ރަށުބޯޅަ ފުޓްސަލް ކަޕް (އާރްބީއެފްސީ) އަންނަ އަހަރު މުޅި ނ އަތޮޅަށް ހުޅުވާލައި، މުބާރާތުގެ ފޯރި އިތުރަށް ގަދަކޮށްލައިފިއެވެ.
މި އަހަރުގެ އޯގަސްޓު މަހު ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގެ ނަމުގައި ނ. ކެނދިކުޅުދޫގައި ބޭއްވި ފުޓްސަލް މުބާރާތަކީ ފަހުގެ ތާރީހެއްގައި ނ އަތޮޅުގައި ބޭއްވި އެންމެ ވާދަވެރި ފުޓްސަލް މުބާރާތެކެވެ. ފަސް ރަށަކުން ނުވަ ޓީމެއް ވާދަކުރި އެ މުބާރާތަށް ބޮޑު ތަރުޚީބެއް ލިބިގެންދިޔައިރު، އަންނަ އަހަރުގެ މުބާރާތް އިތުރަށް ފުރިހަމަ ކުރުމަށް ވަނީ ބޮޑު ބަދަލުތަކެއް މުބާރާތަށް ގެންނަން ނިންމާފައެވެ.
އެގޮތުން މުބާރާތުގެ ނަން މިހާރު ވަނީ ރަށުބޯޅަ ފުޓްސަލް ކަޕުގެ ނަމަށް ބަދަލުކޮށްފައެވެ. މުބާރާތް އިތުރަށް ވާދަވެރިކުރުމުގެ ގޮތުން ނ އަތޮޅުގެ ހުރިހާ ރަށަކާއި ރިޒޯޓުތަކަށް ވެސް ވަނީ ހުޅުވާލައިފައެވެ. އަދި އެހެންމެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ރަށްރަށާއި، ރިޒޯޓްތައް ރަޖިސްޓްރީވުމަށް ވަރަށް އަވަސް ހުޅުވާލާން ވަނީ ނިންމާފައެވެ. މި މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ އޯގަސްޓު މަހުގެ ތިންވަނަ ދުވަހުއެވެ.
ނ. ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައި ބާއްވާ މި މުބާރާތަށް މި އަހަރުވެސް ވަނީ އަތޮޅު ތެރެއިން ބޮޑު ތަރުޙީބެއް ލިބިފައެވެ. ރާއްޖޭގެ ނަން މަޝްހޫރު ފުޓްސަލް ތަރިންގެ ވިދުންވެސް ފެނިގެންދާ މި މުބާރާތް މިފަހަރު ގިނަ ޓީމުތަކަކަށް ފުރުސަތު ދީގެން ބާއްވާއިރު، އިނާމް ފައިސާވެސް އަހަރަކަށް ވުރެން އަހަރެއް އިތުރުވާނެ ކަމަށް މުބާރާތް އިންތިޒާމުކުރާ ރަށު އެކުވެރިން ކުންފުނިން މައުލޫމާތު ވަނީ ދީފައެވެ.
މިއަންނަ އަހަރުގެ އާރުބީއެފްސީގެ މީޑިއާ ޕާޓުނަރަކީވެސް ރަށްފުށު އޮންލައިންއެވެ. މި މުބާރާތުގެ އެކި އެކި ސްޕޮންސްާޝިޕް ޕެކޭޖުތަކާއި ޕާޓުނަރުންނަށް ވުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1