ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕް 2023: ހާމަނޯސް އަތުން ބޮޑު މޮޅެއް ހޯދައި ކަބަޓާން ސެމީއަށް ދަތުރުކޮށްފި

Hermanos athun bodu molheh hoadhaa Kabataan semi ah dhathuru kohffi

ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެފްސީ ހާމަނޯސް އާއި ކަބަޓާން ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް

0

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެފްސީ ހާމަނޯސް އަތުން ބޮޑު މޮޅެއް ހޯދައި މާޅެންދޫގެ ކަބަޓާން އެފްސީއިން ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ކެނދިކުޅުދޫގެ ފުޓުބޯޅަ ސްޓޭޑިއަމުގައި މިއަދު ކުޅުނު މެޗުން ހާމަނޯސްގެ މައްޗަށް ކަބަޓާން ކުރި ހޯދީ 1-5 ގެ ނަތީޖާއަކުންނެވެ. މި މޮޅާއެކު ކުޅުނު ހަތަރު މެޗުން އަށް ޕޮއިންޓް ހޯދައިގެން ކަބަޓާން ސެމީ ފައިނަލަށް ދަތުރު ކުރި އިރު، އެ ޓީމު އޮތީ މިވަގުތު ތާވަލުގެ އެއްވަނައިގައެވެ. ދެވަނައިގައި އެއް މެޗު މަދުން ކުޅެގެން އޮތް ކޮމެޓްސް ހަތް ޕޮއިންޓާ އެކު އޮތް އިރު، ސުޕް ސްޕޯޓިންގް ބޯއީސް ވެސް އެއް މެޗު މަދުން ކުޅެގެން ހަތަރު ޕޮއިންޓް ހޯދާފައިވާ އިރު، އެ ޓީމަށް އޮތީ އަމިއްލަ ބާރު ގެއްލިފައެވެ. މިއަދުގެ މެޗުން ބަލިވި ހާމަނޯސް ވަނީ ކުޅުނު ތިން މެޗުން ލިބުނު ތިން ޕޮއިންޓާއެކު ސެމީއަށް ދިއުމުގެ ފުރުސަތު ހަނިވެފައެވެ.

ކަބަޓާން ސެމީއަށް ދަތުރު ކުރި އިރު، ބާކީ ޖާގަ ޔަގީންވާނީ ކޮމެޓްސް އާއި ހާމަނޯސް ބައްދަލު ކުރާ މެޗާއި، އެސްއެސްބީ އާއި ކޭކޭއެފްސީ އަންޑާ 19 ބައްދަލު ކުރާ މެޗުގެ ނަތީޖާއަކުންނެވެ. ކޮމެޓްސް އެ މެޗުން މޮޅުވެއްޖެ ނަމަ އެއްވަނައިގައި ސެމީއަށް ދަތުރު ކުރާނެއެވެ. ކޮމެޓްސް އެ މެޗުން ބަލިވެއްޖެ ނަމަ އެސްއެސްބީއަށް ދެވަނައިގެ ގޮތުގައި ސެމީއަށް ދިއުމުގެ ފުރުސަތު އޮންނާނެއެވެ. އެސްއެސްބީ އޭރުން ޖެހޭނީ ފަސް ގޯލަށްވުރެން ބޮޑު ލީޑަކުން ކޭކޭއެފްސީގެ ޒުވާން ޓީމު އަތުން މޮޅުވާންށެވެ.

މިއަދުގެ މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ފެނުނީ ހަމަހަމަ ކުޅުމެކެވެ. ރަނގަޅަށް ޕާސް ޖަހައިގެން ދެ ޓީމުންވެސް ކުޅުނު އިރު މެޗުގައި ގޯލު ޖަހައި ފުރަތަމައިން ލީޑު ނެގީ ހާމަނޯސްއިންނެވެ. ހާމަނޯސްއަށް އެ ގޯލު ކާމިޔާބުކޮށްދިނީ އަހުމަދު މިފްރާހް (ކުއްބެ) އެވެ. ކުއްބެ ލަނޑު ޖެހިތާ މާގިނައިރުތަކެއް ނުވަނީސް އަބްދުﷲ ޝާފީން ވަނީ ކަބަޓާންއަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އަދި އެ ހާފު ނިމެންދަނިކޮށް މުހައްމަދު ފަރުހާން (ފަރޭ) ވަނީ ކަބަޓާންއަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނަގައިދީފައެވެ.

