ފޮޓޯ: ކޮކޫން ކަލެކްޞަން
ދަ ކޮކޫން ކަލެކްޝަނުން "ސްޓާޓާރ ޕްރޮޤްރާމް"ގެ ނަމުގައި ނޫނު އަތޮޅުގެ ޒުވާނުންނަށް ހާއްސަކޮށް އިންޓާންޝިޕް ޕުރޮޤްރާމްތަކެއްގެ ފުރުސަތު އިޢުލާންކޮށްފިއެވެ.
ކޮކޫން ކަލެކްޝަންއަކީ ރާއްޖޭގެ އާއި ބައިނަލްއަގްވާމީ ދުނިޔޭގަ ވެސް ނަންމަޝްހޫރު ލަޤްޒަރީ ބުރޭންޑެކެވެ. އެ ފަރާތުން މަޢުލޫމާތު ދޭ ގޮތުގައި މި އަހަރު މި ލޯންޗްކުރެވިގެންދިޔަ "ސްޓާޓާރ ޕުރޮޤްރާމް" އަކީ ޒުވާނުން ބާރުވެރި, ހުނަރުވެރި ބަޔަކަށް ހެދުމަށްޓަކައި ހުޅުވިގެންދާ ރަނުގެ ފުރުސަތެކެވެ.
މި ހިނގާ ސެޕްޓެންބަރު މަހުގެ 6 ވާ ހޮނިހިރު ދުވަހުން ފެށިގެން ސެޕްޓެންބަރު 8 ވާ ހޯމަ ދުވަހުގެ ނިޔަލަށް ނޫނު އަތޮޅުގެ ބައެއް ރަށްތަކުގައި ކުރިއަށް ދާނެއެވެ. އެގޮތުން 6 ސެޕްޓެންބަރުގައއި ނ.ހޮޅުދޫގެ މޭނާ ސުކޫލްގައި, 7 ސެޕްޓެނަބަރުގައި މަނަދޫގައި އަދި 8 ސެޕްޓެނަބރުގައި ނ.ކެނދިކުޅުދޫގައި ސެބަންތައް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. އާންމުންނަށް ހުޅުވާލއިގެން ބާއްވާ މި ސެޝަންތަކުގައި ޒުވާނުން އަދި ދަރިވަރުންނަށް ވެސް ކޮކޫން ކަލެކްޝަންގެ ސީނިއާ ބޭފުޅުންނާއި ބައްދަލުވުމުގެ ފުރަސަތު ލިބިމާއި, އެ ކަލެކްޝަންގެ ވަޒީފާގެ ފުރުސަތުތަކާއި, ހޮސްޕިޓަލިޓީ އިންޑަސްޓްރީގެ އެތަށް މަޢުލޫމާތެއް ލިބިގެންދާނެއެވެ.
މި ޕްރޮޤުރާމްގެ އެނެމެ މުހިންމު ކަމަކީ ކޮކޫން ކަލެކްޝަންގެ ރިސޯޓްތަކުގެ ޑިޕާޓްމެންޓްތަކުގެ އިންޓާންޝިޕްގެ ފުރުސަތުތަކެވެ. ފުރޮންޓް އޮފީސް, ކަލިނަރީ, ފޫޑް އެންޑް ބެވަރޭޖް, ހައުސްކީޕިން, ފައިނޭންސް އަދި އިންޖިނިއަރިންގެ ޑިޕާޓްމެންޓްތަކުގެ އިންޓާންޝިޕްތަކަށް ރަޖިސްޓާރ ވުމުގެ ފުރުސަތު މި ހިނގާ ސެޝަންގެ ތެރެއިން ބައިވެރިންނަށް ލިބިގެންދާނެއެވެ. މި ޕުރޮޤުރާމްގެ ދަށުން އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް: އިންޓާާން މުސާރަ, ރިސޯޓް އެކޮމަޑޭޝަން, ކަމާއި ގުޅުން ހުރި ޓްރޭނިންތަށް ލިބިގެންދާނެއެވެ. ކޮކޫން ކަލެކްޝަންގެ ފަރާތުން އެދެނީ ޝަޢުޤްވެރިވާ ފަރާތްތަކުން ސީ.ވީ, ޗެތްފިކެޓްތަށް އަދި އެޕްލިކެންޓުގެ ފޮޓޯ ހިފައިގެންއައުމަށެވެ.
ކޮކޫން ކަލެކްޝަނގެ "ސްޓާޓާރ ޕުރޮޤުރާމް" ނޫނު އަތޮޅުން ފެށިކަމުގައި ވީ ނަމަވެސް މި ޕުރޮޤްރާމްގެ އިތުރު ދަތރުރތަށް ރ, ޅ, އައްޑޫ އަދި ފުވައްމުލަކަށް ވެސް ރޭވިފައި އެބަހުއްޓެވެ. ކޮކޫން ކަލެކްޝަނުން މަޢުލޫމާތު ދޭ ގޮތުގައި ޓޫރިޒަމް އިންޑަސްޓްރީގެ ކުރިމަގު އޮތީ ލޯކަލް ޓެލެންޓް އުފައްދާ ޒުވާނުން މި ކަމުގެ ތެރެއަށް ޝައުޤްވެރިކުރެވުނު ވަރަކަށެވެ.
0%
0%
0%
0%
0%
31 ޖުލައި 2025
0
28 ޖުލައި 2025
0
27 ޖުލައި 2025
0
25 ޖުލައި 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1