ފޮޓޯ؛ ސިޑިބަރި
ދި މެންގްރޫވް އައިލެންޑް ރަށުބޯޅަ ފުޓްސަލް ކަޕުގައި މިއަދު ކުޅުނު މެޗުތަކުން މޮޅުވެ ޑީޓޫ ސްޕޯޓްސް ކުލަބާއި ކޮމެޓްސް ސެމީ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މިއަދު ހަވީރު ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމުގައި ކުޅުނު ފުރަތަމަ މެޗުން ކޮމެޓްސް ނިއު ޖެނެރޭޝަން (ސީއެންޖީ) ގެ މައްޗަށް ޑީޓޫއިން ކުރި ހޯދީ 2-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ގުރޫޕް ބީގެ އެއްވަނައިގެ ގޮތުގައި ޑީޓޫ ސެމީގެ ޖާގައެއް ހޯދީ ހަތް ޕޮއިންޓާއެކުއެވެ. ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ އެއް މެޗުން އެ ޓީމު އެއްވަރުވި އިރު، މިއަދުގެ މެޗުން ބަލިވި ސީއެންޖީ ވަނީ މުބާރާތުން ކަޓައިފައެވެ.
އެ ގުރޫޕުން ސެމީއަށް ދެވަނައިގައި ދަތުރު ކުރީ މާފަރު ފުޓްސަލްއެވެ. މާފަރުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެފައިވާއިރު، އެއް މެޗުން ވަނީ ބަލިވެފައެވެ.
މިއަދުގެ މެޗު ފަށައިގެން ދެ ޓީމުން ވެސް ވާދަވެރި ކުޅުމެއް ފެނުނު އިރު، އެ ހާފުގައި ޑީޓޫއިން ވަނީ ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ތިން ގޯލު ޖަހައިފައެވެ. އެ ގޯލުތައް އެ ޓީމަށް ޖަހައިދިނީ އަހުމަދު އަލީ އާއި ހުސައިން އިބްރާހިމް އަދި އަލީ ފާއިޒްއެވެ. ދެވަނަ ހާފު ފަށައިގެން ކުރީކޮޅު ހުސައިން އިބްރާހިމް (ކުޑޫ) ވަނީ އިތުރު ގޯލެއް ޖަހައި ހަތަރު ލަނޑުގެ ލީޑެއް ޑީޓޫއަށް ހޯދައިދީފައެވެ.
ޑީޓޫއިން ހަތަރު ގޯލު ޖަހާފައިވަނިކޮށް ސީއެންޖީއިން ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދައިފައެވެ. އެ ޓީމުން ވަނީ މެޗު ނިމުމުގެ ކުރިން ދެ ގޯލު ޖަހައިފައެވެ. މި ދެ ގޯލުވެސް އެ ޓީމަށް ޖަހައިދިނީ މުހައްމަދު ނަބާހުއެވެ.
މިއަދު ހަވީރު ކުޅުނު ދެވަނަ މެޗުގައި ނެބަޓަން އަތުން އެންމެ ފަހުގެ ޗެމްޕިއަން ކޮމެޓްސް މޮޅުވީ 0-5 ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ކުޅުނު ތިން މެޗުންވެސް މޮޅުވެ ކޮމެޓްސް ވަނީ ގުރޫޕުގެ އެއްވަނައަށް އަރައި ސެމީގެ ޖާގައެއް ހޯދައިފައެވެ. އެ ގުރޫޕުގެ ދެވަނައިގައި އޮތް ސިރަޕް ދެ މެޗުން މޮޅުވެފައިވާއިރު، މާދަމާ ކޭޒެޑްޑީއާ ދެކޮޅަށް ކުޅޭ މެޗުން މޮޅުވެގެން އެ ޓީމަށް ވެސް ސެމީގެ ޖާގައެއް ކަށަވަރުވާނެއެވެ.
މިއަދުގެ މެޗު ފަށައިގެން ކޮމެޓްސްގެ އަޔާޒް އަހުމަދު (އަޔާ) އާއި މުހައްމަދު އައްޒާމް ވަނީ ނެބަޓަންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އަދި އަލީ ޝަމާލްގެ ބާރު ހަމަލާތަކެއް ވެސް ފެނިގެން ދިޔައިރު، ނެބަޓަންގެ ކީޕަރު އަނީސް ވަނީ އެ މެޗުގައި ގިނަ ހަމަލާތަކެއް ހުއްޓުވައިފައެވެ.
ނަމަވެސް ގިނަ އެޓޭކްތަކެއް ކައިރިކައިރީގައި ކޮށްގެން ކޮމެޓްސްއިން ވަނީ ޝަންމުގެ ގޯލަކުން ލީޑު ނަގައިފައެވެ. އެފަހުން އަޔާ އިތުރު ގޯލެއް ޖަހައި ލީޑު ފުޅާކޮށްދިން އިރު، ހާފު ނިމުމުގެ ކުރިން ޝަންމު ވަނީ ތިންވަނަ ގޯލު ޖަހައިފައެވެ. ދެވަނަ ހާފުގައި އަޔާ އިތުރު ގޯލެއް ޖެހި އިރު، ކޮމެޓްސްގެ ފަހު ގޯލަކީ މުހައްމަދު އަރީހު ޖެހި ގޯލެކެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
6 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1