މާފަރު ބަލިކޮށް ޑީޓޫ ސެމީއާ ގާތަށް، ޓީމް ލަންދޫ ކައިރިން ސިރަޕަށް ބޮޑު މޮޅެއް

Maafaru balikoh Dtwo semi aa gaathah, Landhoo kairin Syrup ah bodu molheh

ފޮޓޯ؛ ސިޑިބަރި

0

ރަށު ބޯޅަ ފުޓްސަލް ކަޕް 2024 ގެ ހަތްވަނަ މެޗުގައި މާފަރުގެ މައްޗަށް ކުރި ހޯދާ ޑީޓޫއިން ސެމީއާ ގާތަށް ޖެހިލައިފިއެެވެ. ކެނދިކުޅުދޫ ފުޓުބޯޅަ ސްޓޭޑިއަމްގައި މާފަރު ކައިރިން ޑީޓޫ މޮޅުވީ 2-1 ގެ ހަނި ނަތީޖާއަކުންނެވެ. 

ދެޓީމުގެ ފަރާތުންވެސް ރަނގަޅު ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ފުރަތަމަ ގޯލް ޖަހާ ލީޑު ނެގީ ޑީޓޫއިންނެވެ. ފުރަތަމަ ހާފު 0-0 ގެ ނަތީޖާއަކުން ނިމުނު ނަމަވެސް، ދެވަނަ ހާފް ފަށައިގެން ޑީޓޫ އިން ވަނީ 1-0 ށް މެޗުގެ ނަތީޖާ ބަދަލު ކޮށްފައެވެ. މިގޯލަށްފަހު މާފަރުން ވަނީ ޑީޓޫގެ ގޯލަށް ނުރައްކާތެރި ބާރު ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް ޑީޓޫއަށް ލިބުނު ކައުންޓާ އެޓޭކެއްގައި ގޯލްޖަހާ މެޗުގެ ނަތީޖާ 2-0 ވަނީ ބަދަލު ކޮށްފައެވެ. ޑީޓޫގެ ދެގޯލްވެސް އެޓީމަށް ކާމިޔާބުކޮށްދިނީ މުޙައްމަދު ވަހީދު (ކޮކީ) އެވެ.

ޑީޓޫގެ 2 ވަނަ ގޯލާއެކު ޑީޓޫގެ ފަރާތުން ފެންނަމުން ދިޔައީ ޑިފެންސިވް ކުޅުމެކެވެ. މެޗުގެ ދެވަނަ ހާފުގައި ދެޓީމަށްވެސް ވަނީ 5 ފައުލް ހަމަވެފައެވެ. އެގޮތުން މެޗް ނިމެން ކުޑަ ވަގުތުކޮޅަކަށްވެފައި ވަނިކޮށް ޑީޓޫގެ ކުޅުންތެރިއެއް ކުރި ފައުލަކާ ގުޅިގެން މާފަަރަށް ވަނީ ދުރު ޕެނަލްޓީއެއް ލިބިފައެވެ. މާފަރުގެ އައްޒާމް އަބްދުالله ވަނީ އެޕެނަލްޓީ ކާމިޔާބުކޮށް މެޗުގެ ފަރަގު ކުޑަކޮށްފައެވެ. 

މާފަރު ފުޓަސަލްގެ މައްޗަށް 2-1 ގެ ނަތީޖާއަކުން ޑީޓޫ ސްޕޯޓްސް ކްލަބް ކުރިހޯދި މެޗުގެ މޮޅުކުޅުންތެރިއަކަށް ހޮވުނީ ޑީޓޫގެ ޖާޒީ ނަންބަރު 5 މުޙައްމަދު ވަހީދެވެ.

