ޓީމް ލަންދޫގެ ފަރިތަކުރުންތަކުގެ ތެރެއިން --- ފޮޓޯ/ޓީމް ލަންދޫ
އޮގަސްޓް މަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ ލަންދޫގައި މަޑު ޖެހިފައިވާ ފުޓުބޯޅައާއި ފުޓްސަލް ހަމަޔަކަށް އެޅުމަށް ލިބޭ ފަހި ފުރުސަތެއް ކަމަށް ޓީމު ލަންދޫ މެނޭޖަރު މަންސޫރު މުހައްމަދު (މަންޓޭ) ބުނެފިއެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައެވެ.
މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.
މި މުބާރާތުގައި ނ ލަންދޫއިން ބައިވެރިވެފައިވަނީ ޓީމު ލަންދޫއެވެ. ފުޓްސަލްއާއި ފުޓުބޯޅަ ކޮންމެވެސް ވަރަކަށް މަޑުޖެހިފައި މިއޮތް ދަނޑިވަޅުގައި އަތޮޅުތެރެއަށް ހުޅުވާލައިގެން ރިޒޯޓް ބޯއީސްއިން މިފަދަ މުބާރާތެއް ބޭއްވުމަކީ ޓީމަށާއި، ފުޓުބޯޅައިގެ ފޯރި ރަށުގައި އިތުރަށް ކައްކުވާލަން ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް އެ ޓީމުގެ މެނޭޖަރު މަންޓޭ ބުންޏެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 އާ މެދު ދެކެނީ ކިހިނެތް؟
"ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތް މުޅި އަތޮޅަށް ހުޅުވާލައިގެން، ބޭނުންވާ ހުރިހާ ރަށަކަށް ވެސް އެފުރުސަތު ދީގެން ކުރިއަށް ގެންދާތީ ލަންދޫގެ ޒުވާނެއްގެ ހައިސިއްޔަތުން ވަރަށް އުފާކުރަން. މި ދަނޑިވަޅުގައި އެހާ ބޮޑު އެމައުންޓަކާއެކު މިވަރުގެ މުބާރާތެއް ބާއްވަދޭ ކަމަށްޓަކައި. ވަރަށް ރަނގަޅު މުބާރާތެއްގެ ގޮތުގައި ދެކެނީ،" މަންޓޭ ބުންޏެވެ.
މުބާރާތާއި މެދު ޓީމުގެ އުންމީދުތަކަކީ ކޮބާ؟
"ޓީމުގެ ޕްރެކްޓިސް މިހާރު ފެށިފައިވަނީ. ދެން ޓީމުން ވަރަށް ބޮޑު އުންމީދަކާއެކު ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގައި ބައިވެރިވެފައި މިވަނީ. ދެން އެއީ މިފަހަކާ ޖެހެންދެން ވެސް ލަންދޫ ޓީމަކީ ގިނަ ކާމިޔާބީތަކަށް ހޯދާފައިވާތީ މިފަހަރު ޓީމުން މި ނުކުންނަނީ ސީދާ ތަށި ހޯދުމުގެ މަގުސަދުގައި."
"އެހެންވީމާ ވަރަށް ބޮޑު އުންމީދަކާއެކު ޓީމު މިއޮތީ،"
މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ޓީމުގެ މުސްތަގުބަލަށް ކިހާ މުހިއްމު ކަމަކަށް؟
"މިހާރު ލަންދޫގައި ވަރަށް ބޮޑަށް ފުޓުބޯޅަ އަދި ފުޓްސަލްވެސް މަޑުޖެހިފައި އޮތް ދަނޑިވަޅެއް މިއީ. މި މުބާރާތުގެ ކާމިޔާބީ އަދި މި މުބާރާތުގައި ބައިވެރިވުމަކީ ވެސް ލަންދޫގައި މިހާރު ވަޅުޖެހިފައި މިއޮތް ފުޓްސަލް އަދި ފުޓުބޯޅަ ކޮޅަށް ނެގުމަށް ލިބިގެންދާނެ ފަހި ފުރުސަތެއް. އަދި ޓީމުންވެސް ބޭނުންވަނީ މި މުބާރާތާ އެއްކޮށް ކުރިއެކޭ އެއްގޮތަށް މަތީ ފަޑީގައި ފިޔަޖަހާލަން ބޭނުންވަނީ،"
އަތޮޅުތެރޭގައި ކްލަބްގެ ވާދަވެރިކަން އޮތުން އެއީ ކިހާ މުހިއްމު ކަމެއް؟
"އަތޮޅު ފެންވަރުގައި ފުޓުބޯޅަ ނޫނަސް ބައިބަލާ ވެސް ކުރިއަރާނީ މިކަހަލަ ގިނަ މުބާރާތްތަކެއް ކުލަބު ފެންވަރުގައި އަތޮޅުތެރޭގައި ބޭއްވިގެންކަމަށް އަޅުގަނޑު ގަބޫލުކުރަނީ."
ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު ސެމީއަށް ދަތުރު ކުރާނީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ޓީމުތައް ބަހާލާނީ ފަސް ޓީމުގެ ދެ ގުރޫޕަށެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1