ފޮޓޯ: ސިޑިބަރި
ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕް 2024ގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުން މޮޅުވެ ވިންޑް ވޯރިއާސްއިން ސެމީ ފައިނަލުގެ ފަހު ޖާގަ ކަށަވަރު ކޮށްފިއެވެ.
މިއަދު ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅުނު މެޗުން މަނަދޫ އެސްސީގެ މައްޗަށް ވިންޑް ވޯރިއާސް ކުރި ހޯދީ 0-3 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ހަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައިގެން ވިންޑް ވޯރިއާސް ވަނީ ގުރޫޕް ބީގެ ދެވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކޮށްފައެވެ. އެ ގުރޫޕުން އެއްވަނައިގެ ގޮތުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށްގެން ދަތުރު ކުރީ ނައިފަރު ޗެލްސީއެވެ.
މިއަދުގެ ނަތީޖާއާއެކު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލު ކުރާނެ ދެ ޓީމުވެސް ވަނީ ކަށަވަރުވެފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ގުރޫޕް އޭ ގެ އެއްވަނަ ހޯދި ހިންނަވަރު އެސްސީ އަދި ވިންޑް ވޯރިއާސްއެވެ. ސެމީގެ ދެވަނަ މެޗުގައި ބައްދަލު ކުރާނީ ގުރޫޕް ބީގެ ދެވަނަ ލިބުނު މާފަރު އެފްސީ އަދި ގުރޫޕް ބީގެ އެއްވަނަ ނައިފަރު ޗެލްސީއެވެ.
އެންމެ ފަހު މެޗުގައި ނައިފަރު ޗެލްސީ އަތުން ލިބުނު ބޮޑު ނާކާމީޔާބީއަށްފަހު ވިންޑްވޯރިއާސްއަށް މިއަދުގެ މެޗަކީ ނަތީޖާ ނެރުން މުހިއްމު މެޗެކެވެ. އަނެއްކޮޅުން މެޗުން މޮޅުވެގެން ސެމީއަށް ދިއުމުގެ ފުރުސަތު މަނަދޫއަށްވެސް އޮތެވެ.
މިއަދުގެ މެޗުގައި ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ވިންޑް ވޯރިއާސްއިން ވަނީ މެޗުގެ އަށްވަނަ މިނަޓުގައި މެޗުގައި ލީޑު ނަގައިފައެވެ. އެ ޓީމުގެ ބިދޭސީ ޑިފެންޑަރު ޗަމީރާ ނަގައިދިން ހުރަހަކުން ބޮލުން ޖަހައި އެ ގޯލު ވައްދާލީ ނާއިޒް ހަސަން (ދާދު)އެވެ.
ވިންޑް ވޯރިއާސްގެ ދެވަނަ ގޯލު އެ ޓީމަށް ދެވަނަ ހާފުގެ ކުރީކޮޅު ޖަހައިދިނީ މުހައްމަދު ނާއިމްއެވެ. އަދި ތިންވަނަ ގޯލަކީ ނާއިމް މުޅިން ހުސްކޮށްލާފައި ޖައްސާލި ޕާހަކުން އަބްދުﷲ ޔާމީން (ޔާނު) ޖެހި ގޯލެކެވެ.
ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި މިރޭ ބައްދަލު ކުރާނީ ޑީޓޫ ސްޕޯޓްސް ކުލަބް އަދި ކުޑަފަރި އެސްސީ އެވެ. މި ދެ ޓީމަށް ވެސް މުބާރާތުގައި ކުރިއަށް ދިއުމުގެ ދޮރު ވަނީ ބަންދުވެފައެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1