ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2024 ގައި ކޮމެޓްސް ކުޅުންތެރިން -- ފޮޓޯ/ސިޑިބަރިމ
ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް 2024 ގައި ޅޮހީ އެފްސީ ފަސޭހައިން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކޮމެޓްސް ސްޕޯޓްސް ކުލަބުން ފެންވަރު ދައްކާލައިފިއެވެ.
ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުން ޅޮހީގެ މައްޗަށް ކުރި ހޯދީ 9-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ދެ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ކޮމެޓްސް ވަނީ ގުރޫޕް ތާވަލުގެ ދެވަނައަށް ޖެހިލައިފައެވެ. ގުރޫޕް އޭ ގެ އެއްވަނައިގައި މިވަގުތު އޮތީ ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ހިންނަވަރު ސްޕޯޓްސް ކުލަބެވެ.
މިއަދުގެ މެޗު ފަށައިގެން ފުރަތަމަ މިނަޓުގެ ތެރޭގައި ކޮމެޓްސްއިން ވަނީ ލީޑު ނަގައިފައެވެ. މުބާރާތުގައި މިހާތަނަށް ޖެހި އެންމެ އަވަސް ގޯލު އެ ޓީމަށް ޖަހައިދިނީ ހުސައިން ޝަރީފް (މުޑާ) އެވެ. އޭގެ އިރަކޮޅެއް ފަހުން އަހުމަދު ސަމާއިލް އިސްމާއިލް ވަނީ ކޮމެޓްސްއަށް ލީޑު ނަގައިދީ ފަރަގު ބޮޑުކޮށްފައެވެ.
ފުރަތަމަ ހާފުގައި ކޮމެޓްސްއިން ފުލުފުލުގައި ގިނަ ހަމަލާތަކެއް އުފެއްދި އިރު، ޅޮހީ ޓީމުގެ ކީޕަރު މުހައްމަދު އިމާދު ވަނީ މޮޅު ކުޅުމެއް ދައްކައިފައެވެ. އެ ހާފު ނިމުމުގެ ކުރިން ކޮމެޓްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ އެ ޓީމުގެ ކެޕްޓަން އަލީ ބުޝްރީއެވެ.
ދެވަނަ ހާފު ފަށައިގެން ކޮމެޓްސްއިން ފުރަތަމަ ހާފެކޭ އެއްގޮތަށް ރަނގަޅު ކުޅުމެއް ކުޅެ، ޅޮހީގެ ގޯލަށް ނުރައްކާކުރަމުން ދިޔައިރު، ހާފުގެ ކުރީކޮޅު ކޮމެޓްސްގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ ޖުމައިލް ޖަމީލް (ޖުންބެ) އެވެ. ޖުންބެ އެ ގޯލު ކާމިޔާބު ކުރީ ހިލޭ ޖެހުމަކުންނެވެ. ޖުންބެ ގޯލަށްފަހު މުޑާ ވަނީ އިތުރު ގޯލެއް ޖަހައި ފަސް ގޯލަށް ލީޑު ފުޅާކޮށްފައެވެ.
ކޮމެޓްސްއިން ފަސް ގޯލުގެ ލީޑަކާއެކު ހަމަޖެހިލައިގެން ކުޅުނު އިރު، ޅޮހީގެ ކުޅުންތެރިންގެ ކިބައިން ވަރަށް ބޮޑަށް ވަރުބަލިކަން ވަނީ ފާހަގަވެފައެވެ.
ކޮމެޓްސްގެ އިބްރާހީމް ވަހީދު (އިއްބެ) ވަނީ މެޗު ނިމުމުގެ ކުރިން އިތުރު ތިން ގޯލު ޖަހައި އޭނަގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. އަދި ޔަޒްދާން (ޔަޒޭ) ވެސް ވަނީ މެޗުގެ އިތުރު ވަގުތު ގޯލެއް ޖަހައިފައެވެ.
މާދަމާ ހަވީރުވެސް މި މުބާރާތުގައި މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުގައި ބައްދަލު ކުރާނީ ޑީޓޫ ސްޕޯޓްސް ކުލަބާއި ނައިފަރު ޗެލްސީއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1