ސިޔާމް - މައުރޫފް ސޮކާ ކަޕުގެ ނަމުގައި 2017 ވަނަ އަހަރު ބޭއްވި މުބާރާތުގެ ފައިނަލަށް ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ޑިޑިއާ ޑްރަގްބާ ކުރި ޒިޔާރަތް --- ފޮޓޯ/ސިޔާމް މައުރޫފް ސޮކަ ކަޕް
މި ފަހަރުގެ ރިޔާސީ އިންތިޚާބުގައި ނ. އަތޮޅުގެ މެޖޯރިޓީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހަށް ލިބިއްޖެނަމަ ކުރިއަށް އޮތް އަހަރު ސަން ސިޔާމު ފުޓުބޯޅަ މުބާރާތް ނ. އަތޮޅުގައި ބާއްވާނެކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު ވިދާޅުވެއްޖެއެވެ.
ނ. ވެލިދޫގައި ރޭ ބޭއްވި ރައީސް ޞާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސިޔާމް ވިދާޅުވީ ނ. އަތޮޅުން ދެވުނު ހުރިހާ ރަށެއްގެ ޒުވާނުން އެދިފައިވަނީ ކުރިން ބާއްވަމުން އަންނަ "ސަން ސިޔާމު ފުޓުބޯޅަ މުބާރާތް" ބާއްވައިދިނުމަށް ކަމަށެވެ.
ސިޔާމް ވިދާޅުވީ އެ އަތޮޅުން ހުރިހާ ޒުވާނުން ނިކުމެ އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓް މެޖޯރިޓީ ނުވަތަ 80 ޕަސެންޓާއެކު ހޮވައިދީފި ކަމަށް ވާނަމަ ނުވަތަ ހަމައެކަނި މެޖޯރިޓީ ލިބުން ކަމުގައިވާ ނަމަ ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ސަން ސިޔާމު ފުޓުބޯޅަ މުބާރާތް ބާއްވައިދޭނެ ކަމަށެވެ.
ސިޔާމް ވަނީ މީގެ ކުރިން ޖެހިޖެހިގެން ފަސް އަހަރު އެ މުބާރާތް ބާއްވައިފައެވެ. އަދި ކޮންމެ އަހަރު ނ. އަތޮޅުގެ ރައްޔިތުންނަށާއި ޚާއްސަކޮށް ޒުވާނުންނަށް ބާއްވައިދޭނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ މީގެ ފަސް އަހަރު ކުރިން 2018 ވަނަ އަހަރުއެވެ. އެ މުބާާރާތް ވެގެން ގޮސްފައިވަނީ ރާއްޖޭގައި މިހާތަނަށް ބާއްވައިފައިވާ އެންމެ އަގު ބޮޑު ފުޓުބޯޅަ މުބާރާތަށެެވެ.
އެގޮތުން، އެ މުބާރާތުގެ ޗެމްޕިއަން ޓީމަށް ވަނީ ފައިސާގެ އިނާމެއްގެ ގޮތުގައި 600,000 ރުފިޔާ ދީފައެވެ. އެފަހަރުގެ ޗެމްޕިއަނުންނަކީ ކެނދިކުޅުދޫއެވެ.
އެ މުބާރަތް ވަނީ މީގެ ކުރިން ތިން ރަށެއްގައި ބާއްވައިފައެވެ. އެގޮތުން ކުޑަފަރީގައި ދެ ފަހަރަކު ބޭއްވި އިރު ކެނދިކުޅުދޫގައި ދެ ފަހަރު އަދި މާޅެންދޫގައި ވެސް އެއްފަހަރު ވަނީ ބާއްވައިފައެވެ.
އެ މުބާރާތުގެ ފައިނަލަށް ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ތަރިންނާއި ދުނިޔޭގެ ފެންވަރުގެ ލެޖެންޑުން ވެސް ވަނީ ގެންގޮސްފައެވެ. އެގޮތުން ޗެލްސީގެ ކުރީގެ ފޯވާޑް ޑިޑިއާ ޑުރަގްބާ އާއި ބާސެލޯނާގެ ޑިފެންޑަރު ކާލޮސް ޕުޔޯލް ހިމެނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1