ހާމަނޯސް ކޮޅަށް ގޯލު ޖެހުމަށްފަހު އެސްއެސްބީގެ ކުޅުންތެރިން އުފާފާޅު ކުރަނީ -- ފޮޓޯ/ކެޕްޗާސް
ނ.ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެފްސީ ހާމަނޯސް ބަލިކޮށް ސުޕަ ސްޕޯޓިންގް ބޯއީސް (އެސްއެސްބީ) އިން ސެމީ ފައިނަލުގެ އުންމީދު ދަމަހައްޓައިފިއެވެ.
ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު އެ މެޗުން ހާމަނޯސްގެ މައްޗަށް އެސްއެސްބީއިން ކުރި ހޯދީ 3-5 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު އެސްއެސްބީއިން ކުޅުނު ދެ މެޗުން ތިން ޕޮއިންޓް ހޯދި އިރު، ފަސް ޓީމު ހިމެނޭ މި ގުރޫޕުގައި އެ ޓީމު އަދި އޮތީ ހަތަރުވަނައިގައެވެ. އެ ގުރޫޕުގެ އެއްވަނައިގައި ހަތަރު ޕޮއިންޓާއެކު މާޅެންދޫގެ ކަބަޓާން އޮތީ ޖެހި ގޯލުގެ ތަފާތުންނެވެ. ދެވަނައިގައި ކޮމެޓްސް ހަތަރު ޕޮއިންޓާއެކު އޮތް އިރު، ތިންވަނައިގައި ހާމަނޯސް އޮތީ ފައިދާ ދެ ގޯލާއެކު އެވެ. މި ގުރޫޕުގައި ޕޮއިންޓެއް ނުލިބި އޮތީ ކެނދިކުޅުދޫ އެފްސީގެ 19 އަހަރުން ދަށުގެ ޓީމެވެ.
ހާމަނޯސްއިން ކޭކޭއެފްސީ 19 އަހަރުން ދަށުގެ ޓީމު އަތުން 1-5 އިން މޮޅުވި މެޗުގައި މޮޅު ކުޅުމެއް ދެއްކި އަފްރާހް (މެސީ) މިއަދުގެ މެޗުގައި ކުޅެފައެއް ނުވެއެވެ. އިއްޔެ ކޮމެޓްސް އަތުން 0-3 އިން އެސްއެސްބީ ބަލިިވި ނަމަވެސް މިއަދުގެ މެޗު އެ ޓީމުން ފެށީ ވަރުގަދައަށެވެ. އެގޮތުން އެ ޓީމުން ވަނީ ފުރަތަމަ ހާފުގައި ދެ ލަނޑު ޖަހައިފައެވެ. އެ ދެ ގޯލަކީ ހުސައިން އަހުސަން (އަހޫ) އާއި އުސައިދު އަލީ އެ ޓީމަށް ކާމިޔާބުކޮށްދިން ދެ ލަނޑެވެ.
އެ މެޗުގެ ދެވަނަ ހާފު ފެނިގެން ދިޔައީ ގޯލުތައް ގިނަ ހާފެއްގެ ގޮތުގައެވެ. އެގޮތުން ދެ ޓީމުން ވެސް ވަނީ ކޮންމެ ޓީމެއް ތިން ލަނޑު އެ ހާފުގައި ޖަހައިފައެވެ. އެސްއެސްބީއިން އެ ހާފުގައި ޖެހި ލަނޑުތައް ޖެހީ އަހޫ އަދި އުސައިދުއެވެ. ތިންވަނަ ލަނޑަކީ ހާމަނޯސްގެ އަމްޖަދު އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. ހާމަނޯސްއިން ޖެހި ތިން ގޯލުގެ ތެރެއިން ދެ ގޯލު ޖެހީ އަހުމަދު އައްޝަމްއެވެ. ބާކީ އެއް ގޯލަކީ އަހުމަދު މިފްރާހް (ކުއްބެ) ޖަހައިދިން ގޯލެކެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެސްއެސްބީގެ އަހޫއެވެ. އަހޫ ވަނީ މި މެޗުގައި ދެ ގޯލު ޖަހައިފައެވެ.
މި މުބާރާތުގައި މާދަމާވެސް ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ފުރަތަމަ މެޗުގައި ބައްދަލުކުރާނީ ކުޑަފަރީގެ ނެބަޓަން އާއި ޑީޓޫ ސްޕޯޓްސް ކުލަބެވެ. ދެވަނަ މެޗުގައި ބައްދަލު ކުރާނީ ކޮމެޓްސް އަދި ކެނދިކުޅުދޫ އެފްސީގެ 19 އަހަރުން ދަށުގެ ޓީމެވެ.
މި މުބާރާތުގައި މާދަމާ ވެސް ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. ފުރަތަމަ މެޗުގައި ބައްދަލު ކުރާނީ ޑީ ޓޫ ސްޕޯޓްސް ކުލަބް އަދި ވިންޑް ވޯރިއާސްއެވެ. ދެވަނަ މެޗުގައި ކުޅޭނީ އެސްއެސްބީ އަދި އެފްސީ ހާމަނޯސްއެވެ.
މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.
ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.
މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.
0%
0%
0%
0%
0%
29 އޮގަސްޓު 2024
1
12 އޮގަސްޓު 2024
0
11 އޮގަސްޓު 2024
0
8 އޮގަސްޓު 2024
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
17 މޭ 2023
3
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
15 ޖޫން 2023
0
ބިމުގެ ގޮތުން ރާއްޖޭގައި 10 ވަނައަށް އެންމެ ބޮޑު ރަށަކީ ނ.ކެނދިކުޅުދޫއެވެ. މި ރަށުގެ އުތުރާއި ދެކުނުގައި ބަދަހި ގުޅުމެއް އޮތް ދެ އަވަށެއް އޮވެއެވެ. އަވަށު ވާދަވެރިކަން މިހާރު ފެންނަން އޮތްލެއް ކުޑަ ނަމަވެސް ތާރީހުގައި އެކި ފަހަރުމަތިން ދެ އަވަށުގެ ވާހަކަ އައިސްފައި ހުރީ ތަފާތު ގޮތަކަށެވެ.
6 ޑިސެންބަރު 2023
1