މާފަރު އަދި ޑީޓޫ ހިމެނެނީ ގްރޫޕް ބީގައެވެ. މިމެޗާއެކު ކަބަޓާން އަދި ޑީޓޫ އަށް ލިބިފައިވަނީ 4 ޕޮއިންޓެވެ. ކަބަޓާން ގްރޫޕް އޭގެ އެއްވަނާގައި އޮތީ ފައިދާ ގޯލުންނެވެ. މާފަރު އޮތީ ކުޅުން 2 މެޗުން 3 ޕޮއިންޓާއެކު ގްރޫޕުގެ 3 ވަނާގައެވެ. ތާވަލުގެ 4 ވަނާގައި އޮތް ކޮމެޓްސް ނިއުޖެނެރޭޝަން ކުޅުން 2 މެޗުން ބަލިވެ މުބާރާތުގައި ކުރިޔަށް ދިޔުމުގެ ފުރުސަތު ވަނީ ގެއްލިފައެވެ.

މުބާރާތުގެ 8 ވަނަ މެޗުގައި ސިރަޕުގެ މޮޅުކުޅުމާއެކު ޓީމް ލަންދޫ ބަލިކޮށްފައިވަނީ 6-1 ގެ ނަތީޖާއަކުންނެވެ. މެޗުގައި ސިރަޕްގެ ފަރާތުން ގިނަ ހަމަލާތަކެއް ލަންދޫގެ ގޯލާއަމާޒުކޮށް ވަނީ ފޮނުވާލާފައެވެ. ސިރަޕުގެ ފަރާތުން މެޗުގެ ފުރަތަމަ ހާފުގައި 3 ގޯލް ފެނިގެން ގޮސްފައިވެއެވެ. ފުރަތަމަ ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ އިޝާމް (ސެންޓޭ) އެވެ. ފުރަތަމަ ހާފުގައި ދެން ކާމިޔާބުކުރި 2 ގޯލްވެސް ސިރަޕަށް ކާމިޔާބުކޮށްދިނީ އަލީ ސަމާލް (ޓޮބީ) އެވެ.

ދެވަނަ ހާފް ފަށާ ލަންދޫއިން ވަނީ ގޯލެއް ޖަހާ އުންމީދު އާކޮށްފައެވެ. މިގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ ސިރަޕްގެ ކީޕަރަށް ހެދުނު ގޯހެއްގެ ފައިދާ ނަގާ އަޙްމަދު އަފްޒަލް އެވެ. އެގޯލަށްފަހު، ސިރަޕުން ވަނީ އިތުރު 3 ގޯލް ޖަހާ ހަމަޖެހިލާފައެވެ. އަލީ ސަމާލް (ޓޮބީ)ގެ ހެޓްރިކް ފުރިހަމަ ކުރި އިރު، ޖުމައިލް ޖަމީލް އަދި އަބްދުالله މުމާފް ވަނީ ގޯލް ޖަހާފައެެވެ.

ސިރަޕް ސްޕޯޓްސް ކްލަބް އަދި ޓީމް ލަންދޫ ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސިރަޕަށް 3 ގޯލް ކާމިޔާބުކޮށްދިން އަލީ ސަމާލް (ޓޮބީ) އެވެ.

ސިރަޕް ކުޅުން 2 މެޗުން މޮޅުވެ ގްރޫޕްގެ އެއްވަނާގައި އޮތް އިރު ޓީމް ލަންދޫ އޮތީ ކުޅުން 1 މެޗުން ލިބުނު ބައްޔާއެކު ތާވަލުގެ 4 ވާނާގައެވެ. ގްރޫޕް އޭގެ ދެވަނާގައި ކޮމެޓްސް ސްޕޯޓްސް ކްލަބް އޮތީ ނެބަޓަން އާ ޕޮއިންޓްގެ ގޮތުން އެވަރުވެ، ފައިދާ ގޯލުންނެވެ. މިގްރޫގެ 5 ވަނަގައި އޮތް ކޭ.ޒެޑް.ޑީ ވަނީ ކުޅުން ދެމެޗުން ވެސް ބަލިވެފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1