އެސްއެސްބީއިން 2019 ވަނަ އަހަރު ކުޅުނު މުބާރާތުގައި ކުޅުނު ޓީމު --
އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތަކީ ދިގު ތާރީޙެއް އޮތް އެސްއެސްބީ ކުޅިވަރު ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީވުމަށްފަހު ކުޅޭ ފުރަތަމަ މުބާރާތް ކަމަށާއި، މި މުބާރާތަށް ނުކުންނަނީ ތަށި ހޯދަން ކަމަށް އެ ޓީމުގެ މެނޭޖަރު މުހައްމަދު އައްސަދު ބުނެފިއެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައެވެ. މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.
މި މުބާރާތުގައި ކެނދިކުޅުދޫއިން ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެންމެ ދިގު ތާރީހެއް އޮތް އެއް ކުލަބަކީ އެސްއެސްބީއެވެ. ރަށު ލެވެލްގައި މީގެ ކުރިން ބޭއްވުނު ގިނަ މުބާރާތްތަކެއް ކާމިޔާބުކުރި އެސްއެސްބީގެ ނަން މިފަހުގެ އަހަރުތަކުގައި ކޮންމެވެސް ވަރަކަށް ފަނޑުވެފައި އޮތުމަށްފަހު އެ ޓީމު މިހާރު ވަނީ ޔޫތު މިނިސްޓްރީގައި ކުލަބެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައެވެ. އަދި ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތަކީ އެ ކުލަބަށް އައު ފެށުމަކުން ފަށަން ލިބޭ ފުރުސަތެއް ކަމަށް އެ ޓީމުގެ މެނޭޖަރު އައްސަދު ބުނެއެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 އާ މެދު ދެކެނީ ކިހިނެތް؟
"ކެނދިކުޅުދޫގައި މުބާރާތްތައް ފަޅުވެގެން ދިޔަ ދުވަސްވަރެއްގައި މިކަހަލަ މުބާރާތެއް ރިޒޯޓް ބޯއީސްއިން އިސްނަގައިން ކުރިއަށް ގެންދާތީ ވަރަށް ހިތްހަމަ ޖެހޭ. ވަރަށް އުފާކުރާ ކަމެއް މިއީ. ހަމަ ރަނގަޅު ފެށުމެއްގެ ގޮތުގައި ދެކެނީ." އައްސަދު ބުންޏެވެ.
މުބާރާތާއި މެދު ޓީމުގެ އުންމީދުތަކަކީ ކޮބާ؟
"އަޅުގަނޑުމެންގެ ޓީމު ވަރަށް ރަނގަޅަށް ތައްޔާރުވެފައި ހަމަ މިއޮތީ. ރަށުން ބޭރުން ހަމަ ވަރުގަދަ ޕްލޭޔަރުން ގެނެސްގެން ހަމަ ތަށްޓަށް އަޅުގަނޑުމެންގެ އަމާޒު މިހުރީ."
މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ޓީމުގެ މުސްތަގުބަލަށް ކިހާ މުހިއްމު ކަމަކަށް؟
"އަޅުގަނޑުމެންގެ މި ޓީމަކީ އަސްލު މިހާރު ހަމައެކަނި ޓީމެއް ނޫން. މިއީ މިހާރު ރަޖިސްޓްރީވެގެން އުފެދިފައި އޮތް ޖަމިއްޔާއެއް މިރަށުގައި، ކުލަބެއް މިއީ. އެހެންވީމާ މި ކުލަބުގެ ފެށުމެއްގެ ގޮތުގައި މި މުބާރާތް މި ދެކެނީ. މި މުބާރާތާއެކު އަޅުގަނޑުމެން އެކްޓިވްވާން ފެށީ މިހިސާބުން. އެހެންވީމާ ކުރިއަށް ހުރި ހުރިހާ މުބާރާތެއްގައި ވެސް އަޅުގަނޑުމެން ފެނިގެންދާނެ."
އެހެންވީމާ މި ޖަމިއްޔާ އެކްޓިވް ވުމުގެ ފެށުން މި މުބާރާތް މިއީ."
އަތޮޅުތެރޭގައި ކްލަބްގެ ވާދަވެރިކަން އޮތުން އެއީ ކިހާ މުހިއްމު ކަމެއް؟
"މި ޓީމަކީ ރަށުގެ ޖަމިއްޔާއެއް، ރަށުގެ މުބާރާތްތަކުން މި ފެށެނީ. ދެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ތަނުގައި ރަށުން ބޭރުގެ މުބާރާތުގައި ވެސް ވާދަކުރާނަން އަޅުގަނޑުމެން."
ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު ސެމީއަށް ދަތުރު ކުރާނީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ޓީމުތައް ބަހާލާނީ ފަސް ޓީމުގެ ދެ ގުރޫޕަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1