ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: އެސްއެސްބީއަށް ރެކޯޑު މޮޅެއް، އެކަމަކު ސެމީއިން ޖާގައެއް ނުލިބުން

SSB ah record molheh, ekamaku semi in jaagaeh nulibun

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެސްއެސްބީ އަދި ކޭކޭއެފްސީ 19 އަހަރުން ދަށުގެ ޓީމު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް

0

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެއް ޓީމެއް ކޮޅަށް ނުވަ ގޯލު ޖަހައި މި މުބާރާތުގެ ރެކޯޑެއް ސުޕަ ސްޕޯޓިންގް ބޯއީސް (އެސްއެސްބީ) އިން ހެދި ނަމަވެސް ސެމީ ފައިނަލުން ޖާގަ ނުލިބި އެ ޓީމު ކަޓައިފިއެވެ.

ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު ފުރަތަމަ މެޗުގައި ކެނދިކުޅުދޫ އެފްސީގެ 19 އަހަރުން ދަށުގެ ޓީމު އަތުން އެސްއެސްބީ މޮޅުވީ 1-9 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. މިއީ މި މުބާރާތުގައި މިހާތަނަށް ޓީމެއް އެންމެ ގިނަ ލަނޑު ޖެހި މެޗެވެ. މި މޮޅާއެކު ކުޅުނު ހަތަރު މެޗުން އެސްއެސްބީއިން ވަނީ ހަތް ޕޮއިންޓް ހަމަކޮށްފައެވެ. އެހެން ނަމަވެސް ގުރޫޕުގެ ތިންވަނައާއެކު އެ ޓީމު ވަނީ މުބާރާތުން ކަޓައިފައެވެ.

ގުރޫޕު އޭ ގެ އެއްވަނައިގައި 10 ޕޮއިންޓާއެކު ކޮމެޓްސްއިން މިއަދު ހާމަނޯސް ބަލިކޮށް ވަނީ ސެމީއަށް ދަތުރުކޮށްފައެވެ. އެ ގުރޫޕުގެ ދެވަނައިގެ ގޮތުގައި ސެމީއިން ޖާގަ ލިބުނީ އަށް ޕޮއިންޓް ހޯދި ކަބަޓާން އެފްސީއަށެވެ. ގުރޫޕުގެ ހަތަރުވަނަ ހާމަނޯސްއަށް ތިން ޕޮއިންޓް ހޯދައިގެން ލިބުނު އިރު، ކޭކޭއެފްސީ ޒުވާން ޓީމަށް ޕޮއިންޓެއް ލިބޭ ގޮތެއް ނުވިއެވެ.

މިއަދުގެ މެޗު ފަށައިގެން އެސްއެސްބީއިން ވަނީ ރަނގަޅު ކުޅުމެއް ދައްކައިފައެވެ. އެގޮތުން މެޗު ފަށައިގެން މިނަޓެއް ވެސް ނުވަނީސް ސޮފްވަތު އަހުމަދު (ސޮއްޕެ) ވަނީ ގޯލެއް ޖަހައިފައެވެ. އެ ހާފުގައި އެސްއެސްބީއިން އިތުރު ތިން ލަނޑު ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން ހުސައިން އަހުސަން ދެ ގޯލު ޖެހި އިރު، މޫސާ ޔާސިރު ވެސް ވަނީ ގޯލެއް އެ ހާފުގައި ކާމިޔާބުކޮށްފައެވެ.

 

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެސްއެސްބީ އަދި ކޭކޭއެފްސީ 19 އަހަރުން ދަށުގެ ޓީމު ކުޅުނު މެޗުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް

ދެވަނަ ހާފުގައި އެސްއެސްބީއިން ވަނީ ފަސް ލަނޑު ޖަހައިފައެވެ. އެއީ އަހުސަން ޖެހި ތިން ގޯލާއި އާދަމް މަމްދޫން ޖެހި ގޯލެއްގެ އިތުރުން އިބްރާހިމް މާއިދު ކާމިޔާބުކުރި ގޯލެކެވެ. މި ހާފުގައި ކޭކޭއެފްސީން ޖެހި ހަމައެކަނި ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު ޔާނިޝް މުހައްމަދު ޝާހިދުއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1