ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ކޭކޭއެފްސީ 19 އަހަރުން ދަށުގެ ޓީމު ބަލިކޮށް ކަބަޓާން އެއްވަނައަށް

kKFC 19 aharun dhashuge team balikoh Kabataan evvana ah

ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ކަބަޓާން އަދި ކޭކޭއެފްސީ 19 އަހަރުން ދަށުގެ ޓީމް ބައްދަލު ކުރި މެޗު - ފޮޓޯ| ކެޕްޗާސް

0

ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ކެނދިކުޅުދޫގެ 19 އަހަރުން ދަށުގެ ޓީމް ބަލިކޮށް މާޅެންދޫގެ ކަބަޓާން އެފްސީއިން ގުރޫޕް އޭ ގެ އެއްވަނައަށް ޖެހިލައިފިއެވެ.

ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު އެ މެޗުން ކޭކޭއެފްސީ އަންޑާ 19 އަތުން ކަބަޓާން ކުރި ހޯދީ 1-4 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކަބަޓާން އެއްވަނައިގައި އޮތީ ކުޅުނު ދެ މެޗުން ހޯދި ހަތަރު ޕޮއިންޓާއެކުއެވެ. މިއަދު ކުޅުނު މެޗުން ކޮމެޓްސްއިން ވެސް ތިން ގޯލުގެ ލީޑަކުން މޮޅުވެފައިވާ އިރު، ކަބަޓާން އެއްވަނައިގައި އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. ކޮމެޓްސްއިން މުބާރާތުގައި މިހާތަނަށް ހަތަރު ގޯލު ޖެހި އިރު، ކަބަޓާން ވަނީ ފަސް ގޯލު ޖަހައިފައެވެ.

ކަބަޓާންގެ ފުރަތަމަ މެޗުގައި ކޮމެޓްސް އަތުން 1-1 އިން އެއްވަރު މެޗުގައި މޮޅު ކުޅުމެއް ދެއްކި އެ ޓީމުގެ ކެޕްޓަން އިބްރާހިމް ނިޔާޒް އަނިޔާގެ ސަބަބުން މިއަދުގެ މެޗުގައި ކުޅެފައެއް ނުވެއެވެ. އެ ޓީމުން މިއަދުގެ މެޗުގެ ފުރަތަމަ ހާފުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އަބްދުﷲ ޝާފީންއެވެ.

އެ ހާފުގައި ކޭކޭއެފްސީ އަންޑާ 19 ޓީމުން ވެސް ރަނގަޅު ހަމަލާތަކެއް އުފެއްދި އިރު، ހަމީޝްގެ ކުޅުން ފާހަގަކޮށްލެވެއެވެ. އެހެން ނަމަވެސް އެ ހާފުގައި ކޭކޭއެފްސީ އަންޑާ 19 ޓީމަށް ގޯލެއް ޖެހޭ ގޮތެއް ނުވިއެވެ.

ދެވަނަ ހާފުގައި މާޅެންދޫއިން ވަނީ ރަނގަޅު ވަގުތުގައި ޕްރެސް ކޮށްގެން ކުޅެ ހަމަލާތައް ވަރުގަދަ ކޮށްފައެވެ. އެގޮތުން ކައުންޓާ އެޓޭކެއްގައި ޝައިހާން ކަބަޓާންގެ ލީޑު ފުޅާކޮށްދިން އިރު، ޖެހިގެން އައި ބޯޅަައިގައި އޭނަގެ ފައިގައި ޖެހި ވަނީ ބައިކޮޅަށް ގޯލެއް ވަދެ ފަރަގު ކުޑަވެފައެވެ. ކަބަޓާންއަށް އަލުން ލީޑު ފުޅާކޮށްދިނީ އަޒްފާންއެވެ. އޭނާ އެ ގޯލު ކާމިޔާބުކުރީ ވަރަށް ހަމަޖެހިލައިގެން ހުރެއެވެ. ކަބަޓާން ޓީމުގެ ފަހު ގޯލު އެ ޓީމަށް ޖަހައިދިނީ އިގްލީމްއެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަބަޓާންގެ ކެޕްޓަން ޝާފީންއެވެ.

މި މުބާރާތުގައި މާދަމާ ވެސް ދެ މެޗެއް ކުޅޭނެ އެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޑީ ޓޫ ސްޕޯޓްސް ކުލަބް އަދި ވިންޑް ވޯރިއާސްއެވެ. ދެވަނަ މެޗުގައި ކުޅޭނީ އެސްއެސްބީ އަދި ހާމަނޯސްއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1