މާޅެންދޫ ކައުންސިލް ފުޓްސަލް ޗެލެންޖް: ކަބަޓާން އެސްސީގެ މައްޗަށް ކުރި ހޯދައި ކަބަޓާންގެ ދެވަނަ ޓީމު ތަށި ހޯދައިފި

Kabataan SC ge mahchah kuri hoadhai Kabatan ge dhevana team thashi hoadhaifi

ކަބަޓާން އެފްޓީއިން ޗެމްޕިއަން ޝީލްޑް އުފުލާލަނީ - މާޅެންދޫ ކައުންސިލް

0

ނ. މާޅެންދޫގައި ކުރިއަށްދިޔަ އެ ރަށު ކައުންސިލް ފުޓްސަލް ޗެލެންޖްގައި ކަބަޓާން އެސްސީ ބަލިކޮށް ކަބަޓާންގެ ދެވަނަ ޓީމް، ކަބަޓާން އެފްޓީއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.

މާޅެންދޫ ފުޓްސަލް ދަނޑުގައި މިއަދު ކުޅުނު ފައިނަލް މެޗުން ކަބަޓާން އެސްސީގެ މައްޗަށް ކަބަޓާން އެފްޓީއިން ކުރި ހޯދީ 3-5 ގެ ނަތީޖާއަކުންނެވެ.

ކަބަޓާން އެސްސީއިން ފައިނަލަށް ދަތުރު ކުރީ ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުވެސް ކާމިޔާބުކޮށް، ގުރޫޕް ތާވަލުގެ އެއްވަނައިގެ ގޮތުގައެވެ. ކަބަޓާން އެފްޓީއިން ފައިނަލަށް ދަތުރު ކުރީ ގުރޫޕް ތާވަލުގެ ތިންވަނައިގެ ގޮތުގައި ދެވަނައަށް ދިޔަ ޓެމެރާރިއޯސްއާ ދެކޮޅަށް ސެމީ ފައިނަލްގައި ކުޅުނު މެޗުން މޮޅުވެގެން ހަނިގޮތަކަށެވެ.

ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން އެއް މެޗުން މޮޅުވި ކަބަޓާން އެފްޓީއާއި ކަބަޓާން އެސްސީ ގުރޫޕް ސްޓޭޖުގައި ކުޅުނު މެޗު ނިމުނީ 1-6 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކަބަޓާން އެސްސީ ކުރި ހޯދައިގެންނެވެ.

 

 

މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ގޯލު ޖަހައި ކުރި ހޯދީވެސް ކަބަޓާން އެސްސީއިންނެވެ. ކަބަޓާންގެ އަބްދުﷲ ޝާފީން އެ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް ކަބަޓާން އެފްޓީއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖަހައިދިނީ ހުސައިން ޖަވާދު އެވެ.

ދެ ޓީމުންވެސް ވާދަވެރި ކުޅުމެއް ދެއްކި އެ މެޗުގައި ކަބަޓާން އެފްޓީއަށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނީ އެ މެޗުގައި މޮޅު ކުޅުމެއް ދެއްކި އިބްރާހިމް އަލީމްއެވެ. އެ ޓީމުން ނެގި ކޯނަރެއް އެއްފަހަރުން ގޯލަށް ފޮނުވާލައިގެން އަލީމް ލީޑު ނަގައިދިން އިރު، އޭގެ އިރަކޮޅެއް ފަހުން އަލީމް ވަނީ އިތުރު ގޯލެއް ވެސް ޖަހައި ފަރަގު ބޮޑުކޮށްފައެވެ.

ފުރަތަމަ ހާފު ނިމެންދަނިކޮށް ކަބަޓާން އެފްޓީގެ ހަތަރުވަނަ ގޯލު ޖަހައިދިނީ އެ ޓީމުގެ ކީޕަރު އިސްމާއިލް ރާއިފް މަތި މަތިން އެއްލި ބޯޅައެއް އެއް ފަހަރުން ބޮލުން ޖައްސާލައިގެން އިބްރާޙިމް ޒަޔާންއެވެ. ޒަޔާންގެ ގޯލާއެކު ހާފު ނިމެންދަނިކޮށް ކަބަޓާން އެސްސީއަށް ފަރަގު ކުޑަކޮށްދިނީ ޝާފީންއެވެ. އެ ހާފު ނިމުނީ 2-4 ގެ ނަތީޖާއަކުން ކަބަޓާން އެފްޓީ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފުގައި ވެސް ދެ ޓީމުން ރަނގަޅު ހަމަލާތަކެއް އުފައްދައިގެން ކުޅުނު އިރު، އިބްރާޙިމް ސިމާހް (ތަޑޭ) ވަނީ ކަބަޓާން އެސްސީއަށް ތިންވަނަ ގޯލު ޖަހައިދީ އެ ޓީމަށް އުންމީދު ހޯދައިދީފައެވެ. އެހެން ނަމަވެސް މެޗު ނިމެންދަނިކޮށް ކަބަޓާން އެފްޓީގެ ކީޕަރު ރާއިފް މަތިމަތިން އެއްލި ބޯޅައެއް ވަނީ އިދިކޮޅު ޓީމުގެ ގޯލަށް ވަދެފައެވެ. ރެފްރީން ނިންމީ އެ ގޯލު ވަނީ އިދިކޮޅު ޓީމުގެ ކީޕަރު އަތުގައި ޖެހިފައި ކަމަށެވެ.

މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަބަޓާން އެފްޓީގެ އަލީމްއެވެ. އޭނާ ވަނީ މުބާރާތުގެ ގަދަ 5 ގައި ވެސް ހިމެނިފައެވެ. 

މުބާރާތުގެ ގަދަ 5:

1. އިބްރާޙިމް އަލީމް (ކަބަޓާން އެފްޓީ)

2. އިސްމާއިލް ރާއިފް (ކަބަޓާން އެފްޓީ)

3. އިބްރާޙިމް ސިމާހް (ކަބަޓާން އެސްސީ)

4. މުހައްމަދު ފަރުހާން (ކަބަޓާން އެސްސީ)

5. އަލީ މީސާގު (ޓެމެރާރިއޯސް އެސްސީ)

މި މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ކަބަޓާން އެސްސީގެ މުހައްމަދު ފަރުހާން އެވެ. މުބާރާތުގެ 21 އަހަރުން ދަށުގެ މޮޅު ކުޅުންތެރިއަކީ ޓެމެރާރިއޯސްގެ އަލީ މީސާގު އެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1