އަންނަ މަހު ނ.ކެނދިކުޅުދޫގައި ފަށައި ރިޒޯޓް ބޯއީސް ފުޓްސަލް ޗެލެންޖްގެ ޓައިޓަލް ސްޕޮންސަރުންގެ ގޮތުގައި "ދި މެންގްރޫވް އައިލެންޑް" ހަމަޖައްސައިފިއެވެ.
ދި މެންގްރޫވް އައިލެންޑް އަކީ ކެނދިކުޅުދޫގެ ބްރޭންޑިންގް ނަމެވެ. ކެނދިކުޅުދޫ ޕްރޮމޯޓް ކުރުމަށް ބޭނުންކުރާ ނަމެއްގެ ގޮތުގައި އެ ރަށު ކައުންސިލުން ދި މެންގްރޫވް އައިލެންޑްގެ ނަން ބޭނުންކުރަމުން އަންނަ އިރު ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް އެ ނަން މިހާރުވާނީ ވާސިލްވެފައެވެ. ހިތްގައިމު ކުޅިތަކުން ޖަރީވެފައިވާ މެންގްރޫވް އައިލެންޑް އަކީ ނ. އަތޮޅުގައި މިހާތަނަށް ބޭއްވޭ އެންމެ ބޮޑު އެއް ފުޓްސަލް މުބާރާތް ބާއްވާ ރަށެވެ.
މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ. އަދި މުބާރާތް އިންތިޒާމު ކުރުމާއި، މުބާރާތުގެ އެހެނިހެން ހުރިހާ ކަމެއްގައި ކެނދިކުޅުދޫ ކައުންސިލުން ޓައިޓަލް ސްޕޮންސަރުންގެ ގޮތުގައި ހަރަކާތްތެރިވާނެއެވެ. އަދި އެ ކައުންސިލްގެ ސްޓާފުންނާއި އާލަތްތައް މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދިޔުމަށް ދޫކުރާނެ ކަމަށް ކައުންސިލްއިން ވަނީ ބުނެފައެވެ.
މުބާރާތާއި ބެހޭގޮތުން ރަށްފުށު އޮންލައިންއަށް ކައުންސިލުން ބުނީ މި މުބާރާތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުމަކީ ރަށަށް ވެސް ލިބޭނެ ރީތި ނަމެއް ކަމަށާއި، ޒުވާނުން ކުރާ މިފަދަ ކަންކަމަށް އަބަދުވެސް ކައުންސިލްގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ޗެލެންޖްގައި ބައިވެރިވާ ޓީމުތައް
އަދި މި މަހުގެ ތެރޭގައި ޓީމުތަކުގެ ގުރުނެގުމުގެ ހާއްސަ ރަސްމިއްޔާތެއް ބާއްވާނެ ކަމަށްވެސް އެ ކޮމިޓީން ވަނީ ބުނެފައެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1