މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގައި ކަބަޓާން އެސްސީއާއި ކަބަޓާން އެފްސީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/މާޅެންދޫ ކައުންސިލް
މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖްގެ ފުރަތަމަ މެޗުގައި ކަބްޓާން އެފްޓީގެ މައްޗަށް ކަބަޓާން އެސްސީއިން ބޮޑު މޮޅެއް ހޯދައި، ފެށުން ވަރުގަދަކޮށްފިއެވެ.
މާޅެންދޫ ފުޓްސަލް ދަނޑުގައި އިއްޔެ ފެށި އެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކަބަޓާން އެސްސީ ކުރި ހޯދީ 1-6 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ކަބަޓާން އެސްސީގެ މުހައްމަދު ފަރުހާންއެވެ.
މިފަހަރުގެ މުބާރާތުގައި ޖުމުލަ ހަތަރު ޓީމަކުން ވަނީ ބައިވެރިވެފައެވެ. އެއީ އިއްޔެ ކުޅުނު ދެ ޓީމުގެ އިތުރުން ކަބަޓާން އެންޖީ އަދި ޓެމާރިއޯސް އެސްސީއެވެ. ހަތަރު ޓީމުވެސް ހުރިހާ ޓީމަކާ މެޗުތައް ކުޅޭއިރު، އެންމެ ގިނަ ޕޮއިންޓް ހޯދާ ޓީމު ފައިނަލަށް ދަތުރުކުރާނެއެވެ. ފައިނަލްގެ ދެވަނަ ޖާގަ ކަށަވަރުކުރާނީ ދެވަނަ އަދި ތިންވަނައަށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމުގެ ދެމެދުގައި ސެމީ ފައިނަލް މެޗެއް ކުޅެގެންނެވެ.
މި މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެއީ އިއްޔެގެ މެޗުން މޮޅުވި ކަބަޓާން އެސްސީ އަދި ޓެމާރިއޯސް އެސްސީ ބައްދަލު ކުރާ މެޗާއި، ކަބަޓާން އެފްސީ އަދި ކަބަޓާން އެންޖީ ބައްދަލު ކުރާ މެޗެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3

15 ޖޫން 2023

6 ޑިސެންބަރު 2023
1