ޓެކާސް ޅަވިޔަނި ޒޯންގެ ފައިނަލް މެޗުގެ ތެރެއިން — ފޮޓޯ/ޓެކާސް
ރާއްޖޭގެ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބާއްވާ ޓެކާސް ރިޒޯޓް ފުޓްސަލް މުބާރާތުގެ ނޫނު ޒޯނުގެ މީޑިއާ ޕާޓުނަރަކަށް ރަށްފުށު އޮންލައިން ހަމަޖައްސައިފިއެވެ.
ޓެކާސް މުބާރާތަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތެވެ. ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.
މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.
ޓެކާސް ރިސޯޓު ކަޕް 2023ގެ މުބާރާތްތައް މިފަހަރު ހާއްސަކޮށްފައިވާ ސަރަހައްދުތަކަކީ ކާފު އަތޮޅު ދެކުނު ބިތުގެ ރިސޯޓުތަކާއި ކާފު އަތޮޅުގެ އުތުރު ބިތުގެ ރެސޯޓުތަކުގެ އިތުރުން ބ، ޅ، އަދ، ނ، ރ އަދި ދ އަތޮޅަށެވެ.
އެ މުބާރާތުގައި ކުރިއަށް އޮތީ ނޫނު ރައުންޑެވެ. ނ. އަތޮޅު ރިސޯޓުތައް ވާދަކުރާ މުބާރާތް ސިޔާމް ވޯލްޑްގައި ކުރިއަށް ގެންދަން ނިންމާފައިވާ އިރު، ތިން ރިޒޯޓަކުން ވަނީ ބައިވެރިވެފައެވެ. އެއީ މެޗުތަކަށް ކުޅޭ ސިޔާމް ވޯލްޑްއާއި، ވެލާ ޕްރައިވެޓް އައިލެންޑް އަދި ރޮބިންސަން ނޫނުއެވެ.
މި މުބާރާތުގެ ފުރަތަމަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެދުވަހު ދެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާ އިރު، ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސިޔާމް ވޯލްޑާއި، ވެލާ އެވެ. ޖެހިގެން އަންނަ ދުވަހު ކުޅޭ ދެވަނަ މެޗުގައި ބައްދަލުކުރާނީ ވެލާއާއި ރޮބިންސަންއެވެ.
ނޫނު ޒޯނުގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ފައިނަލް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
މިފަހަރުގެ ޓެކާސް ނޫނު ޒޯނުގެ މީޑިއާ ޕާޓުނަރަކީ ރަށްފުށު އޮންލައިންއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1