ގްރެފިކްސް: އެލައިވްގްރާފީ
އަންނަ މަހު ނ.ކެނދިކުޅުދޫގައި ފަށައި ރިޒޯޓް ބޯއީސް ފުޓްސަލް ޗެލެންޖްގެ ގުރު ނެގުން މި މަހުގެ 28 ވަނަ ދުވަހަށް ތާވަލުކޮށްފިއެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.
އެ މުބާރާތް އޯގަނައިޒް ކުރާ ކޮމިޓީގެ ޗެއާމަން އަހުމަދު ސަމާއިލް އިސްމާއިލް ރަށްފުށު އޮންލައިނަށް މައުލޫމާތު ދެމުން ބުނީ މިހާރު ކުރިއަށް ދަނީ މި މުބާރާތުގެ އެންމެ ފަހުގެ ތައްޔާރީތަށް ކަމަށެވެ. އެގޮތުން ދަނޑު ތައްޔާރު ކުރުމާއި، ވަށައިގެން ޖަހާ ސްޕޮންސާ ބޯޑުތަކުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާ ކަމަށާއި މި މަސައްކަތުގައި ކެނދިކުޅުދޫގެ ޒުވާނުންނާއި، ކައުންސިލުން ދެމުން އަންނަ އެއްބާރުލުމަށް ޝުކުރު އަދާކުރާ ކަމަށެވެ.
މީގެ އިތުރުން މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ މެދުގައި ގުރުނެގުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހުގެ 16:30 ގައި ކަމަށް ސަމާއިލް ވަނީ ބުނެފައެވެ. އެ ރަސްމިއްޔާތު އޮންނާނީ ކެނދިކުޅުދޫ ކައުންސިލް އިދާރައިގެ މީޓިންގް ހޯލުގައި ކަމަށާއި، މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމަކަށްވެސް މި ރަސްމިއްޔާތަށް ދައުވަތު ދޭނެ ކަމަށް އޭނާ ބުންޏެވެ.
އަދި އެހެންމެ މުބާރާތް ކުރިއަށްދާއިރު ކެންޓީނު ހިންގުމަށް ހުޅުވާލި ފުރުސަތުގައި އެކަމަށް ޝައުގުވެރިވީ ފަރާތްތަކަށް އެ ފުރުސަތު ވެސް ދީފައިވާނެ ކަމަށް ސަމާއިލް ވަނީ ބުނެފައެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1