ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ހާމަނޯސް ބޮޑު ތަފާތަކުން ބަލިކޮށް ކޮމެޓްސް އެއްވަނައިގައި ސެމީއަށް

Hermanos bodu thafaathakun balikoh Comets evvanaigai semi ah

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެފްސީ ހާމަނޯސް އާއި ކޮމެޓްސް ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް

0

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެފްސީ ހާމަނޯސް ބޮޑު ތަފާތަކުން ބަލިކޮށް ކޮމެޓްސް ސްޕޯޓްސް ކުލަބުން ގުރޫޕު އޭ ގެ އެއްވަނައިގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުން ހާމަނޯސްގެ މައްޗަށް ކޮމެޓްސް ކުރި ހޯދީ 0-6 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ހަތަރު މެޗުން ކޮމެޓްސް ވަނީ 10 ޕޮއިންޓް ހޯދައިފައެވެ. އެއާއެކު ގުރޫޕު އޭ ގެ އެއްވަނަ އެ ޓީމަށް ލިބިފައިވާ އިރު، އެ ގުރޫޕުން ދެވަނައިގެ ގޮތުގައި ސެމީއަށް ދަތުރުކުރީ ކަބަޓާން އެފްސީއެވެ. ކަބަޓާންއަށް ހަތަރު މެޗުން ލިބިފައިވަނީ އަށް ޕޮއިންޓެވެ.

މިއަދުގެ އެ މެޗަށް ނުކުތް އިރުވެސް ހާމަނޯސް ޓީމަށް އޮތީ ސެމީ ފައިނަލުގެ ފުރުސަތު ގެއްލިފައެވެ. އެ ޓީމުން ކުޅުނު ހަތަރު މެޗުން ތިން ޕޮއިންޓް ލިބިފައިވާ އިރު، ގުރޫޕް ސްޓޭޖު ނިންމާލީ ގުރޫޕުގެ ހަތަރުވަނައިގައެވެ. އެ ގުރޫޕުގެ ތިންވަނަ ހޯދީ ހަތް ޕޮއިންޓާއެކު އެސްއެސްބީއެވެ. އެސްއެސްބީއިން މިއަދު ކޭކޭއެފްސީގެ 19 އަހަރުން ދަށުގެ ޓީމު ބޮޑު ތަފާތަކުން ބަލި ކުރި ނަމަވެސް ކޮމެޓްސް މޮޅުވުމުން އެ ޓީމު ވަނީ ކަޓައިފައެވެ.

މިއަދުގެ މެޗަށް ކޮމެޓްސްއިން ނުކުތީ އެ ޓީމުން ކުރިން ކުޅުނު މެޗުތަކުގައި ކުޅެފައި ނުވާ މުހައްމަދު އައްޒާމް ހިމަނައިގެންނެވެ. މާލޭގައި މިހާރު ކުޅެމުންދާ ކުލަބް މޯލްޑިވްސްގައި ވާދަކުރާ ފެނަކަ ރިކްރިއޭޝަން ކުލަބުގެ ވައިސް ކެޕްޓަންކަން ކުރަމުން އަންނަ އައްޒާމް މިއަދުގެ މެޗުގައި ތަފާތު ދެއްކި އިރު، ކޮމެޓްސްއިން މެޗުގައި ޖެހި ފުރަތަމަ ގޯލު ޖަހައިދިނީ އޭނައެވެ. ފުރަތަމަ ހާފު އެއްކޮށް އޭނާ ކުޅުނު އިރު، ކޮމެޓްސްއިން ހަތަރު ގޯލެއް ވަނީ އެ ހާފުގައި ޖަހައިފައެވެ. އައްޒާމުގެ ގޯލުގެ އިތުރުން އެ ހާފުގައި ގޯލުތައް ޖެހީ އަބްދުﷲ ސުއާދު އާއި ހުސައިން ޝަރީފް އަދި މުހައްމަދު ޝައްމާހް އެވެ.

ދެވަނަ ހާފުގައި ކޮމެޓްސްއިން ދެ ގޯލެއް ވަނީ ޖަހައިފައެވެ. އެ ދެ ގޯލަކީ ޝައްމާހު އަދި އިބްރާހިމް ތަހްސީނު ކާމިޔާބުކުރި ގޯލެކެވެ.

ކޮމެޓްސްއިން ސެމީ ފައިނަލުގައި ކުޅެން ޖެހޭނެ ޓީމެއް ޔަގީންވާނީ މާދަމާ ހަވީރު ކުޅޭ މެޗުންނެވެ. އެ މެޗުގައި ބައްދަލު ކުރާނީ ޑީޓޫ ސްޕޯޓްސް ކުލަބާއި ޓީމް ލަންދޫއެވެ. އެ މެޗުން މޮޅުވާ ޓީމެއް ސެމީއަށް ދަތުރު ކުރާއިރު، އެއްވަރުވެއްޖެ ނަމަ ދަނީ ޑީޓޫ ސްޕޯޓްސް ކުލަބެވެ. ސެމީގެ އަނެއް މެޗުގައި ބައްދަލު ކުރާނީ ގުރޫޕު ބީ އިން އެއްވަނަ ހޯދި ވިންޑް ވޯރިއާސް އަދި ގުރޫޕް އޭ ގެ ދެވަނަ ކަބަޓާންއާއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1