ވިންޑް ވޯރިއާސްއާއި ނެބަޓަން ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް
ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ނެބަޓަންއިން ކުޅުނު ފަހު މެޗުގައި އެ ޓީމުގެ އަހުނަސް އަހުމަދު ފަހީމް ހެޓްރިކް ހެދި އިރު، ގުރޫޕް ސްޓޭޖުގެ ހުރިހާ މެޗަކުން ވެސް މޮޅުވެ ވިންޑްވޯރިއާސްއިން ސައްތައިން ސައްތަ ރެކޯޑަކާއެކު ސެމީއަށް އެއްވަނައިގައި ދަތުރުކޮށްފިއެވެ.
ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗު ނިމުނީ 7-3 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ. މިއީ މިފަހަރުގެ މުބާރާތުގައި އެންމެ ގިނަ ގޯލު ފެނިގެންދިޔަ މެޗެވެ. މި މެޗަށް ނުކުތް އިރުވެސް ނެބަޓަންއަށް ވަނީ ސެމީ ފައިނަލުގެ ފުރުސަތު ގެއްލިފައެވެ. އަނެއްކޮޅުން ވިންޑް ވޯރިއާސްއަށް ވަނީ ސެމީގެ ފުރުސަތެއް ލިބިފައެވެ. މިއަދުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ސެމީއަށް އެއްވަނައިގެ ގޮތުގައި ދިއުމުގެ ފުރުސަތު ވިންޑްވޯރިއާސްއަށް އޮތް އިރު، އެ ޓީމުން ވަނީ ޑޮމިނެންޓް ކުޅުމަކާއެކެ މޮޅުވެފައެވެ.
މި ގުރޫޕުން ދެވަނައިގެ ގޮތުގައި މުބާރާތުގެ ސެމީއަށް ދަތުރުކުރާނެ ޓީމެއް ޔަގީންވާނީ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޓީމް ލަންދޫ އަދި ޑީޓޫ ސްޕޯޓްސް ކުލަބު ބައްދަލު ކުރާމެޗުގެ ނަތީޖާއަށްފަހުއެވެ. އެ މެޗުން މޮޅުވާ ޓީމަށް ސެމީގެ ޖާގައެއް ޔަގީންވާއިރު، އެއްވަރުވެއްޖެ ނަމަ ދާނީ ޑީޓޫ ސްޕޯޓްސްކުލަބެވެ. އެއީ ފައިދާ ގޯލަށް ބަލައިގެން އެ ޓީމު ކުރީގައި އޮތުމުންނެވެ.
މިއަދުގެ މެޗު ފަށައިގެން މެޗުގެ ކުރީކޮޅު ނެބަޓަންއިން ވަނީ ކައިރި ކައިރީގައި ދެ ގޯލު ޖަހައި ވިންޑްވޯރިއާސްއަށް ސިހުން ގެނެސްފައެވެ. އަހުނަސްގެ މި ދެ ގޯލާއެކު ނެބަޓަންއަށް ލީޑު ނަގައިގެން ކުޅެމުން ދަނިކޮށް ވިންޑް ވޯރިއާސްގެ މުހައްމަދު އަޔާޒް (އިއްޓު) އަށް ލިބުނު ހިލޭ ޖެހުމަކުން ވަނީ އެ ޓީމަށް ގޯލެއް ޖަހައިދީފައެވެ. އޭގެ ފަހުން އިރުޝާދު އަދުނާން (އޭޓީ) ވަނީ އެ ހާފު ނިމުމުގެ ކުރިން ވިންޑް ވޯރިއާސްއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
ދެވަނަ ހާފު ފަށައިގެން ވިންޑް ވޯރިއާސްއިން ވަނީ މޮޅަށް ކުޅެ އިތުރު ލަނޑުތަކެއް ޖަހައިފައެވެ. އެ ހާފުގައި އެ ޓީމުން ފަސް ގޯލު ޖެހިއިރު، އިއްޓު އާއި އޭޓީ ވަނީ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖަހައިފައެވެ. އޭގެ އިތުރުން އަލީ ސަމާލް (ޓޮބީ) އާއި އިބްރާހިމް ހައްސާން (ޗަލޭ) ގޯލެއް ޖެހިއިރު، ނެބަޓަންގެ ކުޅުންތެރިޔެއް އަތުން ބައިކޮޅަށް ވަނީ ގޯލެއް ވަދެފައެވެ. އެ ހާފުގައި އަހުނަސް ވަނީ ނެބަޓަންއަށް ގޯލެއް ކާމިޔާބުކޮށްދީ އޭނަގެ ހެޓްރިކްވެސް ފުރިހަމަ ކޮށްފައެވެ.
މި މުބާރާތުގައި މާދަމާވެސް ދެ މެޗެއް ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ކޭކޭއެފްސީ 19 އަހަރުން ދަށުގެ ޓީމާއި ސުޕަ ސްޕޯޓިންގް ބޯއީސްއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ އެފްސީ ހާމަނޯސް އަދި ކޮމެޓްސްއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1