ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ކެނދިކުޅުދޫގެ އެންމެ ދުވަސްވީ ޖަމިއްޔާ، ކޭޒެޑްޑީ އިން އަމާޒު ތަށި ހޯދަން

Kendhikulhudhoo ge emme dhuvasvee jamiyaa, KZD in amaazu thashi hoadhan

ކޭޒެޑްޑީގެ ބައެއް ޕްލޭޔަރުން ކުޅުނު މެންގްރޫވް އައިލެންޑް ފުޓުބޯޅަ މުބާރާތުގެ ތެރެއިން --- ފޮޓޯ- ކެނދިކުޅުދޫ ކައުންސިލް

0

އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 މުބާރާތުގައި ވާދަކުރާ ކެނދިކުޅުދޫގެ އެންމެ ދުވަސްވީ ޖަމިއްޔާ ކަމަށްވާ ކެނދިކުޅުދޫ ޒުވާނުންގެ ދިރުން (ކޭޒެޑްޑީ) އަކީ އާއްމުކޮށް މުބާރާތްތަކުން ނުފެންނަ ނަމެއް ކަމަށާއި، އެކަމަކު މިފަހަރުގެ މުބާރާތަށް ނުކުންނާނީ ތަށްޓަށް އަމާޒު ހިފައިގެން ކަމަށް އެ ޓީމުގެ މެނޭޖަރު އަހުމަދު ނަބީލް ބުނެފިއެވެ.

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައެވެ. މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.

މި މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ތެރެއިން އެންމެ ދިގު ތާރީޚެއް އޮތް ޓީމަކީ ކޭޒެޑްޑީއެވެ. ޖަމިއްޔާއެއްގެ ގޮތުގައި ވުޖޫދިވިތާ 29 އަކަށް އަހަރުވެފައިވާ އިރު، މި މުބާރާތަށް އެ ޓީމުން ނުކުންނާނީ ރަނގަޅު ޓީމަކާއެކު ތަށި ހޯދުމުގެ އަމާޒުގައި ކަމަށް އެ ޓީމުގެ މެނޭޖަރު ނަބީލް ބުންޏެވެ.

 

ކޭޒެޑްޑީއިން ރިޒޯޓްބޯއީސް ފުޓްސަލް މުބާރާތުގައި ބޭނުންކުރާ ހޯމް ޖާޒީ --

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 އާ މެދު ދެކެނީ ކިހިނެތް؟

"ދެކެނީ މިއީ ވަރަށް ރަނގަޅު އޮޕޮޗުނިޓީއެއް ކަމަށް ރަށްފުށުގައި ތިބި ކުޅުންތެރިންގެ ހުނަރު ދައްކާލައި، މި ދާއިރާއިން ފުރުސަތު ލިބޭނެ ރަނގަޅު މުބާރާތެއްގެ ގޮތުގައި،" ނަބީލް ބުންޏެވެ.

"ދެން އަނެއްކާ ރިޒޯޓްތަކުގައި އުޅޭ ކުދިންނަށް ހާއްސަކޮށް، ރަށުގައި ކުރާ މިފަދަ ކަންކަމުގައި ބައިވެރިވުމަށް ލިބޭ ވަރަށް ބޮޑު ފުރުސަތެއްގެ ގޮތުގައި މި ދެކެނީ ވަކިވަކި ފަރުދުންގެ ގޮތުގައިވެސް."

މުބާރާތާއި މެދު ޓީމުގެ އުންމީދުތަކަކީ ކޮބާ؟

"އަޅުގަނޑުގެ ޕާސަނަލް ވިއުއަކީ މުބާރާތެއްގައި ޓީމެއް ބައިވެރިވާކަމަށް ވަންޏާ ޓީމެއް ބައިވެރިވާން ޖެހޭނީ މުބާރާތެއް ނަގަން. އެހެން ކަމަށް ވަންޏާ ޓީމުގެ އުންމީދަކީ ހަމަ ތަށި ނެގުން."

މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ޓީމުގެ މުސްތަގުބަލަށް ކިހާ މުހިއްމު ކަމަކަށް؟

"ކެނދިކުޅުދޫގެ ޒުވާނުންގެ ދިރުމަކީ ކެނދިކުޅުދޫ ފަސްގަނޑުގައި އޮތް އެންމެ ގިނަ ދުވަސްވީ ޖަމިއްޔާ ކަންނޭންގެ. ދެން 1994 އިން ފެށިގެން ބަލާކަމަށްވަންޏާ މިއަހަރަށް 29 އަހަރު ވީ މި ޖަމިއްޔާއަށް. ދެން މި ޖަމިއްޔާ ނަމުގައި މާ ބައިވަރު މުބާރާތްތަކުގައެއް ބައިވެރިވެފައެއް ނުވެއް އޮންނާނެ ޖަމިއްޔާ ނަމުގައެއް،"

"އެންމެ ފަހުން ވެސް ބައިވެރިވެފައި އޮންނާނީ ކުރީގައި ފުނަދޫގައި މި ބާއްވާ ޔޫތު ކަޕުގައި. އޭގެން ލިބުން އެންމެ ބޮޑު ކާމިޔާބަކަށް އިންނާނީ ކުއާޓާފައިނަލް. ދެން އެހެންވެ ވަރަށް ރަނގަޅު ކާމިޔާބީއެއް ކަމަށް މި ބަލަނީ. އެހެންވެ ޖަމިއްޔާ ނަމުގައި ބައިވެރިވި މުބާރާތްތަކަށް ބަލާނަމަ ހިސްޓަރީ އިންނާނީ ފުދޭވަރަކަށް ރީތިކޮށް. އެހެންކަމުން އެ ހިސްޓަރީ ދަމަހައްޓަން ކުރެވޭ ވަރަށް ބޮޑު ކަމަކަށް ވާނީ."

"ދެން ރީތި ހިސްޓަރީއެއް އޮވެފައި މި މުބާރާތުން ލިބޭ ކާމިޔާބީއަކީ ޖަމިއްޔާއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކެނީ."

އަތޮޅުތެރޭގައި ކްލަބްގެ ވާދަވެރިކަން އޮތުން އެއީ ކިހާ މުހިއްމު ކަމެއް؟

"އަތޮޅުތެރޭގައި ވިޔަސް ރަށްފުށުގައި ވިޔަސް ޖަމިއްޔާތައް ވާދަވެރިވުމަކީ އެތަނެއްގެ ކުރިއެރުމަށް ލިބޭ ވަރަށް ބޮޑު ބާރެއް. އެއީ ވާދަވެރިކަމެއް އޮންނަކަމުގައި ވާނަމަ ބަލާނީ އެއް ޖަމިއްޔާއަށް ވުރެން އަނެއް ޖަމިއްޔާ ރަނގަޅަށް ހިންގާ އެތަނަކަށް ކުރިއެރުންތަކެއް ހޯދޭނެ ގޮތެއް ހޯދުމަށް ހުރިހާ ޖަމިއްޔާއަކުންވެސް ޓްރައި ކުރާނީ."

 

ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު ސެމީއަށް ދަތުރު ކުރާނީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ޓީމުތައް ބަހާލާނީ ފަސް ޓީމުގެ ދެ ގުރޫޕަށެވެ. 

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

 

 

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1