ޓެކާސް ރިޒޯޓް ކަޕް 2023: ރޮބިންސަން ބަލިކޮށް ސެމީގެ ކުރިން ސިޔާމްވޯލްޑަށް މުހިއްމު މޮޅެއް

Robinson balikoh semi ge kurin Siyam World ah muhimmu molheh

ޓެކާސް ރިޒޯޓް ކަޕް 2023 ގައި ރޮބިންސަންއާއި ސިޔާމް ވޯލްޑް ބައްދަލު ކުރި މެޗުގެ ތެރެއިން --

0

މިހާރު ކުރިއަށްދާ ޓެކާސް ރިޒޯޓް ފުޓްސަލް ކަޕުގެ ނޫނު ޒޯނުގެ ލީގު ބުރުގައި ކުޅުނު ފަހު މެޗުން ރޮބިންސަން ނޫނު ގެ މައްޗަށް ކުރި ހޯދާ ސިޔާމް ވޯލްޑުން ސެމީ ފައިނަލަށް ވަރުގަދައަށް ތައްޔާރުވެއްޖެއެވެ.

ސިޔާމްވޯލްޑް ފުޓްސަލް ގްރައުންޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ރޮބިންސަން ނޫނުގެ މައްޗަށް ސިޔާމްވޯލްޑް ރިޒޯޓުން ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ދެ މެޗުން ތިން ޕޮއިންޓް ހޯދައިގެން ސިޔާމް ވޯލްޑް ވަނީ ގުރޫޕުގެ ދެވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. މެޗުން ބަލިވި ރޮބިންސަން އެއްވެސް މެޗަކުން މޮޅުވެފައި ނުވާއިރު، މުބާރާތުގައި ތިން ޓީމު އޮތުމުން އެ ޓީމަށް ވެސް ވަނީ ގުރޫޕުގެ ތިންވަނައިގެ ގޮތުގައި ސެމީއިން ޖާގައެއް ލިބިފައެވެ.

މިއަދު ކުޅުނު މެޗު ފަށައިގެން ދެވަނަ މިނަޓުގެ ތެރޭގައި ސިޔާމް ވޯލްޑުން ވަނީ ގޯލެއް ޖަހައި ލީޑު ނަގައިފައެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ހަސަން އާލިމްއެވެ. ސިޔާމް ވޯލްޑުން މޮޅަށް ކުޅުނު އެ މެޗުގައި އެ ޓީމުން ވަނީ ފުރަތަމަ ހާފުގެ ތެރޭގައި ދެވަނަ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މުހައްމަދު އާއިދުގެ ގޯލުން ސިޔާމް ވޯލްޑް ރަނގަޅު ލީޑެއްގައި ހާފު ނިންމާލަން ދަނިކޮށް ރޮބިންސަންގެ އިބްރާހިމް ހިޝާން ވަނީ ގޯލަކާއެކު ފަރަގު ކުޑަކޮށްފައެވެ.

ދެވަނަ ހާފު ފަށައިގެން ސިޔާމް ވޯލްޑުން އަނެއްކާވެސް ހަމަލާތައް އިތުރު ކުރި އިރު، އަލީ ޒުބައިރު ވަނޫ ސިޔާމް ވޯލްޑްގެ ތިންވަނަ ގޯލު ޖަހައިދީފައެވެ. ސިޔާމްވޯލްޑްގެ ގޯލާއެކު ރޮބިންސަންއިން ފަހަތުން އަރައި ގޯލެއް ޖެހުމަށް ކުރި މަސައްކަތް ކާމިޔާބުވީ މެޗު ނިމެންދަނިކޮށް އެވެ. ދެ ގޯލުގެ ފަރަގެއްގައި ކުޅެމުން ދިޔަ ރޮބިންސަންއަށް އެ ގޯލު ޖަހައިދިނީ ހަސަން މާއިދު އަހުމަދުއެވެ. ރޮބިންސަންއިން ނަތީޖާ ހަމަހަމަ ކުރުމަށް މަސައްކަތް ކުރަމުން ދިޔަ ވަގުތު ސިޔާމް ވޯލްޑުން ވަނީ އިތުރު ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ހުސައިން ޝަރީފް ޖެހި ހިތްގައިމު ގޯލެކެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ. މިއަދު ކުޅުން ރޮބިންސަންއާއި ސިޔާމް ވޯލްޑް އެ މެޗުގައި ބައްދަލު ކުރާއިރު، އެ މެޗުން މޮޅުވާ ޓީމެއް މި މަހުގެ 20 ވަނަ ދުވަހު ފައިނަލުގައި ބައްދަލު ކުރާނީ ދެ މެޗުން މޮޅުވި ވެލާ ޕްރައިވެޓް އައިލެންޑާއެވެ.

ޓެކާސް މުބާރާތަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތެވެ. ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.

މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.

މިފަހަރުގެ ޓެކާސް ނޫނު ޒޯނުގެ މީޑިއާ ޕާޓުނަރަކީ ރަށްފުށު އޮންލައިންއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1