ޓެކާސް ރިޒޯޓް ކަޕް 2023: ސިޔާމް ވޯލްޑް ބަލިކޮށް ވެލާއިން ވަރުގަދަ ފެށުމެއް!

Siyam World balikoh Vela in varugadha feshumeh!

ޓެކާސް ރިޒޯޓް ކަޕް 2023 ގައި ސިޔާމް ވޯލްޑް އަދި ވެލާ ބައްދަލު ކުރި މެޗުގެ ތެރެއިން --

0

ރާއްޖޭގެ ރިޒޯޓްތަކަށް އަމާޒުކޮށްގެން ބާއްވާ ޓެކާސް ރިޒޯޓް ފުޓްސަލް ކަޕުގެ ނޫނު ޒޯނުގައި ކުޅުނު ފުރަތަމަ މެޗުން ސިޔާމް ވޯލްޑްގެ މައްޗަށް ކުރި ހޯދައި ވެލާ ޕްރައިވެޓް އައިލެންޑުން ފެށުން ރަނގަޅު ކޮށްފިއެވެ.

ސިޔާމްވޯލްޑް ފުޓްސަލް ގްރައުންޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ހޯމް ގްރައުންޑުގައި ކުޅުނު ސިޔާމް ވޯލްޑްގެ މައްޗަށް ވެލާ ރިޒޯޓުން ކުރި ހޯދީ 2-5 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ވެލާއަށް ފައިނަލަށް ދިއުމުގެ ޖާގަ ތަނަވަސްވި އިރު، ސިޔާމް ވޯލްޑަށް ފައިނަލްގެ ޖާގައެއް ހޯދުމަށް އިތުރު މަސައްކަތެއް ކުރަން ވަނީ ޖެހިފައެވެ. މި މުބާރާތުގައި ދެން ބައިވެރިވީ ރޮބިންސަން ނޫނުއެވެ. ކުރިން މުބާރާތުގައި އިރުފުށިން ބައިވެރިވި ނަމަވެސް އެ ޓީމުން ފަހުވަގުތު ވަނީ މުބާރާތުން ނަން ނަގައިފައެވެ.

މި މުބާރާތުގައި ތިން ޓީމު ބައިވެރިވެފައި އޮތުމުން ލީގު ބުރެއް ކުޅެ، އެއްވަނައަށް ދާ ޓީމަށް ފައިނަލުން ޖާގައެއް ޔަގީންވާނެއެވެ. ދެވަނަ އަދި ތިންވަނައަށް ދާ ދެ ޓީމުގެ ދެމެދުގައި ސެމީގެ އެއް މެޗު ކުޅޭ އިރު، ހުރިހާ ޓީމަކަށް ވެސް ފައިނަލަށް ދިއުމުގެ ފަހި ފުރުސަތެއް އޮންނާނެއެވެ.

 
 

މިއަދުގެ ހަވީރު ކުޅުނު މެޗުގައި ފުރަތަމައިން ގޯލު ޖަހައި ލީޑު ނެގީ ވެލާއިންނެވެ. އެ ޓީމުގެ އަހުމަދު އިމްތިނާހް އެ ގޯލު ކާމިޔާބު ކުރީ ދުރުން ފޮނުވާލި ބާރު ހަމަލާއެއް ގޯލަށް އަމާޒުކޮށްލައިގެންނެވެ. ވެލާއިން މެޗުގެ ކޮންޓްރޯލް ނަގައިގެން އެ ހާފުގައި ރަނގަޅަށް ކުޅެމުން ދަނިކޮށް ސިޔާމް ވޯލްޑުން ވަނީ ހާފް ނިމުމުގެ ކުރިން ލަނޑެއް ޖަހައި އެއްވަރު ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު އާއިދު އެވެ.

ދެވަނަ ހާފު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެން ދިޔައިރު، ވެލާއިންވަނީ ހާފުގެ ކުރީކޮޅު އެ ޓީމުގެ ދެވަނަ ގޯލު ޖަހައިފައެވެ. އެ ގޯލަކީ އެ ޓީމުގެ ކެޕްޓަން އަހުމަދު އިމްރާން ޖަހައިދިން ގޯލެކެވެ. ވެލާއިން ލީޑު ނެގިތާ މާގިނައިރުތަކެއް ނުވަނީސް ސިޔާމް ވޯލްޑުން ވަނީ އަނެއްކާވެސް ގޯލަކުން ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީވެސް މުހައްމަދު އާއިދުއެވެ.

އެ ގޯލަށްފަހު ދެ ޓީމުންވެސް ހަމަޖެހިލައިގެން ކުޅެމުން ދަނިކޮށް ވެލާއަށް އަނެއްކާވެސް ލީޑު ނަގައިދިނީ ކެޕްޓަން އިމްރާންއެވެ. ހަމަޖެހިލައިފައި ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން އޭނާ ޓީމަށް ލީޑު ނަގައިދިން އިރު، އަބްދުލް ފާރިސް ވަނީ ވެލާގެ ހަތަރުވަނަ ގޯލު ޖަހައިފައެވެ. މެޗު ނިމެންދަނިކޮށް ވެލާގެ ފަސްވަނަ ގޯލު ކާމިޔާބުކޮށް އިމްރާން ވަނީ އޭނަގެ ހެޓްރިކް އެ މެޗުގައި ފުރިހަމަ ކޮށްފައެވެ. މެޗުގައި ތަފާތު ކުޅުމެއް ދެއްކި އިމްރާން ވަނީ އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދައިފައެވެ. 

 
 

މި މުބާރާތުގައި މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ވެލާ އަދި ރޮބިންސަންއެވެ.

ޓެކާސް މުބާރާތަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތެވެ. ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.

މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.

ނޫނު ޒޯނުގެ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އަދި ފައިނަލް އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މިފަހަރުގެ ޓެކާސް ނޫނު ޒޯނުގެ މީޑިއާ ޕާޓުނަރަކީ ރަށްފުށު އޮންލައިންއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1