ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ޓީމް ލަންދޫ އާއި ވިންޑް ވޯރިއާސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް
ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ޓީމް ލަންދޫ ފަސޭހަކަމާއެކު ބަލިކޮށް ވިންޑް ވޯރިއާސްއިން ސެމީ ފައިނަލުގެ ފުރަތަމަ ޖާގައެއް ހޯދައިފިއެވެ.
ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު އެ މެޗުން ޓީމް ލަންދޫގެ މައްޗަށް ވިންޑް ވޯރިއާސްއިން ކުރި ހޯދީ 3-6 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ވިންޑް ވޯރިއާސްއިން ވަނީ ކުޅުނު ދެ މެޗުން ހަ ޕޮއިންޓް ހޯދައިގެން ގުރޫޕު ބީ ގެ ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފައެވެ. އެ ގުރޫޕުގެ ދެވަނައިގައި އޮތް ޑީ ޓޫ ސްޕޯޓްސް ކުލަބު ތިން ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި އޮތް ޓީމް ލަންދޫއަށް ވެސް ވަނީ ތިން ޕޮއިންޓް ލިބިފައެވެ. އެ ގުރޫޕުގެ ފުލުގައި އޮތް ނެބަޓަންއަށް ޕޮއިންޓެއް އަދި ނުލިބެއެވެ.
މިއަދުގެ މެޗުގެ ނަތީޖާއާއެކު ގުރޫޕް ބީއިން ސެމީއަށް ދާނެ ޓީމެއް ދެން ކަށަވަރުވާނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓީމް ލަންދޫ އަދި ޑީޓޫ ސްޕޯޓްސް ކުލަބު ބައްދަލު ކުރާ މެޗުންްނެވެ. އެ މެޗުން މޮޅުވާ ޓީމެއް ސެމީއަށް ދަތުރު ކުރާނެއެވެ.
މިއަދުގެ މެޗަށް ވިންޑް ވޯރިއާސްއިން ނުކުތީ ފުރަތަމަ މެޗުގައި އެ ޓީމަށް ކުޅުނު މުހިއްމު ދެ ކުޅުންތެރިޔަކު ނުލައެވެ. އެއީ އިރުޝާދު އަދުނާންއާއި އިބްރާހިމް ސިމާހްއެވެ. އެ ދެ ކުޅުންތެރިން ނުލައި ކުޅުނު މެޗުގައި ވެސް ވިންޑް ވޯރިއާސްއިން މޮޅު ކުޅުމެއް ދެއްކި އިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފައެވެ. އެ ދެ ގޯލަކީ އަހުމަދު އަޔާޒް (އިއްޓު) އާއި ހުސައިން ނާއިފް (ނާއްޕެ) ކާމިޔާބުކުރި ދެ ގޯލެވެ.
ދެވަނަ ހާފުގައި ގިނަ ގޯލުތަކެއް ވަނީ ދެ ޓީމުންވެސް ފެނިފައެވެ. އެގޮތުން ލަންދޫ ޓީމުން ތިން ގޯލު ކާމިޔާބު ކުރިއެވެ. އެ ޓީމުގެ ގޯލުތައް ޖަހައިދިނީ މުހައްމަދު ސަމާހު އާއި އަހުމަދު ސަންމޫނު އަދި މުހައްމަދު އިރުޝާމްއެވެ. އެ ހާފުގައި ވިންޑް ވޯރިއާސްއިން ހަތަރު ގޯލު ވަނީ ޖަހައިފައެވެ. އެ ހަތަރު ގޯލުގެ ތެރެއިން ތިން ގޯލަކީ އިއްޓު ޖެހި ގޯލުތަކެވެ. ބާކީ ގޯލު ކާމިޔާބު ކުރީ ނާއްޕެއެވެ.
މިއަދުގެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އިއްޓުއެވެ.
މުބާރާތުގައި މާދަމާވެސް ދެމެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކަބަޓާން އަދި ހާމަނޯސްއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ވިންޑް ވޯރިއާސް އަދި ނެބަޓަންއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1