ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ކަބަޓާންއިން ރަށުން ބޭރު ފުރަތަމަ މުބާރާތް ކާމިޔާބުކުރުމުގެ އަޒުމުގައި!

Kabataan in rashun beyru furathama mubaaraih kaamiyaabu kurumuge azumugai

މާޅެންދޫގެ ކަބަޓާން ސްޕޯޓްސް ކުލަބް -- ފޮޓޯ/ކަބަޓާން

0

އަންނަ އޮގަސްޓް މަހުގެ އެއްވަނަ ދުވަހު ނ. ކެނދިކުޅުދޫގައި ފަށައި ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ 2023 މުބާރާތަކީ ކަބަޓާން ޓީމުން ރަށުން ބޭރުގައި ވާދަކުރާ ފުރަތަމަ މުބާރާތް ކަމަށާއި، އެ މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ މި ޓީމަށާއި، ރަށަށް ލިބޭ ބޮޑު ކުރިއެރުމަކަށް ކަމަށް ކަބަޓާން ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަބްދުﷲ ޝާފީން ބުނެފިއެވެ.

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕަކީ މި ފަހުގެ ތާރީހެއްގައި ނޫނު އަތޮޅުގައި ބޭއްވޭ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ. ފަސް ރަށަކުން ޖުމުލަ 10 ޓީމު ވާދަކުރާ މި މުބާރާތަކީ ކުލަބުތަކަށް ހުޅުވާލައިގެން ވެސް އަތޮޅުގައި ދުވަސްގަނޑަކަށް ފަހު ބޭއްވޭ އެންމެ ފުރަތަމަ މުބާރާތެވެ. ނޫނު އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ކެނދިކުޅުދޫގެ ފުޓްސަލް ދަނޑުގައެވެ. މިއީ މި ނަމުގައި މުޅިން އަލަށް ބާއްވާ މުބާރާތެކެވެ. މި މުބާރާތް އިންތިޒާމުކޮށް ހިންގާނީ ކެނދިކުޅުދޫއަށް ނިސްބަތްވާ ރިޒޯޓް ބޯއީސްގެ ޓީމުން އިސްނަގައިގެންނެވެ

މި މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލި ފުރުސަތު ބައިވެރިވި 10 ޓީމެއްގެ ނަން ރިޒޯޓް ބޯއީސް ފުޓްސަލް މުބާރާތުގެ އިންތިޒާމީ ކޮމިޓީއިން މިހާރު ވަނީ އިއުލާން ކޮށްފައެވެ. އެގޮތުން ފަސް ރަށަކުން ޓީމުތައް ބައިވެރިވާ އިރު، މުބާރާތުގެ ފޯރި އިތުރަށް ގަދަވާނެ ކަމަށާއި، އަމާޒަކީ މުބާރާތް ވީހާވެސް ވާދަވެރިކޮށް ކުރިއަށް ގެންދިއުން ކަމަށް ރިޒޯޓް ބޯއީސް ފުޓްސަލްގެ އިންތިޒާމީ ކޮމީޓިން މައުލޫމާތު ދެޔެވެ.

މި މުބާރާތުގައި ނ. މާޅެންދޫއިން ވާދަކުރާ ޓީމަކީ ކަބަޓާން ސްޕޯޓްސް ކުލަބެވެ. މިހާރު މާޅެންދޫގައި އެންމެ ވަރުގަދަ ޓީމެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކަބަޓާންއިން ރަށު ލެވެލްގައި ކުޅުމަށްފަހު މި ނުކުންނަނީ ރަށުން ބޭރު ފުރަތަމަ މުބާރާތަށެވެ. އެއާއެކު މި މުބާރާތުގައި ވާދަކުރުމަކީ ޓީމުގެ މުސްތަގުބަލަށް ވެސް ލިބޭނެ ބޮޑު ހިތްވަރެއްކަމަށް ކަބަޓާންގެ ކެޕްޓަން ޝާފީން ގަބޫލުކުރުއެވެ.

