ބަފާ ސޮކަ ކަޕް 2022 ވަނަ މުބާރާތުގައި ޑީ ޓޫ ސްޕޯޓްސް ކުލަބު ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ބަފާ ސޮކަ ކަޕް
އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތަކީ ރަށުގައި މިހާރު ވެސް ފުޓްސަލްގައި އޮތް ފޯރި އިތުރަށް ހިއްލާލަން ލިބޭ ފުރުސަތެއް ކަމަށާއި، މި މުބާރާތުގެ ތެރެއިން ގިނަ ކުޅުންތެރިންތަކަކަށް ހުނަރު ދައްކާލަން ފުރުސަތު ލިބުމަކީ މުބާރާތް ބާއްވާތީ ލިބޭ އުފަލެއް ކަމަށް ހެނބަދޫގެ ޑީ ޓޫ ސްޕޯޓްސް ކުލަބުގެ މެނޭޖަރު އަބްދުލް ރަހްމާން ނިޒާމް ބުނެފިއެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައެވެ. މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.
މި މުބާރާތުގައި ނ. ހެނބަދޫއިން ބައިވެރިވާ ޓީމަކީ ޑީ ޓޫ ސްޕޯޓްސް ކުލަބެވެ. މިދިޔަ އަހަރު ނ. ހޮޅުދޫގައި ބޭއްވި ބަފާ ސޮކަ ކަޕް 2022 މުބާރާތުގެ ރަނަރަޕްކަން ހޯދި ޑީ ޓޫ ސްޕޯޓްސް ކުލަބަކީ އަތޮޅު ތެރޭގައި ވެސް ނަން ވިދާ ޓީމެކެވެ. މިފަހަރުގެ ރިޒޯޓް ބޯއީސް ކަޕަށް އެ ޓީމުން ރަނގަޅު ތައްޔާރީތަކެއް ވާނެ ކަމަށާއި، ޓީމުން އުންމީދަކީ ތަށި ހޯދުން ކަމަށް އެ ޓީމުގެ މެނޭޖަރު ނިޒާމް ވަނީ ބުނެފައެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 އާ މެދު ދެކެނީ ކިހިނެތް؟
"ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތަކީ ވަރަށް ގިނަ ކުޅުންތެރިންތަކަކަށް ހުނަރު ދައްކާލެވޭނެ މުބާރާތެއް ކަމަށް މި ބަލަނީ. ރަށުގެ ލެވެލްއާއި އަޅުގަނޑުމެންގެ ކުޅުންތެރިންގެ ފެންވަރު އިތުރަށް މަތިކޮށްލަން ލިބޭ ފުރުސަތެއްގެ ގޮތުގައި ދެކެނީ،" ނިޒާމް ބުންޏެވެ.
"ފުޓްސަލްގެ ފުދޭވަރަކަށް ތަރުހީބު އެބައޮތް މިކޮޅުގައިވެސް. ދެން އެއާއެކު އަޅުގަނޑުމެންގެ ލެވެލް ބަލާލަން ލިބޭ މުބާރާތެއްގެ ގޮތުގައި މި މުބާރާތް މި ޓާގެޓް ކުރަނީ. އަޅުގަނޑުމެން ވެސް ގަބޫލު ކުރަނީ މިއީ ވަރަށް ބޭނުންތެރި އަދި މިހާރަށް ވަރަށް މުހިއްމު މުބާރާތެއް ކަމަށް."
މުބާރާތާއި މެދު ޓީމުގެ އުންމީދުތަކަކީ ކޮބާ؟
"މިހާރު އަޅުގަނޑުމެން ހުރިހާ މަސައްކަތެއް ވެސް ކުރަމުން މިދަނީ މުބާރާތް ކާމިޔާބު ކުރުމަށް. އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ އުންމީދަކީ ހަމަ މުބާރާތް ކާމިޔާބުކުރުން."
މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ޓީމުގެ މުސްތަގުބަލަށް ކިހާ މުހިއްމު ކަމަކަށް؟
"އަޅުގަނޑުމެން ހެނބަދޫގައި މިހާރު ވަރަށް ފޯރީގައި ކުޅެވޭ އެއްޗެއް ފުޓްސަލްއަކީ. އެހެންވީމަ މިއާއެކު އަޅުގަނޑުމެންނަށް ވަރަށް ބޮޑު ފުރުސަތެއް ލިބިގެންދާނެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، އެ ކުޅުންތެރިން ފެންވަރު ރަނގަޅުވެގެންދާނެ ކަމަށް މި ބަލަނީ،"
"އަޅުގަނޑުމެން ރަށުގައި މިތިބަ ޒުވާން ކުޅުންތެރިން އެހެން ރަށްރަށު ޓީމުތަކާއި މެޗުތައް ކުޅެގެން ކުރިއަރައިގެން ދާތަން ފެނުމަކީ ލިބޭނެ ވަރަށް ބޮޑު އުފަލެއް."
އަތޮޅުތެރޭގައި ކްލަބްގެ ވާދަވެރިކަން އޮތުން އެއީ ކިހާ މުހިއްމު ކަމެއް؟
"އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފާހަގަކުރެވޭ ކުރީގައި މިހެން އަތޮޅުގެ އެހެން ރަށްރަށަށް ގޮސް މުބާރާތްތައް ކުޅެ، މެޗުތައް ކުޅޭކަން. އެކަމަކު މިހާރު ވަރަށް ބޮޑަށް ފަނޑުވެފައި އިން ކަމެއް އެއީ އަތޮޅު ވާދަވެރިކަން އެކި ރަށްރަށުގައި މިއޮންނަ. ކުރީގައި އެއްބައެއްގެ ގޮތުގައި ރަށްރަށާ ދެމެދު މިއޮންނަ ގުޅުންތައް ބަދަހިވެ، އެކުވެރިކަން އާލާވެގެން އެބަދޭ އަތޮޅުތެރޭގައި ވާދަވެރިކަން އޮތީމަ."
"މި މުބާރާތުގެ ސަބަބުން ކުރިން އޮތް ކަންކަން އަލުން އާލާވެގެން ދާނެ ކަމަށް މި ބަލަނީ."
ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު ސެމީއަށް ދަތުރު ކުރާނީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ޓީމުތައް ބަހާލާނީ ފަސް ޓީމުގެ ދެ ގުރޫޕަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1