ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 ގެ ގުރު ނަގައިފި، ފުރަތަމަ މެޗުގައި ކޮމެޓްސް އަދި ކަބަޓާން

Resort boys futsal cup ge guru nagaifi, Furathama match gai Comets adhi Kabataan

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތުގައި ގުރު ނެގުމުގެ ރަސްމިއްޔާތު --- ފޮޓޮ. ކެޕްޗާސް

0

އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތުގައި ގުރު ނެގުމުގެ ރަސްމިއްޔާތު މިއަދު ކުރިއަށް ގެންގޮސްފިއެވެ.

މި މުބާރާތުގެ ގުރު ނަގާފައިވަނީ މިއަދު ހަވީރު ކެނދިކުޅުދޫ ކައުންސިލް އިދާރައިގެ މީޓިންގް ހޯލުގައި ކުރިއަށް ގެންދިޔަ ހާއްސަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދީފައިވަނީ ކެނދިކުޅުދޫ ކައުންސިލްގެ ނައިބު ރައީސް ހަސަން މުހައްމަދު އެވެ. ރަސްމިއްޔާތުގައި މުބާރާތުގައި ބައިވެރިވި ޓީމުތަކުގެ އޮފިޝަލުން ވަނީ ބައިވެރިވެފައެވެ.

މިއަދުގެ ގުރު ނެގުމުގެ ރަސްމިއްޔާތުގައި ބައިވެރިވީ ނުވަ ޓީމުންނެވެ. ގުރު ނެގުމުގެ ކުރިން މުބާރާތުގައި ކުރިން ބައިވެރިވާ ގޮތަށް އިއުލާންކޮށްފައި އޮތް ކެނދިކުޅުދޫ ޒުވާނުންގެ ދިރުން (ކޭޒެޑްޑީ) އިން ވަނީ މުބާރާތުގައި ވާދަ ނުކުރަން ނިންމަައިފައެވެ. އެ ކުލަބުން ބުނީ މުބާރާތަށް ޓީމުގެ ގިނަ ކުޅުންތެރިންނަށް ރަށަށް އާދެވެން ނެތުމާއި އަދިވެސް އިތުރު ކަންކަމުގެ ސަބަބުން މުބާރާތުގައި ވާދަ ނުކުރަން ޓީމުން ނިންމީ ކަމަށެވެ.

 

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތުގައި ގުރު ނެގުމުގެ ރަސްމިއްޔާތު --- ފޮޓޮ. ކެޕްޗާސް

އެއާއެކު ނުވަ ޓީމާއެކު ގުރުލުން ކުރިއަށް ގެންގޮސްފައިވާ އިރު، ފުރަތަމަ ނުވަ ޓީމުން ވެސް ވަނީ ގުރޫޕް ސްޓޭޖުގެ ގުރު ނަގަން ތަރުތީބު ބެލުމަށް ގުރެއް ލައިފައެވެ. މި ގުރު ލައިފައިވަނީ މުބާރާތުގައި ރަޖިސްޓްރީވީ ތަރުތީބުންނެވެ. އެއަށްފަހު ގުރު ނެގުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާ އިރު، މުބާރާތް ފަށައި 1 އޮގަސްޓުގައި ކުޅޭނީ އެއް މެޗެވެ. އެ މެޗުގައި ބައްދަލު ކުރާނީ ކެނދިކުޅުދޫގެ ކޮމެޓްސް ސްޕޯޓްސް ކުލަބާއި މާޅެންދޫގެ ކަބަޓާން ސްޕޯޓްސް ކުލަބެވެ.

ފުރަތަމަ ދުވަހާއި ގުރޫޕް ސްޓޭޖުގެ ފަހު މެޗު އޮންނަ ދުވަސް ފިޔަވާ ކޮންމެ ދުވަހަކުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މުބާރާތުން ކޭޒެޑްޑީ ވަކިވުމާއެކު ދެ ގުރޫޕަށް ބަހާލި އިރު އެއް ގުރޫޕެއްގައި އޮތީ ހަތަރު ޓީމެވެ. ދެން އޮތް ގުރޫޕުގައި ފަސް ޓީމު އޮންނާނެއެވެ.

ގުރޫޕް އޭ:

  1. ކޮމެޓްސް ސްޕޯޓްސް ކުލަބް (ސީއެސްސީ) – ކެނދިކުޅުދޫ 
  2. އެފްސީ ހާމަނޯސް – ކެނދިކުޅުދޫ
  3. ކަބަޓާން އެސްސީ - މާޅެންދޫ
  4. ކޭކޭއެފްސީ (އަންޑާ 19) - ކެނދިކުޅުދޫ
  5. ސުޕަ ސްޕޯޓިންގް ބޯއީސް (އެސްއެސްބީ) – ކެނދިކުޅުދޫ 

ގުރޫޕް ބީ: 

  1. ޑީ ޓޫ ސްޕޯޓްސް ކުލަބް - ހެނބަދޫ
  2. ވިންޑް ވޯރިއާސް – ކެނދިކުޅުދޫ
  3. ނެބަޓަން - ކުޑަފަރި
  4. ޓީމް ލަންދޫ – ލަންދޫ
 
 

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1