 

 

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023 އާ މެދު ދެކެނީ ކިހިނެތް؟

"ރިޒޯޓް ބޯއީސް ފުޓްސަލ މުބާރާތް ފެންނަނީ ވަރަށް ސަޅި މުބާރާތެއްގެ ގޮތުގައި. ވަރަށް ގިނަ ކުޅުންތެރިންތަކަކަށް ފުރުސަތު ލިބޭ، ވަރުގަދަ ޓީމުތަކާއި ޕްލޭޔަރުންތަކެއް ވެސް ފެންނާނެ ފެންވަރު ރަނގަޅު މުބާރާތެއްގެ ގޮތުގައި މި މުބާރާތް ދެކެނީ." ޝާފީން ބުންޏެވެ.

މުބާރާތާއި މެދު ޓީމުގެ އުންމީދުތަކަކީ ކޮބާ؟

"އުންމީދަކަށް ވާނީ ހަމަ ތަށި ދޯ. ތަށި ހޯދުން އަބަދުވެސް އެންމެ ބޮޑު އުންމީދަކަށް ވާނީ. ފުޓްސަލްގައި ކުރިއަރައި ގޮސް، އިތުރު ހަރުފަތަކަށް ދާން ރަނގަޅު މުބާރާތެއްކަމަށް ބަލައިގެން އަޅުގަނޑުމެން މި މުބާރާތުގައި މި ބައިވެރިވީ."

މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ޓީމުގެ މުސްތަގުބަލަށް ކިހާ މުހިއްމު ކަމަކަށް؟

"މި މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ފުޓްސަލްގައި ކުރިއަށްދާން މި ޓީމަށާއި، ރަށަށް ވެސް ލިބޭނެ ބޮޑު ހިތްވަރަކަށް. މިއީ ކަބަޓާންގެ ނަމުގައި ރަށުން ބޭރުގައި ބާއްވާ މުބާރާތެއްގައި ވާދަކުރާ ފުރަތަމަ ފަހަރު. އެހެންވީމާ އެ މުބާރާތް ކާމިޔާބުކުރުން ވެގެންދާނީ ވަރަށް ވެސް ބޮޑު ކުރިއެރުމަކަށް."

އަތޮޅުތެރޭގައި ކްލަބްގެ ވާދަވެރިކަން އޮތުން އެއީ ކިހާ މުހިއްމު ކަމެއް؟

"އެއީ ވަރަށް މުހިއްމު ކަމެއްގެ ގޮތުގައި ދެކެނީ. އެއީ ރަނގަޅުގޮތުގައި އެ ވާދަވެރިކަން އިންނަކަމުގައި ވާނަމަ މިސާލަކަށް ފުޓްސަލް ނޫނި ފުޓުބޯޅައިގައިވެސް އަތޮޅު ފެންވަރުގައި އަދި ރާއްޖޭގެ ފެންވަރުގައި ވެސް މޮޅެތި ކުޅުންތެރިންތަކެއް އުފެދުމަށް ފަހިވާނެ ކަމެއްގެ ގޮތުގައި ދެކެނީ."

ފައިސާގެ ބޮޑެތި އިނާމުތަކެއް ވެސް ކަނޑައަޅާފައިވާ މި މުބާރާތް ދެ ގުރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދަން ރާވާފައިވާ އިރު ސެމީއަށް ދަތުރު ކުރާނީ ގުރޫޕް ސްޓޭޖުގައި އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ. އެގޮތުން ޓީމުތައް ބަހާލާނީ ފަސް ޓީމުގެ ދެ ގުރޫޕަށެވެ. 

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރުންނަކީ މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯނީގެ އިތުރުން އިއްސޭ ފިޝިންގްއެެވެ. އަދި ސަޕޯޓިންގް ޕާޓުނަރުންގެ ގޮތުގައި އެފްސީ ރޮބިންސިއާ ހިމެނެއެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1