ޓެކާސް ރިސޯޓް ކަޕް 2023: ނޫނު ޒޯނުގެ ޗެންޕިއަންކަން ވެލާ ޕުރިވެޓް އައިލެންޓް ރެސޯޓަށް

Tekkers resort cup 2023: Noonu zone ge champion kan velaa private island resort ah

ވެލާ އިން ޓެކާސް މުބާރާތް ކާމިޔާބުކުރުމަށްފަހު

0

ޓެކާސް ރިސޯޓް ކަޕް 2023 ނޫނު އަތޮޅުގެ ޗެންޕިއަންކަން ވެލާ ޕުރައިވެޓް އައިލެންޑް ރެސޯޓް ހޯދައިފިއެވެ.

މިއަދު ސިޔާމް ވޯރލްޑްގައި ކުޅުނު ފައިނަލްގައި ސިޔާމް ވޯލްޑްގެ ޓީމާއި ދެކޮޅަށް ޕެނަލްޓީގައި 6 ލަނޑު 4 ލަނޑުން ކުރި ހޯދީ ވެލާ ޕުރައިވެޓް އައިލެންޑް ރިސޯޓެވެ.

މިއަދު 16:30 ގައި ސިޔާމް ވޯލްޑުގެ ޓާފް ގުރައުންޑްގައި ކުޅެވުނު މި ފޯރި ގަދަ ފައިނަލް މެޗުގެ ފުރަތަމަ ލަނޑު ވެލާގެ ޓީމަށް ކާމިޔާބްކޮށްދިނީ އެ ޓީމްގެ ޖާޒީ ނަންބަރު 14 އަޙްމަދު އިމްރާންއެވެ. ފުރަތަމަ ހާފްގެ ފޯރިގަދަ ކުޅުމުގެ ތެރެއިން 2 ވަނަ ލަނޑު ވެލާގެ ޓީމަށް ކީމިޔާބު ކޮށްދީފައި ވަނީ އެ ޓީމްގެ ޖާޒީ ނަންކބަރު 7 އަޙްމަދު އިމްތިނާޙްއެވެ، ފުރަތަމަ ހާފުގެ ކުޅުން ނިމުނު ،އިރު 2 ލަނޑުގެ ލީޑަކާއިއެކު ކުރީގައި އޮތީ ވެލާ ރިސޯޓްގެ ޓީމެވެ. 

2 ވަނަ ހާފުގެ ކުޅުން ފެށުމާއެކު ސިޔާމް ވޯލްޑްގެ ކުޅުން ރަނގަޅު ކޮށް ފަރަގު ކުޑަކޮށްދިނީ ސިޔާމް ވޯލްޑުގެ މުޙައްމަދު އާއިދުގެ ލަނޑުންނެވެ. ސިިޔީާމް ވޯލްޑްގެ ކުޅުން އިތުރަށް ރަނގަޅުކޮށް އެ ޓީމަށް ނަތިޖާ ހަމަ ކޮށްދިނީ ޖާޒީ ނަންބަރު 11 އަލީ ޒުބައިރުއެވެ.

ވާދަވެރި ކުޅުމަކަށް ފަހު 2-2 ގެ ނަތީޖާ އިން 2 ޓީމް އެއްވަރުވެ އިތުރު ވަގުތު ކުޅުމަކާއި ނުލާ ނަތީޖާ ނެރުނީ ޕެނަލްޓީ ޖަހައިގެންނެވެ. 2 ޓީމުން ވެސް ފުރަތަމަ ޖެހި ޕެނަލްޓީ ފަސޭހަކަމާއިއެކު ކާމިޔާބުކުރިއެވެ. ޖެހިގެންއައި 2 ޕެންލްޓީ ސިޔާމް ވޯލްޑަށް ނާކާމިޔާބުވެފައިވާ އިރު، ވެލާގެ ހުރިހާ ޕެނަލްޓީ އެއް ވަނީ ކާމިޔާބްކޮށްފައެވެ. 

މި ފޯރިގަދަ ފައިނަލް މެޗްގެ މޭން އޮފް ދަ މެޗްއަކަށް ހޮވިފައިވަނީ ވެލާ ޕުރައިވެޓް އައިލެންޑް ރިސޯޓްގެ ޖޯޒީ ނަންބަރު 14 އަޙްމަދު އިމްރާންއެވެ.

ވެލާ ރިސޯޓްއިން،  ޓެކާސް ރިސޯޓް ކަޕުގައި ދެން ކުޅެން ޖެހޭނީ ޒޯން ޗެންޕިއަނުންނާއިއެވެ. 

ޓެކާސް މުބާރާތަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތެވެ. ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.

މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.

މިފަހަރުގެ ޓެކާސް ނޫނު ޒޯނުގެ މީޑިއާ ޕާޓުނަރަކީ ރަށްފުށު އޮންލައިންއެވެ.

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1