ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ކަބަޓާންއާއި އެސްއެސްބީ އެއްވަރުވެ ގުރޫޕު އޭ ގެ ފޯރި އިތުރަށް ގަދަވެއްޖެ

Kabataan aai SSB evvaruve group 'A' ge foari ithurah gadhavejjje

ކަބަޓާން އެފްސީއާއި އެސްއެސްބީ ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ ކެޕްޗާސް

0

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި ކަބަޓާން އެފްސީއާއި ސުޕަ ސްޕޯޓިންގް ބޯއީސް (އެސްއެސްބީ) ކުޅުނު މެޗު އެއްވަރުވެ ގުރޫޕް އޭ ގެ ފޯރި އިތުރަށް ގަދަވެއްޖެއެވެ.

ކެނދިކުޅުދޫގެ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުން ކަބަޓާން އަދި އެސްއެސްބީ އެއްވަރުވީ 1-1 އިންނެވެ. މި މެޗުގެ ނަތީޖާއާއެކު ގުރޫޕް އޭގެ ފޯރި ގަދަވެފައިވާ އިރު، އެ ގުރޫޕުގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ކޮމެޓްސްއެވެ. ދެވަނައިގައި ފަސް ޕޮއިންޓް ހޯދައިގެން ކަބަޓާން އޮތް އިރު، ތިންވަނައިގައި އެސްއެސްބީ އޮތީ ހަތަރު ޕޮއިންޓާއެކުއެވެ. ހަތަރުވަނައިގައި އެފްސީ ހާމަނޯސް އެއް މެޗު މަދުން ކުޅެގެން ތިން ޕޮއިންޓާއެކު އޮތް އިރު ފުލުގައި އޮތީ ކެނދިކުޅުދޫ އެފްސީގެ 19 އަހަރުން ދަށުގެ ޓީމެވެ.

މި ނަތީޖާތަކާއެކު ކޮމެޓްސް އަދި ކަބަޓާންއަށް ވެސް ބާކީ އޮތް އެއް މެޗުން މޮޅުވެގެން ދެވަނަ ބުރެއް ޔަގީންވާނެއެވެ. ބާކީ އޮތް އެސްއެސްބީއަށް މިއަދުގެ މެޗުން މޮޅެއް ނުހޯދުމުން ވަނީ އަމިއްލަ ބާރު ގެއްލިފައެވެ. އެ ޓީމުން ފަހު މެޗުގައި ކޭކޭއެފްސީ އަތުން މޮޅުވި ނަމަވެސް ކަބަޓާން އަދި ކޮމެޓްސް ހާމަނޯސްއާ ދެކޮޅަށް ކުޅޭ ފަހު ދެ މެޗުން ބަލިވެއްޖެ ނަމަ ކަޓާނެއެވެ. ހާމަނޯސްއަށް އަމިއްލަ ބާރުގައި ސެމީގެ ފުރުސަތު އަދި އެބައޮތެވެ. އެ ޓީމަށް ސެމީއަށް ދެވޭނީ ދެން ކުޅޭ ދެ މެޗުން މޮޅުވެގެންނެވެ.

މިއަދުގެ މެޗު ފަށައިގެން ކަބަޓާންއިން ރަނގަޅަށް ކުޅެމުން ދިޔައިރު، އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ގޯލެއް ޖަހައިފައެވެ. އެ ގޯލަކީ ވެއްޓިގަނެގެން އެ ޓީމުގެ ކެޕްޓަން ޝާފީން އަބްދުﷲ ކާމިޔާބު ކުރި ގޯލެކެވެ. ދެވަނަ ހާފުގައި އެސްއެސްބީއިން ކުޅުން ރަނގަޅުކޮށް ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެ ގޯލު އެ ޓީމަށް ޖެހީ މެޗުގައި މޮޅު ކުޅުމެއް ދައްކާ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި ހުސައިން އަހުސަންއެވެ. އަހުސަން ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ހާމަނޯސް ކޮޅަށް ވެސް ދެ ގޯލު ޖަހައިފައެވެ.

މި ގުރޫޕުގައި މާދަމާ އެއްް މެޗު އޮންނާނެއެވެ. އެއީ ކަބަޓާން އަދި ހާމަނޯސް ބައްދަލު ކުރާ މެޗެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1