ރިޒޯޓްބޯއީސް ފުޓްސަލް ކަޕުގައި ކޮމެޓްސް އަދި އެސްއެސްބީ ބައްދަލު ކުރި މެޗުގެ ތެރެއިން — ފޮޓޮ/ ކެޕަޗާސް
ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ޒަމާންވީ ވާދަވެރިޔާ، ސުޕަ ސްޕޯޓިންގް ބޯއީސް (އެސްއެސްބީ) އަތުން ހޯދި މޮޅާއެކު ސެމީގެ އުންމީދު ކޮމެޓްސްއިން ދަމަހައްޓައިފިއެވެ.
ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު އެ މެޗުން އެސްއެސްބީގެ މައްޗަށް ކޮމެޓްސް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކޮމެޓްސްއިން ވަނީ ކުޅުނު ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިފައެވެ. އެ ޓީމުގެ ކުރީގައި މާޅެންދޫގެ ކަބަޓާން އެފްސީ އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. ކަބަޓާއިން ވެސް މޮޅަކާއި އެއްވަރެއް ކޮށްގެން ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު އެ ޓީމުން ވަނީ މިހާތަނަށް ފަސް ގޯލު މުބާރާތުގައި ޖަހައިފައެވެ. ކޮމެޓްސްއަށް ޖެހިފައިވަނީ ހަތަރު ގޯލެވެ.
މިއަދުގެ މެޗު ފަށައިގެން ކޮމެޓްސްއިން ދިޔައީ ރަނގަޅު ހަމަލާތަކެއް އުފައްދަމުންނެވެ. އެގޮތުން އެ ޓީމުގެ އިބްރާހިމް އަލީމް އަރިމަތިން ފޮނުވާލި ބާރު ހަމަލާއެއް ވަނީ ދަނޑިއަށް އަމާޒުވެފައެވެ. އޭގެ ފަހުން މުހައްމަދު އަރީހު ފޮނުވާލި ބޯޅައެއް ވެސް ދަނޑީގައި ޖެހިފައިވެއެވެ.
އެ ހާފުގައި ކޮމެޓްސްއިން ތިން ގޯލު ޖަހާފައިވާ އިރު ފުރަތަމަ ގޯލަކީ އަރީހު ޖައްސާލި ބޯޅައަކުން އަލީމް ފޮނުވާލި ގޯލެކެވެ. ދެވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ ހުސައިން ޝަރީފްއެވެ. އޭނާ އެ ގޯލު ޖެހީ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެންނެވެ. ތިންވަނަ ގޯލަކީ ދުރުން ފޮނުވާލި ބާރު ހަމަލާއަކުން އަލީމް ވައްދާލި ގޯލެކެވެ.
ފުރަތަމަ ހާފުގައި އެސްއެސްބީއިން ފަސް ފައުލުކޮށް ހަވަނަ ފައުލާއެކު ކޮމެޓްސްއަށް ލިބުނު ދުރު ޕެނަލްޓީ ފޮނުވާލީ ހުސައިން ޝަރީފްއެވެ. އޭނާ ފޮނުވާލި ބާރު ޕެނަލްޓީ އެސްއެސްބީގެ ކީޕަރު އިސްމާއިލް ރާއިފް ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގައި އެސްއެސްބީއިން ކުޅުން ރަނގަޅުކޮށް ކޮމެޓްސްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލިއެވެ. އެގޮތުން އަހުސަން ފޮނުވާލި ހަމަލާއެއް ދަނޑިއަށް އަމާޒުވި އިރު، އާދަމް މަމްދޫން މުޅިން ހުސްކޮށް ހުރެ ޖައްސާލި ބޯޅައެއް ދިޔައީ އަރިމަތިން ބޭރަށެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އިބްރާހިމް އަލީމްއެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޑީ ޓޫ ސްޕޯޓްސް ކުލަބް އަދި ވިންޑް ވޯރިއާސްއެވެ. ދެވަނަ މެޗުގައި ކުޅޭނީ އެސްއެސްބީ އަދި އެފްސީ ހާމަނޯސްއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1