ކަބަޓާން އެސްސީއާއި ކަބަޓާން އެފްޓީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ކަބަޓާން
ނ. މާޅެންދޫގައި މިހާރު ކުރިއަަށްދާ ކައުންސިލް ފުޓްސަލް ޗެލެންޖުގެ ފައިނަލަށް ކަބަޓާން އެސްސީ އަދި ކަބަޓާން އެފްޓީ ދަތުރުކޮށްފިއެވެ.
މާޅެންދޫގައި މި ފަހުގެ ތާރީޙުގައި އެންމެ ނަންވިދާ ކަބަޓާންއިން މިފަހަރުގެ މުބާރާތަށް ތިން ޓީމެއް ވަނީ ނެރެފައެވެ. އެއީ ކަބަޓާން އެސްސީ، ކަބަޓާން އެފްޓީ އަދި ކަބަޓާން އެންޖީއެވެ. މި ތިންޓީމުގެ އިތުުރުން ދެން މުބާރާތުގައި ވާދަކުރީ ޓެމެރާރިއޯސް އެސްސީއެވެ.
އަތޮޅު ފެންވަރުގައްޔާއި، ގައުމީ ލެވެލްގައި ވެސް ފުޓްސަލްގައި ނަން ހިނގާ ކުޅުންތެރިން ވާދަކުރަމުން އަންނަ މި މުބާރާތުގެ ފައިނަލުން ފުރަތަމަ ޖާގަ ހޯދީ ކަބަޓާން އެސްސީއެވެ. ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް އެ ޓީމުން ކާމިޔާބުކުރި އިރު، ގިނަ ގޯލުތަކެއް އެ ޓީމުން ވަނީ މުބާރާތުގައި ޖަހައިފައެވެ. ތިން މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ކަބަޓާން އެސްސީއަށް ވަނީ ގުރޫޕް ތާވަލުގެ އެއްވަނައިގެ ގޮތުގައި ސީދާ ފައިނަލުން ޖާގަ ލިބިފައެވެ.
ފައިނަލްގެ ދެވަނަ ޖާގަ ހޯދި ކަބަޓާން އެފްޓީން އެ ޖާގަ ކަށަވަރު ކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލުގައި ވާދަވެރި ކުޅުމަކަށްފަހު ޓެމެރާރިއޯސް ބަލިކޮށްގެންނެވެ. އެ މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-3 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަބަޓާން އެފްޓީގެ އިބްރާޙިމް އަލީމްއެވެ.
ސެމީ ފައިނަލުގައި މި ދެ ޓީމު ވާދަކުރީ ގުރޫޕް ތާވަލުގެ ދެވަނަ އަދި ތިންވަނަ ޓީމުގެ ގޮތުގައެވެ. އެގޮތުން ގުރޫޕް ސްޓޭޖުގައި މި ދެ ޓީމުގެ ކުރިމަތިލުން ކާމިޔާބުކުރީ 3-4 ގެ ނަތީޖާއަކުން ޓެމެރާރިއޯސްއެވެ.
މި މުބާރާތުގެ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރުއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1