްސް ކުލަބް، އެޓީމްގެ ފުރަތަމަ ލަނޑު މެޗުގެ 2 ވަނަ މިނެޓް ތެރޭގައި ކާމިޔާބު ކޮށްދީފައި ވަނީ ކޮމެޓްސްގެ ޖޯޒީ ނަންބަރު 21 މުޙައްމަދު އައްޒާމް އެވެ.
މެޗްގެ 38' ވަނަ މިނެޓްގައި ލީޑް ފުޅާކޮށް ކޮމެޓްސްއަށް 2 ވަނަ ގޯލް ކާމިޔާބު ކޮށްދިނީ ޖާޒީ ނަންބަރު 7 އަލީ ބުޝްރީއެވެ. މެޗްގެ ފަހު ލަޑު ރީތި ގޯލަކާއެ 3 ލަނޑުގެ ލީޑެއް ކޮމެޓްސްއަށް ހޯދާ ދިނީ މުޙައްމަދު ޝައްމާހުއެވެ.
މި މެޗްގެ މޭން އޮފް ދަ މެޗަކަށް ހޮވިފައިވަނީ ކޮމެޓްސްގެ ޓީމްގައި މުޙިންމު ރޯލެއް އަދާކޮށް، ޓީމަށް 2 ވަނަ ލަނޑު ކާމިޔާބު ކޮށްދިން އަލީ ބުޝްރީއެވެ.
މި އަހަރުގެ މި މުބާރާތުގައި ޖުމްލަ 4 ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ އެންމެ ފަހު ޗެންޕިއަން ކޮމެޓްސް ސުޕޯޓްސް ކުލަބް، ފިފްޓީ-ފިފްޓީ އަދި ޑަކް ސިޓީގެ އިތުރުން ވަތުއޮޑި ޓައިޓަންސްއެވެ.
މުބާރާތުގެ މެޗެއް މާދަމާވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލު ކުރާނީ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ޑަކްސިޓީއާއި ފިފްޓީ ފިފިްޓީއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1