ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ކޭކޭއެފްސީގެ ޒުވާން ޓީމު ބަލިކޮށް ކޮމެޓްސް އެއްވަނައަށް ޖެހިލައިފި

KKFC ge zuvaan team balikoh Comets evvana ah jehilaifi

ކޭކޭއެފްސީ އަންޑާ 19 އާއި ކޮމެޓްސް ސްޕޯޓްސް ކުލަބު ބައްދަލު ކުރި މެޗުގެ ތެރެއިން --- ފޮޓޯ/ކެޕްޗާސް

0

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ކެނދިކުޅުދޫ އެފްސީގެ 19 އަހަރުން ދަށުގެ ޓީމު ބޮޑު ތަފާތަކުން ބަލިކޮށް ކޮމެޓްސް ސްޕޯޓްސް ކުލަބު ގުރޫޕް އޭ ގެ އެއްވަނައަށް ޖެހިލައިފިއެވެ.

ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު އެ މެޗުން ކޭކޭއެފްސީ އަންޑާ 19 އަތުން ކޮމެޓްސް މޮޅުވީ 2-7 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ތިން މެޗުން ހަތް ޕޮއިންޓް ހޯދައިގެން ކޮމެޓްސް ވަނީ ގުރޫޕް އޭގެ އެއްވަނައަށް އަރައިފައެވެ. ދެވަނައިގައި އޮތީ ދެ މެޗުން ހަތަރު ޕޮއިންޓް ހޯދައިގެން ކަބަޓާންއެވެ. ތިންވަނައިގައި އެފްސީ ހާމަނޯސް ތިން ޕޮއިންޓާއެކު އޮތް އިރު، ހަތަރުވަނައިގައި އެސްއެސްބީ އޮތީ ވެސް ތިން ޕޮއިންޓާއެކުއެވެ. އެސްއެސްބީގެ ކުރީގައި ހާމަނޯސް އޮތީ ފައިދާ ގޯލުގެ ތަފާތުންނެވެ. އެ ގުރޫޕުގެ ފުލުގައި އޮތް ކޭކޭއެފްސީ އަންޑާ 19 އަށް އަދި ޕޮއިންޓެއް ނުލިބެއެވެ.

މިއަދުގެ މެޗު ފަށައިގެން ކޮމެޓްސްއިން ގިނަ ހަމަލާތަކެއްް އުފެއްދިއެވެ. އެގޮތުން ހުސައިން ޝަރީފް އާއި އިބްރާހިމް އަލީމް ބާރު ހަމަލާތަކެއް ކޭކޭއެފްސީ އަންޑާ 19 ޓީމުގެ ގޯލަށް އަމާޒުކުރަމުން ދިޔަ ނަމަވެސް އެ ޓީމުން ވަނީ އެ ހާފުގައި ރަނގަޅު ކުޅުމެއް ދައްކައި ކޮމެޓްސްއަށް ގިނަ ގޯލުތަކެއް ޖަހަން ލިބުނު ފުރުސަތުތައް ނަގާލައިފައެވެ. އެ ހާފުގައި ކޮމެޓްސްއަށް ޖެހުނީ ދެ ގޯލެވެ. ފުރަތަމަ ގޯލު ހުސައިން ޝަރީފް ކާމިޔާބުކުރި އިރު، ދެވަނަ ގޯލު ޖެހީ މުހައްމަދު އަރީހްއެވެ.

ދެވަނަ ހާފު ފަށައިގެން ކޮމެޓްސްއިން ކުޅުން ވަރުގަދަކޮށް ގޯލުތަކެއް ވަނީ ޖަހައިފައެވެ. އެގޮތުން މުހައްމަދު ޝައްމާހު އާއި އިބްރާހިމް ތަހްސީން އެ ހާފުގެ ކުރީކޮޅު ކޮމެޓްސްއަށް ގޯލު ޖަހައިދިން އިރު، އަލީ ބުޝްރީ ވަނީ ގޯލެއް ޖަހައިފައެވެ. އެ ފަހުން ދެވަނަ ހާފުގައި ކުޅެން ނުކުތް މުހައްމަދު ޔަނާލް ވަނީ އިތުރު ދެ ގޯލު ކޮމެޓްސްއަށް ޖަހައިދީފައެވެ.

ކޭކޭއެފްސީ އަންޑާ 19 ޓީމުން އެ ހާފުގައި ވަނީ ހިތްގައިމު ދެ ގޯލު ޖަހައިފައެވެ. ފުރަތަމަ ގޯލަކީ އަހުމަދު ޖައިލަމް ދުރުން އަމާޒުކޮށްލި ބާރު ހަމަލާއަކުން ވައްދާލި ގޯލެކެވެ. ދެވަނަ ގޯލު އެ ޓީމަށް ޖަހައިދިނީ މުހައްމަދު ނަބާހް އެވެ.

މިއަދުގެ އެ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކޮމެޓްސްގެ ހުސައިން ޝަރީފް އެވެ.

މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅޭނެއެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ސުޕަ ސްޕޯޓިންގް ބޯއީސް އަދި ކަބަޓާންއެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ޓީމް ލަންދޫ އަދި ވިންޑް ވޯރިއާސްއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1