ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2024 ގައި ނައިފަރު ޗެލްސީ އަދި ކުޑަފަރި ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ސިޑިބަރި
ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2024 ގެ ހަތްވަނަ މެޗުގައި ކުޑަފަރި އެސްސީ ފަސޭހަކަމާއެކު ބަލިކޮށް ނައިފަރު ޗެލްސީއިން ފެންވަރު ދައްކާލައިފިއެވެ.
ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުން ކުޑަފަރި ޓީމުގެ މައްޗަށް ނައިފަރު ޗެލްސީއިން ކުރި ހޯދީ 0-10 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. އެއާއެކު ނައިފަރުން ގުރޫޕް ބީގެ އެއްވަނައަށް ވަނީ ޖެހިލައިފައެވެ. ފުރަތަމަ މެޗުގައި މަނަދޫ އެފްސީ އަތުން ހޯދި މޮޅާއެކު ނައިފަރު އެއްވަނައިގައި އޮތީ ހަ ޕޮއިންޓް ހޯދައިގެން 11 ފައިދާ ގޯލާއެކުއެވެ.
މިއަދުގެ މެޗަށް ނައިފަރު ޓީމުން ނުކުތީ ވެސް ވަރުގަދަ ސްކޮޑަކާއެކުއެވެ. ރާއްޖެއިން ބޭރުގެ ހަ ކުޅުންތެރިއަކު ހިމެނޭ ނައިފަރު ޗެލްސީއިން މެޗު ފަށައިގެން މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދިއިރު، އެ ޓީމުން މެޗުގައި ފުރަތަމަ ގޯލު ޖެހީ މެޗުގެ 10 ވަނަ މިނަޓުގައެވެ. އަރިމަތިން ހުސްވެލާފައި މިސްރުގެ އަހްމަދު މަހްމޫދު ނަގައިދިން ހުރަހަކުން އެ ގޯލު ޖަހައިދިނީ ބެލަރުސްގެ އިވާން ވެރަސްއެވެ.
އެ ހާފުގައި ނައިފަރުން އިތުރު ފަސް ގޯލެއް ވަނީ ޖަހައިފައެވެ. އެގޮތުން އިވާން ވަނީ އެ ހާފުގައި އެކަނިވެސް ފަސް ގޯލު ޖަހައިފައެވެ. އެ ހާފު ނިމިނިމި އިންދާ ހަވަނަ ގޯލު ޖަހައިދިނީ ނައިފަރު ޗެލްސީގެ ކެޕްޓަން މުހައްމަދު ނަދީމްއެވެ.
ދެވަނަ ހާފުގައި ވެސް ނައިފަރުން ވަނީ އިތުރު ފަސް ގޯލު ޖަހައިފައެވެ. އެގޮތުން އަހުމަދު ސުހައިލް ވަނީ އޭގެތެރެއިން ތިން ގޯލު ކާމިޔާބުކޮށް މެޗުގައި ދެވަނަ ހެޓްރިކް ހަދައިފައެވެ. ބާކީ ދެ ގޯލަކީ ފުރަތަމަ ހާފުގައި ފަސް ގޯލު ޖެހި އިވާން އާއި އެ ޓީމުގެ ސްރީ ލަންކާ ފޯވާޑް މުހައްމަދު ޝިފާން ކާމިޔާބުކުރި ގޯލެކެވެ. އިވާން ވަނީ މި މެޗުގައި ޑަބަލް ހެޓްރިކް ހަދައި، މިފަހަރުގެ މުބާރާތުގެ މިވަގުތުގެ ޓޮޕް ސްކޮރާ ޗާޓުގެ އެެއްވަނައަށް ޖެހިލައިފައެވެ.
މިރޭވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިރޭގެ މެޗުގައި ބައްދަލު ކުރާނީ ވިންޑް ވޯރިއާސް އަދި ޑީޓޫ ސްޕޯޓްސް ކުލަބެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1