މަސްތުވާތަކެތީގެ މައްސަލައެއްގައި ހިނގި ހަމަނުޖެހުމެއްގައި މީހަކު މަރުވިތާ ހަފުތާއެއް ނުވަނީސް މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް މަރުގެ އަދަބު ދެވޭގޮތަށް ގާނޫނު އިސްލާހުކުރަން ބޭނުންފުޅުވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ހާމަކުރައްވައިފިއެވެ.
ރައީސް މިފަދައިން އަންގަވާފައި މިވަނީ ލ. މާވަށުގައި ވަޅިން ހަމަލާދީ މީހަކު މަރާލާފައިވާ ދަނޑިވަޅެއްގައެވެ. އެއީ މަސްތުވާތަކެތީގެ މައްސަލައަކާ ގުޅިގެން ހިނގި ހާދިސާއެކެވެ.
މަސްތުވާތަކެއްޗާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ސަރުކާރުގެ ފަރާތުން ވަނީ މީގެކުރިން މަޖިލީހަށް ހުށަހަޅާފައެވެ. އެ ބިލް ހުށަހެޅުމުގެ ކުރިން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދިނުމަށް އެ ބިލްގައި ހިމަނާނެ ކަމަށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ އެހެން ގައުމުތަކުގައި ވެސް ކަންކުރާ ގޮތަށް މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކަށް މަރުގެ އަދަބާއި އެހެނިހެން ބޮޑެތި އަދަބުތައް ކަނޑައެޅުމަށް ބިލު އިތުރަށް ދިރާސާކުރަން ދަންނަވާފައިވާ ކަމަށެވެ.
"މަސްތުވާތަކެތީގެ ވަބާއިން ދިވެހި މުޖުތަމައު ސަލާމަތްކޮށް މަސްތުވާތަކެތިން ދުރުހެލިވެފައިވާ ޖީލެއް ބިނާކުރުމަކީ މި ސަރުކާރުގެ އެންމެ މުހިންމު އެއް އަމާޒު،" ރައީސް ވިދާޅުވިއެވެ.
0%
0%
0%
0%
0%
3 ދުވަސް ކުރި
0
4 ދުވަސް ކުރި
0
25 ޖުލައި 2025
0
24 ޖުލައި 2025
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1