ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ނެބަޓަންގެ އަމާޒަކީ ރަނގަޅު ފައިޓެއްދީ ތަށި އުފުލާލުން

Nebaton ge amaazakee rangalhu fight eh dhee thashi ufulaalun

ނެބަޓަން ޓީމުން ކުޑަފަރި ރަމަޞާން ފުޓްސަލް ޗެލެންޖް ކާމިޔާބު ކުރުމަށްފަހު ތަށްޓާއެކު -- ފޮޓޯ.ނެބަޓަން

2

އަންނަ މަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ޗެލެންޖް 2023 ގައި ވާދަކުރާ ނެބަޓަންގެ އަމާޒަކީ ފައިނަލަށް ގޮސް ރަނގަޅު ފައިޓެއް ދީ ތަށި އުފުލާލުން ކަމަށް އެ ޓީމުގެ މެނޭޖަރު އަބްދުﷲ ލާދިން ބުނެފިއެވެ.

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައެވެ. މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.

މި މުބާރާތުގައި ނ. ކުޑަފަރިން ބައިވެރިވާ ޓީމަކީ ނެބަޓަންއެވެ. ޒުވާން ކުޅުންތެރިންތަކަކަށް ބިނާވެގެން ތިބި މި ޓީމަކީ އެންމެ ފަހުން ކުޑަފަރީގައި ބޭއްވި ރަމަޞާން ފުޓްސަލް ޗެލެންޖްގެ ޗެމްޕިއަނުންނެވެ. އެ ޓީމުން އެ މުބާރާތް ކާމިޔާބު ކުރީ ފައިނަލުގައި ޓީމް ސަޕްރައިޒްއާ ވާދަކޮށް މޮޅުވެގެންނެވެ. މި ޓީމާ މެދު އެ ޓީމުގެ މެނޭޖަރު ލާދިންގެ އޮތީ ފޮނި އުންމީދުތަކެއް ކަމަށް އޭނާ ވަނީ ބުނެފައެވެ.

 

ނެބަޓަން ފުޓްސަލް ޓީމް - ނ ކުޑަފަރި

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 އާ މެދު ދެކެނީ ކިހިނެތް؟

"މި މުބާރާތާއި މެދު ދެކެނީ ވަރަށް ރަނގަޅަށް އިންތިޒާމުކުރެވިގެން ބާއްވާ މުބާރާތެއްގެ ގޮތުގައި. އަތޮޅުގެ ޒުވާނުންނަށް، މި ދާއިރާގައި އުޅޭ ޒުވާނުންނަށް ކުރިއަށްދާނެ މަގެއް ފަހި ކޮށްދީގެން ބޭއްވޭ މުބާރާތެއްގެ ގޮތުގައި ދެކެނީ. ވަރަށް ސަޅި މުބާރާތެކޭ ބުނެވޭނީ." ލާދިން ބުންޏެވެ.

މުބާރާތާއި މެދު ޓީމުގެ އުންމީދުތަކަކީ ކޮބާ؟

"ޓީމުގެ އުންމީދަކީ ހަމަ ފައިނަލަށް ދިއުން. ފައިނަލަށް ގޮސް ރަނގަޅު ފައިޓެއް ދީ ހަމަ ތަށި އުފުލާލުން ޓީމުގެ އުންމީދަކީ."

މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ޓީމުގެ މުސްތަގުބަލަށް ކިހާ މުހިއްމު ކަމަކަށް؟

"މިހާރު ނެބަޓަންއަކީ ހަގީގަތުގައި ވަރަށް ޔަންގް ޓީމެއް. ވަރަށް ދުވަހުންފެށިގެން އެހެން ބިލްޑް ވަމުން ބިލްޑް ވަމުން އައިސް ރަށުގައި އެންމެ ފަހުން އޮތް މުބާރާތުގެ ޗެމްޕިއަންކަން ނަގައިގެން ރަށުން ބޭރަށްދާ އެންމެ ފުރަތަމަ މުބާރާތް މިއީ،"

"މި މުބާރާތުގައި ރަނގަޅު ހިސާބަކަށް ގޮސް، ޗެމްޕިއަންކަމާ ހިސާބަށް ދެވުމަކީ ވަކި ވަކި ކުޅުންތެރިންނަށްވެސް އަދި ޓީމަށްވެސް އަތޮޅު ތެރޭގައި އަދި ރާއްޖޭގެ ފެންވަރުގައި ވެސް ވިދާލަން ލިބޭނެ ފުރުސަތެއްގެ ގޮތުގައި އަޅުގަނޑުމެން ދެކެނީ."

އަތޮޅުތެރޭގައި ކްލަބްގެ ވާދަވެރިކަން އޮތުން އެއީ ކިހާ މުހިއްމު ކަމެއް؟

"އަތޮޅުތެރޭގައި ކުލަބުތަކުގެ ވާދަވެރިކަން އޮތުމަކީ ހަމަ ސީދާ ކުޅުންތެރިންގެ ލެވެލް އެއްދުވަހަށް ވުރެން އަނެއް ދުވަހަށް މަތިކުރުމަށް ލިބޭ ވަރަށް ބޮޑު ކޮމްޕެޓިޝަނެއް. މިސާލަކަށް ނެބަޓަން އިން ބޭނުންވާނީ ކެނދިކޮޅު ޓީމުތަކެއް ވުރެން މަތިވާން، ލަންދޫ ޓީމުތަކެއް ވުރެން މަތިވާން. އެގޮތަށް މި ކޮމްޕެޓިޝަނަކީ ކޮންމެހެން ވެސް އޮންނަން ޖެހޭ ކަމެއް."

ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު ސެމީއަށް ދަތުރު ކުރާނީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ޓީމުތައް ބަހާލާނީ ފަސް ޓީމުގެ ދެ ގުރޫޕަށެވެ. 

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

2 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

ކޮމެންޓްތައް

ސެމޭ

12 ޖުލައި 2023

ކުޑަފަރިއަށް ވާނެ

ޝަރީފް

12 ޖުލައި 2023

ނެބަޓަންއަށް ކާމިޔާބީއަކަށް އެދެން

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1