ލައިސެންސް ދޫކުރެވޭނެ ތާރީހެއް ނޭނގެ، މިނިސްޓްރީން އޮތީ އިހުމާލުވެފައި: ކައުންސިލް

License dhookureveyne thaareeheh neynge, Ministry in othy ihumaaluvefai: Kendhikulhudhoo Council

ކެނދިކުޅުދޫ ލައިސަންސް ޓްރެކް ސަރަހައްދު - ފޮޓޯ | ކެނދިކުޅުދޫ ކައުންސިލް

0

މިދިޔަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ނ. ކެނދިކުޅުދޫއިން އެއްގަމު އުޅަނދުގެ ލައިސެންސް ދޫކުރަން ފަށަން ނިންމިކަން އިއުލާން ކުރި ނަމަވެސް އެކަން ކުރިއަށް ގެންދެވޭނެ ތާރީހެއް ނޭންގޭ ކަމަށާއި، ޓްރާންސްޕޯޓް މިނިސްޓްރީގެ ބޮޑެތި އިހުމާލުތަކެއް އެކަމުގައި އޮތް ކަމަށް ކެނދިކުޅުދޫ ކައުންސިލުން ބުނެފިއެވެ.

ކެނދިކުޅުދޫގެ ރައްޔިތުން ދުވަސްތަކެއް ވަންދެން ދެކެމުން އައި ހުވަފެނެއް ކަމަށްވާ ލައިސަންސް ރަށުން ނެގޭނެ އިންތިޒާމު މިދިޔަ މަހުން ފެށިގެން ހަމަޖެހިފައިވާކަން ގެޒެޓް އިއުލާނުގައި މީގެ ކުރިން ވަނީ ޝާއިއު ކޮށްފައެވެ. އެއާއެކު އެކުލަވާލާފައިވާ އުސޫލާއި އެއްގޮތްވާގޮތުގެ މަތިން ކެނދިކުޅުދޫ ކައުންސިލުން އެއްގަމު އުޅަނދުގެ ލައިސެންސް ހެއްދުމުގެ ޚިދުމަތް ދެމުން ގެންދާނެ ކަމަށް ބުނި ނަމަވެސް އެކަން ކުރިއަށްގެންދެވޭ ގޮތެއް ނުވިއެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ކެނދިކުޅުދޫ ކައުންސިލުން ބޮޑު ޙަރަދެއް ކޮށްގެން ލައިސަންސް ދޫކުރަން ނުފެށި އޮތް ސަބަބު މި ނޫހުން ސާފުކުރި އިރު، އެނގިފައިވަނީ އެކަން ނުވެ އޮތީ ޓްރާންސްޕޯޓް މިނިސްޓްރީގެ ބޮޑު އިހުމާލެއްގެ ސަބަބުން ކަމަށެވެ. ކެނދިކުޅުދޫ ރައްޔިތުން އެތައް ދުވަހެއް ވާންދެން ދެކެމުން އައި ހުވަފެނުގައި ކުލަ ނުޖެހި އޮތީ އެ މިނިސްޓްރީން ގެނައި ކުއްލި ބަދަލުތަކެއްގެ ސަބަބުންކަން އެނގިފައިވެއެވެ.

އަންނަ މަހު ކެނދިކުޅުދޫއިން އެއްގަމު ލައިސެންސް ދޫކުރަން ފަށަނީ

އެގޮތުން މިއަހަރުގެ ތެރޭގައި ކެނދިކުޅުދޫގެ ލައިސަންސް ޓްރެކުގެ މަސައްކަތް ނިމި، ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ ޓީމެއްގެ އެހީގައި ވަނީ ލައިސަންސް ދޫކުރުމަށް ކައުންސިލްގެ ސްޓާފުން ތަމްރީން ކޮށްފައެވެ. އަދި އެއަށްފަހު ލައިސަންސް ދޫކުރަން ފެށުމަށް އެއް ލައްކަ ސައްބީސް ހާސް ރުފިޔާގެ ޕްރިންޓަރެއް ކައުންސިލްގެ ޙަރަދުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ އިރުޝާދުގެ ދަށުން ވަނީ ގަނެފައެވެ. އެއާއެކު ގެޒެޓުގައި ލައިސަންސް ދޫކުރަން ފެށުމަށް ކައުންސިލްއިން އިއުލާންކުރިތާ އެއް ދުވަސްތެރޭ ޓްރާންސްޕޯޓުން ވަނީ އެކަން ނުކުރެވޭނެކަން ކައުންސިލަށް އަންގާފައެވެ. ސަބަބެއް ކަމަށް ޓްރާންސްޕޯޓުން ބުނީ ލައިސަންސް ނެގުން ޑިޖިޓަލައިޒް ކުރުމަށް ޑާޓާބޭސް އަޕްޑޭޓް ކުރާތީ ކަމަށެވެ. 

އެހެން ކަމުން ކައުންސިލުން ލައްކައެއް ވުރެން ގިނަ ރުފިޔާއަށް ގަތް ޕްރިންޓަރުގެ ބޭނުން ކެނޑޭނެތީ އެކަމާ ގުޅިގެން ޓްރާންސްޕޯޓާ ވާހަކަ ދެއްކުމުން އެ މިނިސްޓްރީން ބުނީ އެއީ އެޑްމިނިސްޓްރޭޓިވް ސްޓާާފުންގެ އިހުމާލުން ވީ ކަމެއް ކަމަށެވެ. ކައުންސިލުން ބުނާގޮތުގައި މިހާރު ލައިސަންސް ދޫކުރަން ފެށޭނެ ތާރީހެއް ނޭންގެއެވެ. 

ކައުންސިލުން މިފަހުން ވަނީ ލައިސެންސް ޓުރެކު ސަރަހައްދުން ކެފޭ ރެސްޓޯރެންޓް ހިންގުމަށް ބިން ކުއްޔަށް ދިނުމަށް ވެސް ހުޅުވާލައިފައެވެ. އެގޮތުން ކުއްޔަށް ދޫކުރުމަށް ކަނޑައަޅާފައިވާ ބިމަކީ، ރެސްޓޯރެންޓް، ކެފޭ، ޓޭކް-އަވޭ، އަދި ޓަކް ޝޮޕް ފަދަ ވިޔަފާރިތަކަށް ދޫކުރާ ބިމެއް ކަމަށް އެކައުންސިލުން ބުނެއެވެ.

އެގޮތުން އެކަމަށް ދޫކުރާ ބިމަކީ ލައިސެންސް ޓްރެކްގެ އެތެރެއިން ދެކުނަށް، ކެނދިކޮޅު އަވަށު ފުޓުބޯޅަ ދަނޑުގެ އުތުރާ ދިމާލުން އޮންނަ ސަރަހައްދުން ދޫކުރާ 3،336.00 އަކަފޫޓުގެ ބިމެކެވެ. މި ބިމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ފުރުސަތު މިހާރު އޮތީ ނިމިފައެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1