 
ދި މެންގްރޫވް އައިލެންޑް ރިޒޯޓް ބޯއީސް ފުޓްސަލް ކަޕުގައި އެފްސީ ހާމަނޯސް އާއި ކަބަޓާން ބައްދަލު ކުރި މެޗުގެ ތެރެއިން -- ފޮޓޯ/ކެޕްޗާސް

ދެވަނަ ހާފު ފަށައިގެން ހާމަނޯސްއަށް ޓީމު ކުރިއަށް ޖައްސައިގެން ގޯލެއް ޖަހަން މަސައްކަތް ކުރިއެވެ. އެގޮތުން އަފްރާހް (މެސީ) ގެ ނުރައްކާތެރި ހަމަލާތަކެއް ފެނިގެންދިޔައިރު، ކަބަޓާންގެ ކައުންޓާ އެޓޭކްތައް ފެނުނީ ނުރައްކާކޮށެވެ. އެގޮތުން އިގްލީމް އަލީގެ ދެ ލަނޑެއް ކައުންޓާ އެޓޭކުން ފެނުނު އިރު، އެ ހާފުގައި އެ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފައެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ކަބަޓާންގެ ފަސްވަނަ ގޯލު ކާމިޔާބުކުރީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނު ފަރޭއެވެ.

މި މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކީ ދި މެންގްރޫވް އައިލެންޑް އެވެ. ޕާޓުނަރުންގެ ގޮތުގައި ހިމެނޭ ސްޕޮންސަރުންނަކީ ޕްރިންޓިންގް ޕާޓުނަރު - ރެޑް ކްރިއެޓިކް، ޓްރޮފީ ޕާޓުނަރު - ލޭޔާ، ޕޮޓޯ ޕާޓުނަރު - ކެޕްޗާސް، ގްރެފިކް ޕާޓުނަރު - އެލައިވްޑިޒައިންސް، ޓެލެކޮމް ޕާޓުނަރު - އެންފްލެއާ، ބެވެރެޖް ޕާޓުނަރު - ކެނދި މާޓު، ޓްރެވަލް ޕާޓުނަރު - އަރިސް ގްރީން، މިއުޒިކް ޕާޓުނަރު ޑީޖޭ ކައްޗޭ އަދި ކިޓް ޕާޓުނަރު - ޖޯޒީ.އެމްވީއެވެ.

ކޯ ސްޕޮންސަރުންނަކީ ސިލިކާ، ލޯކަލް އާރްކް ސްޓޫޑިއޯ, ޕްރޮޓޯން ވައިބްސް އަދި ޑްރީމް ދޯންޏެވެ.

މި މުބާރާތާ ބެހޭ އެންމެ ފަހުގެ އަޕްޑޭޓުތައް ރަށްފުށު އޮންލައިންގެ ޙަބަރުތަކުންނާއި، ސޯޝަލް މީޑިއާގެ ޕޭޖުތަކުން ފެންނަން ހުންނާނެއެވެ.

ލިޔުން ޙިއްސާ ކުރައްވާ

0 ކޮމެންޓްސް, 0 ރިއެކްޝަންސް

Happy
Happy

0%

Love
Love

0%

Sad
Sad

0%

Like
Like

0%

Dislike
Dislike

0%

މަގުބޫލް ލިޔުންތައް

Semi ge raih card aa eku ves Ayaa ah finalgai kulhumuge furustathu, insaafuveribaa?!

ސެމީގެ ރަތްކާޑާއެކު ވެސް އަޔާއަށް ފައިނަލުގައި ކުޅުމުގެ ފުރުސަތު، އިންސާފުވެރިބާ؟!

3

Magey Hiyaa: Gevalhu thakugai ge neylhi thibi myhunah ranuge furusatheh

މަގޭ ހިޔާ: ގެވަޅުތަކުގައި ގެ ނޭޅި ތިބި މީހުންނަށް ރަނުގެ ފުރުސަތެއް

0

India sifain thibi vaahaka kurin dhekky idhikolhugai thibegen sarukaarah annan: Adhurey

އިންޑިއާ ސިފައިން ތިބި ވާހަކަ ކުރިން ދެއްކީ އިދިކޮޅުގައި ތިބެގެން ސަރުކާރަށް އަންނަން: އަދުރޭ

1