ކުއާރޒޯ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕުގައި ކޮމެޓްސް ކުޅުނު މެޗެއްގެ ތެރެއިން -- ފޮޓޯ/ކެނދިކުޅުދޫ ކައުންސިލް
އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތުގައި ވާދަކުރާ ކޮމެޓްސް ސްޕޯޓްސް ކުލަބުން ކޮންމެ މުބާރާތަކަށް ނުކުތަސް އަމާޒަކީ ތަށި ހޯދުން ކަމަށާއި، މި ފަހަރުގެ މުބާރާތަކީ ކޮމެޓްސްގެ ކުލަގަދަ ޓްރޮފީ ކެބިނެޓަށް އިތުރު ކުރަން މުހިއްމު ތަށްޓެއް ކަމަށް އެކުލަބުގެ ސީނިއާ ޕްލޭޔަރު މުޙައްމަދު އައްޒާމް ބުނެފިއެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައެވެ. މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ
މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.
މި މުބާރާތުގައި ކެނދިކުޅުދޫއިން ބައިވެރިވާ އެންމެ ކާމިޔާބު ކުލަބަކީ ކޮމެޓްސް ސްޕޯޓްސް ކުލަބެވެ. ރަށު ފެންވަރުގައި މިހާތަނަށް ބޭއްވުނު 11 މުބާރާތް ކޮމެޓްސްއިން ވަނީ ކާމިޔާބުކޮށްފައެވެ. އަދި ރަށުން ބޭރުގެ އެއް މުބާރާތް ވެސް ވަނީ ކާމިޔާބުކޮށް މިހާތަނަށް ޖުމުލަ 12 ތަށި ސީނިއާ ލެވެލްގެ މުބާރާތްތަކުގައި ހޯދައިފައެވެ. އަދި މިފަހަރުގެ ރިޒޯޓް ބޯއީސް ފުޓްސަލް ޗެލެންޖް ވެގެންދާނީ އެ ތާރީޙީ ކުލަބުގެ ކާމިޔާބީއަށް އިތުރުވާ ބޮޅެއް ކަމަށް އެކުލަބުގެ ލީޑިންގް ޕްލޭޔަރު އައްޒާމް ވަނީ ބުނެފައެވެ.
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 އާ މެދު ދެކެނީ ކިހިނެތް؟
"ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ ކުޅުންތެރިންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފުރުސަތެއް. ޚާއްސަކޮށް މި އަތޮޅުގެ ކުޅުންތެރިންނަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއް މިއީ. އެއީ ރަށު ކުޅުންތެރިންނަށް މިހާރު އެންމެ ބޭނުންވާ އެއްޗަކީ ރަނގަޅު ފެންވަރެއްގެ ފުޓްސަލް މުބާރާތެއް. ވަރަށް ބައިވަރު ފުރުސަތުތަކެއް މި ލިބެނީ، ހާއްސަކޮށް ޔަންގް ޕްލޭޔަރުންނަށް ހުނަރު ދައްކާލަން ލިބޭނެ މުބާރާތެއް މިއީ." އައްޒާމް ބުންޏެވެ.
މުބާރާތާއި މެދު ޓީމުގެ އުންމީދުތަކަކީ ކޮބާ؟
"ފުރަތަމަ އަމާޒަކީ ހަމަ ތަށި. ދެން މި ޓީމު ޓީމެއްގެ ގޮތުގައި ކޮންމެ ބަޔަކާ ޖެހުނަސް އަނެއްބަޔަކަށް ކުރަން ޖެހޭ ރެސްޕެކްޓް ކޮށްގެން މެޗުތަކުން މޮޅުވުން އުންމީދަކީ."
މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ޓީމުގެ މުސްތަގުބަލަށް ކިހާ މުހިއްމު ކަމަކަށް؟
"ވަރަށް މުހިއްމު ކަމެއް މިއީ. ހިއެއް ނުވޭ ރަށުގައި މިވަރުގެ ބޮޑު ފުޓްސަލް މުބާރާތެއް މީގެ ކުރިން ބޭއްވިހެނެއް. ކޮންމެ މުބާރާތަކަށްވެސް ކޮމެޓްސް ނުކުންނަ އިރު ކޮމެޓްސްގެ އަމާޒަކަށް ވެގެންދަނީ ހަމަ ތަށި. އެހެންވީމަ މި މުބާރާތް ވެސް ފުރަތަމަ ފަހަރަށް ކާމިޔާބުކޮށް ތަށި އުފުލާލުމަކީ ކޮމެޓްސްއަށް ލިބޭނެ އިތުރު ފުރިހަމަކަމެއް. އޭގެ އިތުރުން ކޮމެޓްސްގެ ތާރީހަށް ވަދެގެންދާނެ ބޮޑު އެއްޗަކަށް ވާނީ."
އަތޮޅުތެރޭގައި ކްލަބްގެ ވާދަވެރިކަން އޮތުން އެއީ ކިހާ މުހިއްމު ކަމެއް؟
"އަތޮޅުތެރޭގައި ކުލަބް ވާދަވެރިކަން އޮތުން އެއީ ވަރަށް މުހިއްމު ކަމެއް. އެއީ ރަށްތަކާއި، ކުޅުންތެރިންނަށް ކުރިއަރަން ލިބޭނެ އެންމެ ބޮޑު ފުރުސަތު. އެހެންވީމަ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ. ހާއްސަކޮށް ފުޓުބޯޅަ ކުރިއަރުވަން ބަލާއިރު އެއީ މިވަގުތަށް ވެސް އެންމެ މުހިއްމު ކަންތައް."
ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު ސެމީއަށް ދަތުރު ކުރާނީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ޓީމުތައް ބަހާލާނީ ފަސް ޓީމުގެ ދެ ގުރޫޕަށެވެ. މި މުބާރާތުގެ ގުރު ނެގުން އޮންނާނީ މިއަދު ހަވީރު ކެނދިކުޅުދޫ ކައުންސިލް އިދާރައިގައެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1