ޓެކާސް ރިޒޯޓް ކަޕް 2023 ގައި ރޮބިންސަންއާއި ސިޔާމް ވޯލްޑް ބައްދަލު ކުރި މެޗުގެ ތެރެއިން --
މިހާރު ކުރިއަށްދާ ޓެކާސް ރިޒޯޓް ފުޓްސަލް ކަޕުގެ ނޫނު ޒޯނުގެ ސެމީ ފައިނަލުގައި ފަސޭހަކަމާއެކު ރޮބިންސަން ނޫނު ބަލިކޮށް ސިޔާމް ވޯލްޑުން ފައިނަލްގެ ދެވަނަ ޖާގައެއް ހޯދައިފިއެވެ.
ސިޔާމްވޯލްޑް ފުޓްސަލް ގްރައުންޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ރޮބިންސަން ނޫނުގެ މައްޗަށް ސިޔާމްވޯލްޑް ރިޒޯޓުން ކުރި ހޯދީ 7-2 ގެ ބޮޑު ނަތީޖާއަކުންނެވެ. މި މޮޅާއެކު ސިޔާމް ވޯލްޑުން ފައިނަލަށް ދަތުރުކުރި އިރު، ފައިނަލުގައި އެ ޓީމު ވާދަކުރާނީ ލީގު ބުރުގެ އެއްވަނަ ހޯދައިގެން ސެމީ ނުކުޅެ ފައިނަލަށް ދަތުރުކުރި ވެލާ ޕްރައިވެޓް އައިލެންޑާއެވެ.
ލީގު ބުރުގައި ސިޔާމް ވޯލްޑާއި ރޮބިންސަން ބައްދަލު ކުރި މެޗުވެސް ކާމިޔާބު ކުރީ ސިޔާމް ވޯލްޑުންނެވެ. އިއްޔެ ކުޅުނު އެ މެޗުން އެ ޓީމު މޮޅުވީ 4-2 އިންނެވެ. އެ މެޗުން ހޯދި ހިތްވަރާއެކު މިއަދުގެ މެޗުން ސިޔާމް ވޯލްޑް ކުރި ހޯދީ ފަސޭހަކަމާއެކު އެވެ. އެގޮތުން މެޗު ފަށައިގެން ވެސް އެ ޓީމުން ނުރައްކާކޮށް ފެނުނު އިރު، ފުރަތަމަ ފަސް މިނަޓުގެ ތެރޭގައި އެ ޓީމުން ވަނީ ދެ ގޯލުގެ ލީޑެއް ނަގައިފައެވެ. މި ދެ ގޯލުވެސް އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި އަލީ އަހްނަފްއެވެ.
ސިޔާމް ވޯލްޑުން ރަނގަޅަށް ކުޅެމުން ދަނިކޮށް ކައުންޓާއެޓޭކެއްގައި ރޮބިންސަންއަށް ފަރަގު ކުޑަކޮށްދިނީ އާލިމް ޔޫސުފް ޖެހި ގޯލަކުންނެވެ. ނަމަވެސް އެ ހާފު ނިމުމުގެ ކުރިން އަހްނަފް ވަނީ އޭނަގެ ހެޓްރިކް ފުރިހަމަކޮށް ސިޔާމް ވޯލްޑަށް އަނެއްކާވެސް ދެ ގޯލުގެ ލީޑެއް ހޯދައިދީފައެވެ.
ދެވަނަ ހާފު ފެށިތާ ކައިރީގައި ރޮބިންސަންގެ ހަސަން މާއިދު އަހުމަދު ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފައެވެ. އެކަމަކު އެ ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ސިޔާމް ވޯލްޑުން ވަނީ ފަތިފައްޗަކަށް ގޯލުތައް އަމުނާލައިފައެވެ. އެ ހާފުގައި އެ ޓީމުން ރޮބިންސަން ކޮޅަށް ހަތަރު ގޯލު ވަނީ ޖަހައިފައެވެ. ދެވަނަ ހާފުގައި ޖެހި ގޯލުތައް އެ ޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޒުބައިރު އާއި މުހައްމަދު އާއިދު އަދި އިބްރާހިމް މުހައްމަދުފުޅުގެ އިތުރުން ސިވާން އަބްދުލް މަޖީދުއެވެ.
މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.
ޓެކާސް މުބާރާތަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތެވެ. ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.
މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.
މިފަހަރުގެ ޓެކާސް ނޫނު ޒޯނުގެ މީޑިއާ ޕާޓުނަރަކީ ރަށްފުށު އޮންލައިންއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1