ވެލާއާއި ޖޯލި ބައްދަލު ކުރި މެޗުގެ ތެރެއިން
މިހާރު ކުރިއަށްދާ ޓެކާސް ރިޒޯޓް ފުޓްސަލް ކަޕުގައި ރ އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސް ޕެނަލްޓީގައި ބަލިކޮށް ވެލާ ޕްރައިވެޓް އައިލެންޑުން މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސިޔާމްވޯލްޑް ފުޓްސަލް ގްރައުންޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ޖޯލި މޯލްޑިވްސްގެ މައްޗަށް ވެލާއިން ކުރި ހޯދީ 2-2 ގެ ނަތީޖާއަކުން މެޗުގެ ފުރިހަމަ ވަގުތު ހަމަވުމާ ގުޅިގެން ޖެހި ޕެނަލްޓީގައި 4-5 އިން ކުރި ހޯދައިގެންނެވެ. މި މެޗުގައި ވެލާގެ ފަރާތުން ތަފާތު ކަމްބެކެއް ފެނިގެންދިޔައިރު، އެ ޓީމުން މިވަނީ މިއަހަރުގެ މުބާރާތުގައި މިހާތަަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. އަތޮޅު ބުރުގައި ސިޔާމް ވޯލްޑާއި ރޮބިންސަން ނޫނު އަތޮޅު ބުރުން ބަލިކޮށް ފައިނަލްގައި ސިޔާމް ވޯލްޑް އަތުން ޕެނަލްޓީގައި ވެސް ވެލާއިން ވަނީ ކުރި ހޯދައިފައެވެ. އަދި ކުއާޓާ ފައިނަލުގައި ޅަވިޔަނީގެ ޗެމްޕިއަން ކޮކޫން މޯލްޑިވްސް ވަނީ ބަލިކޮށްފައެވެ.
މި މޮޅާއެކު ވެލާއިން ވަނީ ސެމީއަށް ދަތުރު ކުރި ދެވަނަ ޓީމަކަށްވެފަައެވެ. ސެމީގައި ވެލާ ބައްދަލު ކުރާނީ ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތައް ވާދަކުރާ މުބާރާތުގެ ޗެމްޕިއަނުންނާއެވެ. އެ މުބާރާތް ކުޅޭނީ ކްރޮސް ރޯޑްސް މޯލްޑިވްސްގައެވެ. ދެވަނަ ސެމީ ފައިނަލެއްގައި ބައްދަލު ކުރާނީ ސެމީގެ ޖާގައެއް މިހާރުވެސް ހޯދާފައިވާ ދ އަތޮޅުގެ ޗެމްޕިއަން ސެންޓް ރެޖިސް މޯލްޑިވްސް ވޮއްމުލި އާއި ކާފު އަތޮޅު އުތުރު ބިތުގެ ރިސޯޓުތަކުގެ މެދުގައި ކުޅޭ މުބާރާތުގެ ޗެމްޕިއަނުންނާއެވެ. އެ މުބާރާތް ބާއްވާނީ ކުރުނބާ މޯލްޑިވްސްގައެވެ.
މިއަދުގެ މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ޖޯލި މޯލްޑިވްސްއިންނެވެ. އެ ޓީމަށް މެޗުގެ ކުރީކޮޅު ލީޑު ނަގައިދިނީ މުސްލިމް މުހައްމަދު އެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ޖޯލިން ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ވެލާއިންވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލަކީ އަހުމަދު ފާރިސް ޖެހި ގޯލެކެވެ.
ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ޖޯލިން އަނެއްކާވެސް ލީޑު ނެގި އެވެ. އެ ގޯލަކީ އެ ޓީމުގެ މުހައްމަދު ޖުމާން މުޅިން ހުސްކޮށްލާފައި ދިން ބޯޅައަކުން މޫސާ ލަތީފް ކާމިޔާބު ކުރި ގޯލެކެވެ. ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނުނު އެ މެޗު ނިމެންދަނިކޮށް ވެލާއަށް ނަތީޖާ އެއްވަރުވީ ޖޯލި ކުޅުންތެރިންގެ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ.
ޓެކާސް މުބާރާތަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ރިޒޯޓް ފުޓްސަލް މުބާރާތެވެ. ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.
މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.
ޓެކާސް ރިސޯޓު ކަޕްގައި މިފަހަރުވެސް 600 އަށްވުރެ ގިނަ ކުޅުންތެރިން ފެނިގެންދާނެއެވެ. އެންމެފަހުން މިދިޔަ އަހަރު ނިންމާލި ފޯރިގަދަ މުބާރާތްތަކުގައިވެސް ހުނަރުވެރި ކުޅުންތެރިން ފެނިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1