ވެލާއާއި ކޮކޫން ބައްދަލު ކުރި މެޗުގެ ތެރެއިން --
މިހާރު ކުރިއަށްދާ ޓެކާސް ރިޒޯޓް ފުޓްސަލް ކަޕުގައި ޅަވިޔަނީގެ ޗެމްޕިއަން ކޮކޫން މޯލްޑިވްސް ދެ ގޯލު ޖަހާފައިވަނިކޮށް ފަހަތުން އަރައި އެ ޓީމު ބަލިކޮށް ވެލާ ޕްރައިވެޓް އައިލެންޑުން މުބާރާތުގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ސިޔާމްވޯލްޑް ފުޓްސަލް ގްރައުންޑުގައި މިއަދު ހަވީރު ކުޅުނު މެޗުން ކޮކޫންގެ މައްޗަށް ވެލާއިން ކުރި ހޯދީ 2-3 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ވެލާގެ ފަރާތުން ތަފާތު ކަމްބެކެއް ފެނިގެންދިޔައިރު، އެ ޓީމުން މިވަނީ މިއަހަރުގެ މުބާރާތުގައި މިހާތަަނަށް ކުޅުނު ހުރިހާ މެޗެއްވެސް ކާމިޔާބުކޮށްފައެވެ. އަތޮޅު ބުރުގައި ސިޔާމް ވޯލްޑާއި ރޮބިންސަން ނޫނު އަތޮޅު ބުރުން ބަލިކޮށް ފައިނަލްގައި ސިޔާމް ވޯލްޑް އަތުން ޕެނަލްޓީގައި ވެސް ވެލާއިން ވަނީ ކުރި ހޯދައިފައެވެ.
މިއަދުގެ މެޗު ފަށައިގެން ކޮކޫންއިން ވަނީ މެޗުގެ ވަރަށް ކުރީ ކޮޅު ގޯލެއް ޖަހައިފައެވެ. ކޮކޫންގެ ހުނަރުވެރި ކުޅުންތެރިޔާ މުހައްމަދު ނަބީލްގެ ލަނޑުން އެ ޓީމުން ލީޑު ނަގާފައިވަނިކޮށް އެ ހާފުގެ ތެރޭގައި އޭނާ ވަނީ ދެވަނަ ގޯލެއް ވެސް ޖަހައި ވެލާއަށް އުނދަގޫ ހާލަތެއް ކުރިމަތިކޮށްފައެވެ. އެކަމަކު ކޮކޫންއިން ދެވަނަ ގޯލު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ވެލާގެ އަހުމަދު އިމްތިނާހް ވަނީ ގޯލެއް ޖަހައި ފަރަގު ކުޑަކޮށްފައެވެ.
ދެވަނަ ހާފުގައި މުހައްމަދު ސާޖިދް ވެލާއަށް ނަތީޖާ ހަމަހަމަ ކޮށްދިން އިރު، މެޗު ނިމި ނިމި އިންދާ އެ ޓީމުގެ ކަމްބެކް ފުރިހަމަ ކޮށްދިނީ އަހުމަދު އިމްރާންއެވެ. އޭނާ އަކީ މިފަހަރުގެ މުބާރާތުގެ ނޫނު ޒޯނުގެ އެންމެ މޮޅު ކުޅުންތެރިޔާއެވެ. އަދި އެ ޒޯނުގެ ޓޮޕް ސްކޯރާގެ މަގާމުވެސް ހޯދި އިމްރާން ވަނީ މިއަދުގެ ގޯލާއެކު ޖުމުލަ ފަސް ގޯލު މި މުބާރާތުގައި މިހާތަނަށް ޖަހައިފައެވެ.
މިއަދުގެ މޮޅާއެކު ކުއާޓާ ފައިނަލުގައި ވެލާ ބައްދަލު ކުރާނީ ރ އަތޮޅުގެ ޗެމްޕިއަން ޖޯލި މޯލްޑިވްސްއާއެވެ. އެމެޗު ކުޅޭނީ މި މަހުގެ 24 ވަނަ ދުވަހުއެވެ.
ޓެކާސް މުބާރާތަކީ ރާއްޖޭގައި ހިންގާ އެންމެ ފެންވަރު ރަނގަޅު ފުޓްސަލް މުބާރާތެވެ. ޓެކާސް ރިސޯޓް ކަޕްގެ ކޮންމެ އަތޮޅެއްގެ ޗެމްޕިއަން އަދި ޒޯނެއްގެ ޗެމްޕިއަނުންނަށް މެޑަލް އަދި ޓްރޮފީ ދޭ އިރު، ކޮންމެ އަތޮޅަކުން ގަދަ ފަސް ކުޅުންތެރިންނާއި އެންމެ އުންމީދީ ކުޅުންތެރިޔާ އަދި އެންމެ މޮޅު ކޯޗު ހޮވާނެއެވެ. މުޅި މުބާރާތުގެ ޗެމްޕިއަން ޓީމަށް 5000 ޑޮލަރުގެ ފައިސާގެ އިނާމެއް ކަނޑައެޅިފައިވާ އިރު، ރަނަރަޕް ޓީމަށް 2500 ޑޮލަރު ލިބޭނެއެވެ.
މިއަހަރުވެސް މުބާރާތްތައް އޮންނާނީ އެކި ސަރަހައްދުތަކަށް ބަހާލައިގެންނެވެ. އެގޮތުން އަށް އަތޮޅެއްގައި މުބާރާތްތައް ހޯސްޓްކޮށް، ފައިނަލް ބުރަކާއެކު ރާއްޖޭގެ ޗެމްޕިއަން ޓީމު ހޮވިގެންދާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1