ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕު 2024ގައި ކޮމެޓްސް އަދި މާފަރު ކުޅުނު މެޗު -- ފޮޓޯ/ ސިޑިބަރި
ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ފުޓުބޯޅަ ޗެމްޕިއަންޝިޕު 2024ގައި އެންމެ ފަހުން ދެފަހަރުގެ ވެސް ޗެމްޕިއަން ކޮމެޓްސް ސްޕޯޓްސް ކުލަބް ބަލިކޮށް މާފަރު އެފްސީއިން ސެމީ ފައިނަލްގެ ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުން މާފަރު ޓީމު ކުރި ހޯދީ 1-2 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ތިން މެޗުން ހަ ޕޮއިންޓާ ހޯދައި މާފަރުން ވަނީ ގުރޫޕް އޭ ގެ ދެވަނައަށް ޖެހިލައިފައެވެ. އެ ޓީމުން ކުރިއަށް އޮތް މެޗުގައި ޅޮހީ އެފްސީ އަތުން މޮޅުވެގެން ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ.
މިއަދުގެ ނަތީޖާއާއެކު ކޮމެޓްސްއަށް ވަނީ މުބާރާތުގައި ކުރިއަށް ދިއުމަށް އަމިއްލަ ބާރު ގެއްލިފައެވެ. ކޮމެޓްސްއަށް ސެމީގެ ފުރުސަތެއް ލިބޭނީ މާފަރު ޓީމު ޅޮހީ އަތުން ބަލިވުމާއެކު މާޅެންދޫއާ ދެކޮޅަށް ކުޅޭ މެޗުން ކޮމެޓްސް މޮޅުވެގެންނެވެ.
މިއަދުގެ މެޗު ފަށައިގެން ގިނަ ހަމަލާތަކެއް އުފައްދަމުން ދިޔައީ މާފަރު ޓީމުންނެވެ. އެ ޓީމުގެ އަފްރާހް މުހައްމަދުއަށް ލިބޭ ގިނަ ބޯޅަތައް އޭނާ ވަނީ ކޮމެޓްސްގެ ޑިފެންސަށް ބާރުބޮޑުކޮށްފައެވެ. މާފަރުން އުފެއްދި ގިނަ ހަމަލާތައް ދިފާއުކުރަމުން ދަނިކޮށް ކޮމެޓްސް ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ސަމާއިލް އިސްމާއިލްގެ ބޮލުގައި ޖެހިފައި ގޯލަށް ވަތް ބޯޅައިން މާފަރުން ވަނީ ލީޑު ނަގައިފައެވެ.
އެ ހާފުގައި ނަތީޖާ ހަމަހަމަ ކުރިން ކޮމެޓްސްގެ މުހައްމަދު އައްޒާމް އަދި އަލީ ބުޝްރީއަށް ވަނީ ރަނގަޅު ފުރުސަތުތަކެއް ލިބިފައެވެ. ހާފު ނިމެންދަނިކޮށް މާފަރުގެ ލީޑު ފުޅާކޮށްދިނީ ކޯނަރެއްގެ ފައިދާ ނަގައި އަފްރާހުއެވެ.
ދެވަނަ ހާފުގައި ކޮމެޓްސްއިން ކުޅުން ރަނގަޅުކޮށް ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެހެން ނަމަވެސް ކައުންޓާގައި ލިބޭ ފުރުސަތުތަކުގައި އަފްރާހް އަދި ކެޕްޓަން އައްޒާމް އަބްދުﷲ ދިޔައީ ކޮމެޓްސްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ކޮމެޓްސްގެ ކީޕަރު އާތިފް (އާތީ) ވަނީ ގިނަ ސޭވްތަކެއް އެ ހާފުގައި ކޮށްފައެވެ. އެ މެޗުގައި ކޮމެޓްސްއިން ޖެހި ހަމައެކަނި ގޯލު މެޗު ނިމެންދަނިކޮށް ޖަހައިދިނީ އަލީ ޝާމިސް (ތޯއްޕެ) އެވެ.
މި މުބާރާތުގައި މިރޭ ކުޅޭ މެޗުގައި ބައްދަލު ކުރާނީ ހިންނަަވަރު އަދި މާޅެންދޫ އެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1