ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ނެބަޓަން އަދި ޓީމް ލަންދޫ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗުން ޓީމް ލަންދޫ މޮޅުވީ 1-2 ގެ ނަތީޖާއަކުން -- ފޮޓޯ/ ކެޕްޗާސް
ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ނެބަޓަން އަތުން މޮޅުވެ ޓީމް ލަންދޫއިން ފުރަތަމަ މޮޅު ހޯދައިފިއެވެ.
ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު އެ މެޗުން ކުޑަފަރިއަށް ނިސްބަތްވާ ނެބަޓަން އަތުން ޓީމް ލަންދޫ ކުރި ހޯދީ 1-2 ގެ ހަނި ނަތީޖާއަކުންނެވެ. މި މޮޅާއެކު ޓީމް ލަންދޫއިން ރަނގަޅު ފެށުމަކާއެކު މުބާރާތް ފެށި އިރު، ލަންދޫއިން ކުރިއަށް އޮތް މެޗުގައި ބައްދަލު ކުރާނީ ވިންޑް ވޯރިއާސް ޓީމާއެވެ. މިއަދުގެ މެޗުން ބަލިވި ނެބަޓަން ދެން މެޗެއްގައި ބައްދަލު ކުރާނީ ޑީ ޓޫ ސްޕޯޓްސް ކުލަބާއެވެ.
މިއަދުގެ އެ މެޗު ފަށައިގެން ދެ ޓީމުން ވެސް ގޯލު ޖަހާނެ ރަނގަޅު ހަމަލާތަކެއް ތަނަވަސްކުރި އެވެ. އެގޮތުން ހާފުގެ ކުރީކޮޅު ލަންދޫ ޓީމުގެ އަހުމަދު މުނައްވަރު އޭރިއާ ކުރިމަތިން މުޅިން ހުސްކޮށް ހުރެ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ. މީގެ އިތުރުން އެ ޓީމުގެ މުހައްމަދު ސަމާހުއަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުސަތެއް ވަނީ ލިބިފައެވެ. އަނެއްކޮޅުން ނެބަޓަން ޓީމު އަހުނަސް އަހުމަދު ފަހީމް ވެސް އެ ހާފުގައި ރަނގަޅަށް ކުޅެ ހަމަލާއެއް އުފެއްދިއެވެ.
ދެވަނަ ހާފު ފަށައިގެން ޓީމް ލަންދޫއިން ވަނީ މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގައިފައެވެ. އެ ގޯލު ޖެހީ މުނައްވަރުއެވެ. އޭނާ ވަނީ އޭގެ ފަހުން ވެސް އެ ޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި އިތުރު ގޯލެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފައެވެ. ލަންދޫގެ ދެ ގޯލަށްފަހު ނެބަޓަންއިން ރަނގަޅަށް ޑިފެންސްކޮށް ގޯލެއް ޖަހަން ވަނީ މަސައްކަތް ކޮށްފައެވެ. ނެބަޓަން ޓީމުން ސުމެއް ކަނޑުވަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ ފަހު މިނަޓުގައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު އުނައިސް ބިން ނޫހް އެވެ.
އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޓީމް ލަންދޫގެ ކެޕްޓަން މުނައްވަރުއެވެ. އޭނާ ވަނީ މެޗުގައި ދެ ގޯލު ޖަހައިފައެވެ.
ގުރޫޕް ބީ ގައި މި ދެ ޓީމުގެ އިތުރުން ދެން އޮންނާނީ ވިންޑް ވޯރިއާސް އަދި ޑީ ޓޫ ސްޕޯޓްސް ކުލަބެވެ. އެ ދެ ޓީމު ބައްދަލު ކުރާ މެޗު އޮންނާނީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1