ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލު
ރޭ ހުޅުވި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އާ ޓާމިނަލުން ކޮންމެ ދުވަހަކު ވެސް ފަސް ނަމާދުގެ ބަންގީގެ އަޑު އިވޭނެ ގޮތް ހަދައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ޓާމިނަލްގައި ފަސް ވަގުތު ބަންގީގެ އަޑު އިވޭ ގޮތަށް ހަމަޖައްސައި، މިއަދުގެ އަސްރު ނަމާދު ވަގުތުން ފެށިގެން އެެގޮތަށް އަމަލު ކުރަން ފަށާފައިވާ ކަމަށެވެ.
ދިވެހިންގެ ތާރީހާއި ސަގަފަތާއި ރާއްޖޭގެ ރަށްރަށުގެ ރީތިކަމާއި ވެށީގެ މުއްސަނދިކަން ދައްކުވައިދޭ ގޮތަށް ފަރުމާކޮށްފައިވާ ވީއައިއޭގެ އާ ޓާމިނަލުގެ ހިދުމަތް އެންމެ ފުރަތަމަ ދިނީ މޯލްޑިވިއަންގެ ވައިޑް ބޮޑީ އެއާކްރާފްޓް އޭ330 ގައި އިންޑިއާގެ ކޮޗިން އިން މާލެއަށް މިއަދު މެންދުރުފަހު އައި ފަސިންޖަރުންނަށެވެ.
ރާއްޖޭގައި މިހާތަނަށް ހިންގި އެންމެ ބިޔަ އެއް ޕްރޮޖެކްޓުގެ ނިމުން ފާހަގަކޮށް، އެތަން ހުޅުއްވައިދެއްވީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު ޑްރޯން ޝޯ އާއި ހަވާ އެރުވުމާ އެކު، ރައީސް މުއިއްޒެވެ.
އެ ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު އެވެ. އެ ޓާމިނަަލަށް ވަނީ 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފަ އެވެ.
0%
0%
0%
0%
0%
2 ދުވަސް ކުރި
0
3 ދުވަސް ކުރި
0
3 ދުވަސް ކުރި
0
5 ޖުލައި 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1